އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހަކީ ސަމާސަ ދުވަހެއް ނޫނެވެ - އެކަން ޔަޤީން ނުކުރާ މީހަކަށް ސަލާމަތްކަމެއް ނެތެވެ!

ޤިޔާމަތް ދުވަހަކީ ސަމާސަ ދުވަހެއް ނޫނެވެ - އެކަން ޔަޤީން ނުކުރާ މީހަކަށް ސަލާމަތްކަމެއް ނެތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ބައެއް މީހުން މަގުމަތިން ދަމުން މީހުންގެ ޙައްޤުތައް އެބަ ފޭރިގަނެއެވެ. އެމީހުން ހީކުރަނީ ވަގުތުން މާތް ﷲ އެމީހުނަށް ކޯފާއެއް ނުލެއްވެވުމުން އެއޮތީ ކުރެވުނު ކަންތައްތައް އޯކޭވެފައި ކަމަށެވެ.

އަނެއްބައަކު ބޮޑެތި މަޤާމުތަކުގައި ތިބެގެން ދަނީ ރައްޔިތުންގެ ހައްޤުތަކަށް އަރައިގަންނަމުންނެވެ. އެމީހުންގެ އަމިއްލަ ބޭނުންތައް ފުއްދައި ވިޔަފާރިތައް ކުރިއަރުވަމުން އެގެންދަނީ މުޅި ޤައުމުގެ ރައްޔިތުންގެ ފައިސާއިންނެވެ. އެގޮތަށް ކަންތައްތައް ކުރާ މީހުންނަށްވެސް ހީވެފައި އޮންނަނީ ވަގުތުން މާތް ﷲ ކޯފާއެއް ބާވައި ނުލެއްވެވުމުން އެމީހުންނަށްވެސް ކުރެވެނީ ހަމަ ރަނގަޅު ކަންތައްތައް ކަމަށެވެ.

މިފަދަ އަމަލުތައް ކުރާމީހުން ބޭރަށް ނުކުމެ މަތި ބަލާލާފައި ބުނާނެއެވެ. އަހަރެމެން މިކުރަނީ ނުބައިކަމެއް ނަމަ މާތް ﷲ ކޯފާ ބާވައިލައްވަވާނެއެވެ. އަހަރެމެންގެ އަތްތައް ހުއްޓުވާނެއެވެ. ނަމަވެސް މީހަކު ކަމެއް ކުރާ ކޮންމެ ފަހަރަކު މާތް ﷲ އެމީހަކު ނުހުއްޓުވާނެއެވެ. އެމީހުންގެ ހިތްތައް ޖާހިލުވެފައިވާ ވަރުން އެކަން އެކަންކަން ނުވެސް ވިސްނެނީއެވެ.

މިފަދަ މީހުން އެބުނަނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޒަމާނުގައި ޔަހޫދީން ބުނެއުޅުނު ފަދަ ބަސްތަކެކެވެ. އެމީހުން އިތުރު މާތް ނަބިއްޔާގެ އަރިއަހަށް ގޮސް ކިޔާނެހައި ހަޑިހުތުރު އެއްޗެއް ކިޔުމަށްފަހު އެނބުރި އައިސް ބުނާނެއެވެ.

"އެއީ ރަސޫލެއްވެސް ނޫނެވެ. އަހަރެމެން މިކުރީ ހަމަ ރަނގަޅު ކަންތައްތަކެވެ. އަހަރެމެން މިކުރީ ނުބައި ކަންތައްތަކެއް ނަމަ މާތް ﷲ އަހަރެމެން ހުއްޓުވީހެވެ. އަހަރެމެންގެ ދޫތައް ބަންދުކުރެއްވެވީހެވެ."

ލޮބުވެތި މުސްލިމުންނޭވެ. ޤިޔާމަތް ދުވަހު އެއްބައަކު އެއްވެސް ޗެކް ކުރެވުމެއް ނެތި ފަސޭހަކަމާއިއެކު ޞިރާޠު މަގު ަހުރަސްކުރާނެއެވެ. "ރަތް ޕާސްޕޯޓް" އޮންނަ މީހުން މިދުނިޔޭގައި އެއްވެސް ޗެކްކުރުމެއް ނެތި އިމިގްރޭޝަން ކައުންޓަރުތައް ހުރަސްކުރާފަދައިންނެވެ.

މަލާއިކަތް ބޭކަލުން އެމީހުން ނުހުއްޓުވާނެއެވެ. ސުވާލެއްވެސް ނުކުރައްވަވާނެތެވެ. ކުރިއަށް ކުރިއަށް ވިދާޅުވާނެތެވެ. އެމީހުންނަކީ އެމީހުންގެ ފަތް އެމީހެއްގެ ކަނައަތަށް ލިބިފައިވީ މީހުންނެވެ.

މަލާއިކަތް ބޭކަލުން މީހަކު ހުއްޓުވައި އެންމެ ސުވާލެއް ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް އެއޮތީ ގޯސްވެފައެވެ. އެފަދަ ކޮންމެ މީހަކަށް އޮތީ ދަތިތަކާއި ތުރައުތަކެވެ.

ވީމާ މިއަދު ގަދައަޅައި މަސައްކަތްކުރަންވީ މިދުނިޔޭގައި ބޭނުންކުރާނެ ރަތް ޕާސްޕޯޓެއް ހޯދާކަށް ނޫނެވެ. ގަދައަޅައި މަސައްކަތްކުރަންވީ ޞިރާޠުމަގު ހުރަސްކުރެވޭނެ ގޮތްތައް ފަހިކުރުމަށެވެ. އެމަގު ފަހިވާނީ ތިމާ ކުރާ ހުރިހާ އަމަލުތަކެއް މާތް ﷲ ދެކެ ދެނެވޮޑިގެންވާ ކަމާއި ފަތުގައި ލިޔެވެމުންދާކަން ހިތުގައި ބާއްވައިގެން އަމަލުތައް ކުރުމުންނެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް