އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަ ކައިރިވަނީ 8: ރޯދަ ހިފޭނީ އަމިއްލަ ހަށިގަނޑާ ހަނގުރާމަކުރުމުގެ ޤާބިލުކަން ހުރި ފަހުލަވާނުންނަށް!

ރޯދަ ކައިރިވަނީ 8: ރޯދަ ހިފޭނީ އަމިއްލަ ހަށިގަނޑާ ހަނގުރާމަކުރުމުގެ ޤާބިލުކަން ހުރި ފަހުލަވާނުންނަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ރޯދަ ހިފޭނީ ތިމާގެ އަމިއްލަ ހަށިގަނޑާއި ހަނގުރާމަކުރުމުގެ ޤާބިލުކަން ހުރި ފަހުލަވާނުންނަށެވެ. ހަށިގަނޑުގެ އެއްބައި ގުނަވަންތައް ރޮއި އާދޭސްކުރާނީ ފެންފޮދަކަށެވެ. ކާއެއްޗަކަށެވެ. އަދި މިއަށްވުރެވެސް ބޮޑު މައްސަލައެއް ނުކުމެއެވެ. އެއީ ދުންފަތުގެ އިސްތިއުމާލް ކުރުމަށް ދެވި ހިފާފައި ތިބޭ މީހުންނަށެވެ.

ހަށިގަނޑުގެ އެތައް ބައިވަރު ގުނަވަންތަކުން ރޯދަވެރިޔާ އާއި ހަނގުރާމަކުރާނީ މިފަދަ ތަކެތި ބޭނުންވެގެންނެވެ. ކިތަންމެ ކުޑަ ނުވަ މަދު މިންވަރަކަށް ނަމަވެސް އެތިކޮޅަކަށެވެ.

ހަމަ އެއާއިއެކު ރޯދަވެރިޔާގެ ސިކުނޑި ގެންދާނީ އެގުނަވަންތަކާއި ހަނގުރާމަކުރަމުންނެވެ. ސިކުނޑި ދާނީ ރޯދަވެރިޔާއަށް ހަނދާންކޮށްދެމުންނެވެ. އޭ ރޯދަވެރިޔާއެވެ. ތިބާ ރޯދަ ހިފައިގެން ތިއަހުރީ ތިބާގެ މިލްކުވެރި ރައްބަށެވެ. ﷲ އަށެވެ. ކެތްތެރިވާށެވެ. ރޯދަ ވީއްލުމުގެ ވަގުތު ޖެހެންދެން ކެތްތެރިވާށެވެ.

ސިކުނޑި ބުނާނެއެވެ! އޭ ރޯދަވެރިޔާއެވެ! ކެތްތެރިވާށެވެ! ކަންކަމަށް އެ އެދޭ ގުނަވަންތަކުގެ ރުއިމުގެ އަޑު ނުއަހާށެވެ.

ހޫނު ގަދަ ޤައުމުތަކުގައި ރޯދަވެރިޔާ ކުރަންޖެހޭ ހަނގުރާމަ އަދި މާވަރުގަަދަވާނެއެވެ. އަބަދު އުޅެންޖެހޭނީ ކަރު ހިއްކައިގަނެގެންނެވެ. ފެން ބޮވައިގަނެގެންނެވެ. ބަނޑުހައިވެގެންނެވެ. މިކަމުގައި އެއްވެސް މީހަކަށް ތަފާތެއް ނެތެވެ. ބަނޑުހައިވުމުގައި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވެސް ތަފާތެއް ނެތެވެ. މުސްކުޅިންގެވެސް މެއެވެ. އެންމެންވެސް ފެންބޮވާނެއެވެ. ބަނޑުހައިވެސް ވާނެއެވެ.

ދަންނަވަންތޯއެވެ! މިއީ ހާދަ އަސަރުހުރި ހަނގުރާމައެކެވެ. އަމިއްލަ ހަށިގަނޑުގެ ގުނަވަންތަކުގެ މެދުގައި ހިނގާ ފިސާރި ވަރުގަަދަ ހަނގުރާމައެކެވެ. މިހަނގުރާމައިގެ ނަޞްރު ލިބޭނީ ވަރަށް ބޮޑަށް ކެތްތެރިވެގެންނެވެ. އީމާންކަން ފިސާރި ވަރުގަދަކޮށްގެންނެވެ.

މި ބޮޑު ހަނގުރާމައިން ނަޞްރު ހޯދަން އެންމެ ފަސޭހަވާނީ ފުރިހަމަ ގޮތުގައި ރޯދަ ހިފުމުން އާޚިރަތް ދުވަހުން މާތް ﷲ ތިބާއަށް ދެއްވަވާނެ ބޮޑެތި ނިޢުމަތްތައް ހިތަށް ގެނައުމުގައި ކާމިޔާބު ހޯދޭ މީހަކަށެވެ. އެފަދަ މީހުންނަށް ރޯދަ ހިފުމަކީ އެއްވެސް އުނދަގޫކަމެއް ނޫނެވެ. ނުހަނު ފަސޭހައިން ކުރެވޭނެ ކަމެކެވެ. މިހާރުން ފެށިގެން މަސައްކަތްކުރަންވީ މިކަންކަމަށް ހަށިގަނޑުހޭނުމެވެ. ހަށިގަނޑު ހާނުވަން ކުރަން އެންމެ ރަނގަޅު އެއްކަމަކީ ޝަޢްބާން މަހު ވީހައި ގިނައިން ރޯދަ ހިފުމެވެ.

- ލަވް އިސްލާމްެ ގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް