އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަލްމާން ޚާންގެ 'ބާރަތު' ފިލްމުގެ ބަޠަލާއަކަށް ޕްރިޔަންކާ

ސަލްމާން ޚާންގެ 'ބާރަތު' ފިލްމުގެ ބަޠަލާއަކަށް ޕްރިޔަންކާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު



ބޮލީވުޑްގެ ނަން މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާން މިހާރު މަސައްކަތް ކުރަމުން އަންނަ 'ބާރަތު' ފިލްމުގެ ބަޠަލާއަކަށް ބޮލީވުޑާއި ހޮލީވުޑްގައި މަސައްކަތްކުރަމުން އަންނަ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ހަމަޖައްސައިފިއެވެ.

ޢަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މި ފިލްމުގެ ބަޠަލާގެ ރޯލް ކުޅެނީ ޕްރިޔަންކާކަން ހާމަކޮށްފައިވަނީ އިއްޔެއެވެ. މި ފިލްމުގެ ބަޠަލާއަކަށް ޕްރިޔަންކާ ޗޯޕްރާ ހަމަޖެއްސިކަން އިއްޔެ ވަނީ ސަލްމާންއާއި ޢަލީ އައްބާސްގެ އިތުރުން ޚުދު ޕްރިޔަންކާ ވެސް ޓްވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ.

'ބާރަތު' ފިލްމުގެ މައި ދެ ރޯލުން ސަލްމާނާއި ޕްރިޔަންކާ ފެނިގެންދާއިރު، މި ދެ ތަރިން އެކުގައި ފިލްމެއްގައި މަސައްކަތް ނުކުރާތާ ދިހަ އަހަރު ވެގެން ދިޔައީއެވެ. އެންމެ ފަހުން މި ދެ ތަރިން އެކުގައި ފެނިގެން ދިޔައީ 2008 ވަނަ އަހަރު ނުކުތް 'އޯ ގޮޑް ތުސީ ގްރޭޓް ހޯ' އިންނެވެ. މި ފިލްމުގެ އިތުރުން މި ދެ ތަރިން އެކުގައި މަސައްކަތްކޮށްފައިވަނީ 'ސަލާމޭ އިޝްޤު' އާއި 'މުޖްސޭ ޝާދީ ކަރޯގީ' މި ދެ ފިލްމުގައެވެ. ސަލްމާނާއެކު ޕްރިޔަންކާ ތިން ފިލްމެއްގައި މަސައްކަތްކޮށްފައިވާއިރު، ޑައިރެކްޓަރު ޢަލީ އައްބާސްއާއެކު ޕްރިޔަންކާ މަސައްކަތްކޮށްފައިވަނީ 'ގުންޑޭ' ފިލްމުގައި އެކަންޏެވެ.

އަންނަ އަހަރުގެ ފިތުރު ޢީދާ ދިމާކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ 'ބާރަތު' ފިލްމަކީ ކޮރިއާގެ ފިލްމެއްކަމަށްވާ 'އޮޑޭ ޓު މައި ފާދާ' ގެ އަަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ސަލްމާން ފުރާވަރެއްގެ ޒުވާނެއްގެ ރޯލުން އުމުރުން ދުވަސްވީ މީހެއްގެ ރޯލާ ހަމައަށް ފެނިގެންދާނެކަމަށް ފިލްމުގެ ޑައިރެކްޝަން ޓީމުން ހާމަކުރެއެވެ.

މިދިޔަ ހޯމަ ދުވަހު ސަލްމާން ފިލްމުގެ ޝޫޓިން ފެށި ނަމަވެސް ޕްރިޔަންކާ ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް