އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިން އެސްފީނާއިން ސަލާމަތްކުރަންވެސް ތަވީދުއެޅުން ފަދަ ކަންކަން ކުރުމެއް ނެތް: ޝައިޚް މުޙައްމަދު މަންޞޫރު

ކުޑަކުދިން އެސްފީނާއިން ސަލާމަތްކުރަންވެސް ތަވީދުއެޅުން ފަދަ ކަންކަން ކުރުމެއް ނެތް: ޝައިޚް މުޙައްމަދު މަންޞޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

އެސްފީނާ އިން ސަލާމަތް ވުމުގެ ނަމުގައި ބައެއް މީހުން ދަރިންގެ ގައިގެ ތަންތަނުގައި ކީރިތި ޤްރްއާން ލިޔެ ތަވީދުއެޅުން ފަދަ ކަންކަން ކުރެއެވެ. ނަމަވެސް މިއީ ކުރަން ހުއްދަ ކަންކަމެއް ނޫނެވެ.

ކުދިންނަކީ ކީރިތި ޤްރްއާން ކިޔެވޭވަރުގެ ކުދިންނަމަ އެކުދިން ލައްވައި ކީރިތި ޤްރްއާން ކިޔުއްވަން މަސައްކަތްކުރަންވީއެވެ. އެހެނީ މާތް ﷲ ކީރިތި ޤްރްއާން ބާވައިލެއްވެވީ ކިޔަވާށެވެ. އެއަށް އަމަލުކުރާށެވެ. ތަފާތު ތަކެތީގައި ލިޔެ ގައިގައި އަޅާކަށް ނޫނެވެ.

އެސްފީނާއިން ސަލާމަތްވުމަށް ކުރަންޖެހޭ އެއް ކަމަކީ ގެއިން ނުކުންނައިރުގައާއި އަދި އެނޫންވެސް ވަގުތުތަކުގައި ކިޔަން އަންގަވާފައިވާ ޛިކުރުތައް ކިޔައި މާތް ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދަން މަސައްކަތްކުރުމެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔަން ނަގާނީ 10 ވަރަކަށް މިނިޓެއްހައިއިރެވެ.

އެސްފީނާ ޖެހުމަކީ މެދުވެރިވާ ކަމެކެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އަމަލުކުރަންޖެހޭ ގޮތްތައް ވެސް ވަނީ ބަޔާންވެގެންނެވެ. ކިޔަވަންވީ ސޫރަތްތަކާއި އަމަލުކުރަންވީ ގޮތް ވެސް ވަނީ ބަޔާންވެގެންނެވެ. އިޚްލާޞް، ފަލަޤި ސޫރަތަކީ ވެސް އެސްފީނާ އާއި ސިހުރަށް ފަރުވާއެކެވެ.

ކުޑަކުދިން ގެންގުޅޭއިރު އެންމެ ބޮޑަށް ސަމާލުކަންދޭންވީ އެއްކަމަކީ ދެ ނަމާދު ދޭތެރޭގައި ގެއިން ބޭރުގައި ނުގެން ގުޅުމެވެ. އެންމެ ރަނގަޅީ އިރު އޮއްސުމުގެ ކުރިން ކުދިން ގެއަށް ވެއްދުމެވެ. އެއީ ޝައިޠާނުންތައް ފެތުރިގަނެ، އުތުރިއަރައިގަންނަ ވަގުތުކަމަށްވާތީއެވެ.

- އައްޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް