އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެންނަށް ފެންނަ ގޮތަށް ޖިބްރީލްގެފާނު ފޮނުއްވެވީ ކީއްވެ؟

އެންމެންނަށް ފެންނަ ގޮތަށް ޖިބްރީލްގެފާނު ފޮނުއްވެވީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މީސްތަކުންނާއިގެން މިސްކިތްކޮޅުގައި އިންނަވަނިކޮށް އިންސާނެއްގެ ސިފައިގައި ޖިބްރީލްގެފާނު ވަޑައިގެން އިސްލާމް ދީނުގެ އަސާސްތަކާއިބެހޭ ގޮތުން ސުވާލު ކުރައްވަވައި ދަސްކޮށްދެއްވެވިކަން އެއީ އެންމެން ދަންނަ ކަމެކެވެ.

އެއިރު މިސްކިތްކޮޅުގައި ތިއްބެވި ޞަޙާބީންނަށް އެއީ ކޮންބޭކަލެއްކަން އެނގިވަޑައެއް ނުގަންނަވައެވެ. ހަމައެކަނި އެނގިވަޑައިގަތީ އެހެން ރަށަކުން ވަޑައިގެންނެވި ބޭކަލެއް ކަމެވެ. ތުރުކުރައްވައިގެން ހުންނެވީ ހުދު ހެދުންކޮޅެކެވެ. ރުލެއްވެސް ހެދުން ކޮޅުގައި ނެތުމަކީ ވަރަށް ބޮޑު ސުވާލަކަށްވިއެވެ. އެއީ އެޒަމާނުގައި ދުރު ރަށަކުން ދަތުރުކޮށްފައި އަންނައިރު އެފަދަ ގޮތަކަށް އެއްވެސް މީހަކު ނުހުންނާނެތީއެވެ.

މިތަނުގައި މުހިންމުވެގެން މިއުޅެނީ ޖިބްރީލްގެފާނު އެފަދަ ގޮތަކަށް ވަޑައިގެންނެވި ސަބަބެވެ. އަދި މާތް ﷲ ގެ ޙަޟްރަތުން ވަޙީ ހިއްޕަވައިގެން ވަޑައިގެންނެވުމުގެ އިތުރުން އެތައް ފަހަރަކު ބިމަށް ފައިބާ ވަޑައިގެން ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ބައްދަލުކުރެއްވެވި ސަބަބެވެ. އިސްލާމް ދީނުގެ ކަންކަމަށް ދެބޭކަލުން މަޝްވަރާ ކުރެއްވެވި ސަބަބެވެ.

މީސްތަކުންނޭވެ. މިފަދަ ހުރިހާ ކަމަކުންވެސް އެނގި ސާބިތުވަނީ މާތް ﷲ އަޅުގަނޑުމެން އިންސާނުންދެކެ ލޯބިފުޅުވެވޮޑިގަންނަވާ މިންވަރެވެ. ވަޙީ ބާވައިލެއްެވެވުމުން ފުއްދަވައި ނުލެއްެވެވީ އެހެންވެގެންނެވެ. އުޅެންވީ މަގުވެސް ޖިބްރީލްގެފާނު މެދުވެރިކުރައްވަވައި ދަސްފުޅުކޮށްދެއްވަވާފައި މިވަނީ އެމަގުގައި ސާބިތުވެ ތިބުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ހަމަ އެންމެ ފިޔަވަޅެއްވެސް ކަސިޔާރުވިއަ ނުދޭންވީ އެހެންވެގެންނެވެ.

ކީރިތި ޤްރްއާން ބާވައިލައްވަވައިފައި އެއަށް އަމަލުކުރަން އެންގެވިނަމަވެސް ޖެހޭނީ ހަމަ އަމަލުކުރާށެވެ. ނަމަވެސް މާތް ﷲ މީސްތަކުންނަށް ކަންކަން ފަހިކޮށްދެއްވަވާފައި މިވަނީ މާފުރިހަމައަށެވެ. މާބޮޑަށް ލޯބިންނެވެ. އެއީ ހަމަ އިންސާނުންދެކެ ލޯބިފުޅުވެވޮޑިގަންވާލެއް ބޮޑުކަމުންނެވެ.

މީސްތަކުންނޭވެ. މިކަންކަމަށް ވިސްނާށެވެ. މިހިރީ ހާދަ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ. މާތް ﷲ އިންށާނުންދެކެ އެހައި ވަރަށް ލޯބިފުޅުވެވޮޑިގަންނަވާއިރު އަހަރެމެންނަށް އެކަން އެބަ ބަލައިގަނެވޭ ހެއްޔެވެ؟ މާތް ﷲ ގެ އެންގެވުންތަކަށް އެބަ އިޖާބަ ދެވޭ ހެއްޔެވެ؟ އަޅުގަނޑުގެ އާދޭހަކީ ޢިބްރަތުން ފުރިގެންވާ މިކަންކަމަށް ވިސްނައި އިޞްލާޙްވުމެވެ.

- ‍‍އިސްލާމީ ތިލަފަތުގެ ދަރުސަކުން ‍ -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







2018-04-19 20:28:59

މާތްﷲގެ ރަހުމަތާ އިރާދަފުޅުން އެކާގެ ލޯބިވާ ބައެއްގެ ގޮތުގައި އަޅަމެން ލެއްވި<br /> ފަދައިން އެކަލާނގެ އައް ޝުކުރު ކުރާ<br /> ބައެއްގެ ގޮތިގައި އަޅަމެން ލައްވާށި އާމީން

Me 2018-04-19 22:29:57

Varah rangalhu naseyhatheh..jazakallah


އަބްދުއްލަތީފް