އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީޔޫގެ ބަޔާނާ ގުޅިގެން ދީނީ އިލްމުވެރިން ރަތަށް - އީޔޫ މޮޔަ ނުގޮވާ، ދިވެހި ރައްޔިތެއްކަން ކާފަރުންނަށް ދޭކަށް ނުޖެހޭ: ޝައިޚް ޢަލީ ޒައިދު

އީޔޫގެ ބަޔާނާ ގުޅިގެން ދީނީ އިލްމުވެރިން ރަތަށް - އީޔޫ މޮޔަ ނުގޮވާ، ދިވެހި ރައްޔިތެއްކަން ކާފަރުންނަށް ދޭކަށް ނުޖެހޭ: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 14 ސިކުންތު

އީޔޫ އިން މިއަދު ނެރުނު ބަޔާނުގައި އެހެން ދީންތަކުގެ މީހުންނަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތު ދިނުމަށް ގޮވާލުމުން ދީނީ އިލްމުވެރިން ގެންދަވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ބަސްފުޅު ވިދާޅުވުމުންނެވެ.

އައްޝައިޚް ޢަލީ ޒައިދު ވަނީ މޮޔަނުގޮވުމަށް އީޔޫއަށް ގޮވާލައްވައިފައެވެ. "އީޔޫ މޮޔަ ނުގޮވުން އެދެން. ބޮޑެތި ސިންގާ ކާފަރުންނަކަށް ދިވެހިރައްޔިތުކަން ދޭކަށް ނުޖެހޭ. މުރުތައްދުން އުޅެން އެކަށީގެންވާ ތަނެއް ނޫން މިރާއްޖެއަކީ. ވިމާ މުރުތައްދުންނަށް ރައްވެހިކަން ދީގެން އީޔޫއިން ކުރިއަށް ދާންވީ. އެކަމަކު ރާއްޖެއަށް ބުނެވޭނީ ނޫނެކޭ."

އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވީ "އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުޞަތު ލިބޭގޮތަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިޞްލާޙްކުރަން ޖެހޭނެ ކަމަށް އެއްވެސް ބައަކަށް ލަފައެއް ނުދެވޭނެ. މިލަފައާ ދެކޮޅަށް ކޮންމެ ދިވެހި ރައްޔިތަކުވެސް އަޑުއުފުލަން ޖެހެއެވެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު ބުނާގޮތުން ދިވެއްސަކަށް ވެވޭނީ ހަމައެކަނި މުސްލިމުންނަށް. މިކަމަށް ބަދަލުގެންނަން ގޮވާލާ ފަރާތްތަކަށް އިޖާބަ ނުދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރަން."

އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވީ އިސްލާމްދީން ނޫން އެހެން ދީންތަށް ގެނައުމަށް ގޮވާލާ މީހުންނާއި, އެފަރާތްތަކަށް އެކަމުގެމަށްޗަށް ވާގިވެރިވާ އެންމެހާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންކަން ކަށަވަރު ކަމަށާއި އެފަދަ އެންމެންގެ ކިބައިން ބަރީއްއަ ވާކަމަށެވެ.

ރާއްޖެއިން އެހެން ދީންތަކަށް ޖާގަ ހޯދުމުގެ މަސައްކަތަކީ ވަރަށް ކުރިންސުރެ ކުރަމުން އަންނަ މަސައްކަތެކެވެ. ރާއްޖެއިން އަދުލު އިންސާފު ގެއްލި ރާއްޖޭގައި ސިޔާސީ ހަމަނުޖެހުން އިތުރުވި ވަގުތު އީޔޫ އިން ނެރޭ ބަޔާންތަކުގައި "ވާންކުރި" ނަމަވެސް ދިވެހިރައްޔިތުން ތިބީ އެކަމުގައި އެއްވެސް ފަރާތަކަށް ދޫދޭ ގޮތަކަށް ނޫނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް