އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިންނަކީ އިސްލާމް ދީން ދެކެ ލޯބިވާބައެއް- އިސްކަންދޭންވީ އިސްލާމް ދީނަށް އަމަލުކުރަން: އަނާރާ

ދިވެހިންނަކީ އިސްލާމް ދީން ދެކެ ލޯބިވާބައެއް- އިސްކަންދޭންވީ އިސްލާމް ދީނަށް އަމަލުކުރަން: އަނާރާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ދިވެހިންނަކީ އިސްލާމް ދީން ދެކެ ލޯބިވާބައެއް ކަމަށާއި އިސްކަންދޭންވީ އިސްލާމް ދީނުގަވާ ގޮތަށް އަމަލުކުރަން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

އަނާރާ މިރޭ ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ އަދުލުވެރިވެ އިންސާފުވެރިވާންވެސް ޖެހޭ ކަމަށެވެ.

އަނާރާ މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގައި ދީނީ ކަންކަމާއި ގުޅުވައިގެން އެންމެ އަޑުގަދަކޮށް ވާހަކަ ދައްކާ ބައެއް މީހުންނަކީ މިސްކިތުން ފެންނަ ބައެއް ނޫނެވެ. އަދި އެމީހުންގެ ކިބައިން އަދުލުވެރިކަމުގެ އެއްވެސް މިންވަރެއް ނުފެންނައިރު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައްވެސް ދަނީ ކުރެވެމުންނެވެ.

އިސްލާމް ދީނަށް ގޮވާލާ ނަމަވެސް އަމަލު ނުކުރާ މީހުންނަކީ ޤިޔާމަތް ދުވަހާއި ހަމައަށް އެމީހުންގެ ތުންފަތްތައް ކަތުރަކުން ބުރިކުރެވިކުރެވި ތިބޭނެ ބައެއްކަން އެނގެން އެބައޮތް ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް