އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދައަށް ތައްޔާރުވުން‍ 9: ރައްޔާން އެވެ ކިޔުނު ދޮރުކޮޅުން ވަދެވޭނީ ހަޤީޤީ ރޯދަވެރިންނަށް!

ރޯދައަށް ތައްޔާރުވުން‍ 9: ރައްޔާން އެވެ ކިޔުނު ދޮރުކޮޅުން ވަދެވޭނީ ހަޤީޤީ ރޯދަވެރިންނަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

"މީސްތަކުން ކުރާ އެހެން ހުރިހާ އަޅުކަމެއް އެމީހުންނަށެވެ. ރޯދަ ފިޔަވައެވެ. ރޯދަ ވަނީ ތިމަން ﷲ އަށެވެ. ރޯދައަށް ޘަވާބު ދެއްވާހުށީ ތިމަން ﷲ އެވެ. ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅެއް ސުވަރުގޭގައި ވެއެވެ. އެއީ ރައްޔާންއެވެ ކިޔުނު ދޮރުކޮޅެވެ."

މިއީ ތަކުރާރުކޮށް ކަންފަތްތަކަށް އިވެމުން އަންނަ ވާހަކަތަކެކެވެ. ކޮންމެ މީހަކުވެސް ރައްޔާންއެވެ ކިޔުނު ދޮރުކޮޅުން ސުވަރުގެ ވަންނަން ބޭނުންވެއެވެ. ނަމަވެސް އެކަމަށް ތިބާ ތައްޔާރުވަނީ ކިހައި ވަރަކަށް ހެއްޔެވެ؟ އެކަމަށް އެދިގެން މަސައްކަތްކުރަނީ ކިހައި ވަރަކަށް ހެއްޔެވެ؟

ދުނިޔެއަށް ބެލިނަމަވެސް ކަމެއް ޙާޞިލުކުރެވެނީ ގަދައަޅައި މަސައްކަތްކުރުމުންނެވެ. އާޚިރަތުގައިވެސް އޮތީ ހަމައެގޮތެވެ. ހަޤީޤީ ކާމިޔާބުވެރިއަކަށް ވެވޭނީ އެކަމަށް ގަދައަޅައި މަސައްކަތްކުރި މީހަކަށެވެ.

ރޯދަވެރިޔާ މާތް ﷲ އަށްޓަކައި ވަނީ މަތިވެރި ޤްރްބާނީއެކެވެ. އޭނާ ހުންނަނީ ދުވާލު ނުކައެވެ. ނުބޮއެވެ. ޝަހުވާނީ އެދުންތަކުން މަޙްރޫމްވެގެންނެވެ. އެކަންކަން މާތް ﷲ ވަރަށް ފުރިހަމައަށް ދެކެދެނެވޮޑިގެންވެއެވެ. އެހެންވެ ރޯދަ ވެރިންނަށް އެކަމުގެ ބަދަލު ވަރަށް ފުރިހަމަ ގޮތުގައި މާތް ﷲ ދެއްވަވާނެތެވެ. ރޯދަވެރިޔާގެ ހިތް ފުރި އުތުރިއަރާ ވަރަށެވެ.

ލޮބުވެތި މުސްލިމުންނޭވެ. ރައްޔާންއެވެ. ކިޔުނު ދޮރުކޮޅު މާތް ﷲ ހުޅުއްވަވައި ލައްވަވާނެތެވެ. ވަނުމަށް ފުރުޞަތު ދެއްވަވާނެތެވެ. އެ ދޮރުކޮޅުން ވަދެވޭނީ ހަމައެކަނި ރޯދަވެރިންނަށެވެ. ހަޤީޤީ ރޯދަވެރިންނަށެވެ. ތިމާއަކީ ހަޤީޤީ ރޯދަވެރިއަކަށް ވުމަށް މިހާރުންސުރެ ގަދައަޅައި މަސައްކަތްކުރާށެވެ. ކިރިޔާވެސް ކާމިޔާބެއް ލިބޭނީ އެއިރުންނެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް