އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލާ (صلی اللہ علیہ وسلم) ގެ ކުރިފުޅުމަތީގަ ޖިބްރީލްގެފާނު އަދަބުވެރިކަމާއިއެކު އިންނެވީ ކީއްވެ؟

ރަސޫލާ (صلی اللہ علیہ وسلم) ގެ ކުރިފުޅުމަތީގަ ޖިބްރީލްގެފާނު އަދަބުވެރިކަމާއިއެކު އިންނެވީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ހަވީރު ޝާޢިއުކުރި ލިޔުމާއި ގުޅޭ:

މިއީވެސް ހަމަ އެ ޙަދީޘްފުޅުގެ އެއްބައެވެ. ޖިބްރީލްގެފާނަކީ މަލާއިކަތް ބޭކަލުންގެ ތެރެއިން އެންމެ މާތް މަލާއިކަތާއެވެ. ވަޙީގެ މަލާއިކަތާއެވެ. މާތް ﷲ ގެ އަމުރުފުޅަށް ފައިބައިވަޑައިގަތީ އުޑުންނެވެ.

.1 މީސްތަކުންނަށް ފެނުނުއިރު ތުރުކުރައްވައިގެން އިންނެވީ އެންމެ ސާފު ހުދު ފޭރާންކޮޅެވެ. އެންމެ ރުލެއްވެސް އަދި ލައްކޮޅެއްވެސް ޖެހިފައެއް ނުވެއެވެ.

.2 ކައު އިތުރު ރަސޫލާ މުޙައްމަދު (صلی اللہ علیہ وسلم) އީ އެންމެ މާތް ރަސޫލާއެވެ. ކުރިފުޅުމަތީގައި އިށީނދެވަޑައިގަތީ އަދަބުވެރިކަމާއިއެކުގައެވެ. އިންނެވީ ކުރިފުޅުމައްޗަށް ބުރަވެވަޑައިގެނެވެ. ދެއަތްޕުޅު ކައު އިތުރު ރަސޫލާ މުޙައްމަދު (صلی اللہ علیہ وسلم) ގެ ދެ ކަކޫފުޅުމަތީގައި ބާއްވަވަވައިލައްވައިގެން ވަރަށް ގާތްކަމާއިއެކުގައެވެ. ވާހަކަފުޅު ދެއްކެވީ ވަރަށް އަދަބުވެރިކަމާއި މަޑުމައިތިރި ކަމާއިއެކުގައެވެ.

މިއީ މިއަދު ހަމަ އެންމެންވެސް ވިސްނަން ޖެހިފައިވާ ކަމެކެވެ. ސަބަބަކީ އިންސާނުންގެ ތެރެއިން މިއަދު އެންމެ ބޮޑަށް އުނިވެފައި މިވަނީ މިކަންކަމެވެ. ރިވެތި އަޚްލާޤެވެ. އިސްލާމް ދީނަކީ ހަމައެކަނި އަޅުކަން ކުރުމެއް ނޫނެވެ. ރިވެތި އަޚްލާޤަކީވެސް ހަމަ އަޅުކަމެވެ.

.1 ސާފުތާހިރުކަމަކީ އިސްލާމް ދީނުގެ ތެރެއިންވާ ކަމެކެވެ. ހަޑިމުޑުދާރުކަމަކީ އިސްލާމް ދީން ބަލައިގަންނަ ކަމެއް ނޫނެވެ.

.2 އެކަކު އަނެކަކަށް އަދަބު އިހްތިރާމް އަދާކުރަންޖެހެއެވެ. އަދަބުވެރިކަމަކީ ކޮންމެ މުސްލިމެއްގެ ކިބައިގައި ވެސް ހުންނަން ޖެހޭ އެންމެ މުހިންމު އެއް ސިފައެވެ. ހަމައެއާއިއެކު މަޑުމަތިރިކަމެވެ. މުސްލިމުންގެ މެދުގައި ގާތްކަން ބާއްވަންޖެހެއެވެ. ވާހަކަ ދެއްކުމުގައި ވެސް އަދަބުވެރިވާންޖެހެއެވެ.

އެހެންކަމުން މީސްތަކުންގެ ލޯތަކަށް ފެންނާނެހެން ޖިބްރީލްގެފާނު މެދުވެރިކުރައްވަވައި މާތް ﷲ އެ ދަސްކޮށް ދެއްވެވީ މިކަންކަމެވެ. ސާފުތާހިރުކޮށް ތިބުމުގެ މުހިންމުކަމެވެ. އަދަބު އަދާކުރުމުގެ މުހިންމުކަމެވެ. މުޢާމަލާތުކުރުމުގައި އަދަބުވެރިކަމާއިއެކު މުޢާމަލާތުކުރުމުގެ މުހިންމުކަމެވެ.

މުސްލިމުން މިއަދު ނިކަމެތިވަމުން މިދާ އެންމެ ބޮޑު އެއް ސަބަބަކީވެސް އަދަބު އަޚްލާޤް، ރިވެތި ސުލޫކާއި ދުރަށް ޖެހިލެވުމެވެ. މާތް ﷲ ދަސްކޮށްދެއްވެވި ރިވެތި ގޮތްތައް ދޫކޮށްލެވުމެވެ. ރިވެތި އަޚްލާޤީ ސިފަތަކާއި ދުރަށް ޖެހެވުމެވެ.

މިފަދަ ޙަދީޘްފުޅުތައް ދިރާސާކުރަން އެބަޖެހެއެވެ. ޙާޞިލުކުރަންޖެހޭ ޢިބްރަތްތައް ދަސްކުރަން އެބަޖެހެއެވެ. އެކަންކަމަށް އަމަލުކުރަން އެބަޖެހެއެވެ. އިސްލާމީ އުންމަތަށް ކުރިއެރުން ލިބޭނީ އެިރުންނެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް