އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯންޗު އެކްސިޑެންޓުގައި ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑު އަޑިން ފެނިއްޖެ

ލޯންޗު އެކްސިޑެންޓުގައި ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑު އަޑިން ފެނިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ކ.ގުޅި ކައިރިން ކ.އިތާފުށި ރިސޯޓުގެ ދެ ލޯންޗެއް ޖެހިގެން ހިންގި އެކްސިޑެންޓްގައި ގެއްލިގެން ހޯދަމުން ދިޔަ އެއް ލޯންޗުގެ ކެޕްޓަން ކަނޑު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ކ.ގުޅި ކައިރިން ރޭ ހިނގި އެކްސިޑެންޓްގައި ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ހެނދުނު މަރުވެފައި އޮއްވާ ފެނުނީ ދ.ކުޑަހުވަދޫ މުހައްމަދު އަހުމަދެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ މީހާ ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑް ޑައިވަރުން މަސައްކަތް ކުރަމުން ދަނިކޮށް ޑައިވަރުންނަށް އެ މީހާ ފެނުނީ ކަނޑުގެ 45 މީޓަރު އަޑީގައި އޮއްވައެވެ. އެ މީހާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ލޯންޗުގެ ހުންގާނު ވެސް ފެނިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ.

ކ.ގުޅީގެ ހުޅަނގުން ހަ މޭލު ބޭރުން ހިނގި އެ އެކްސިޑެންޓްގައި އިތުރު މީހަކު ވެސް ވަނީ މަރުވެފައެވެ. މި އެކްސިޑެންޓްގައި ދެން މަރުވެފައިވަނީ ލޯންޗުގައި މަސައްކަތްކުރަމުން ދިޔަ ބަންގްލަދޭޝް ފަޅުވެރިއެކެވެ. އޭނާ މަރުވެފައިވަނީ ރޭ އޭޑިކޭ ހޮސްޕިޓަލަށް ގެނެސް އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އެ އެކްސިޑެންޓްގައި 8 މީހަކަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލަށް ރޭ ގެންދެވުނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް