އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްލަކީ ކީރިތި ޤްރްޢާނަށް އަމަލުކުރުން ‍- ދީނުގަ ސާބިތުވެ ހުރުން ވާނީ އަނގުރު އަލިފާންގަނޑެއްގައި ހިފަހައްޓައިގެން ހުރުމަށް: ޝައިޚް ލަޠީފް

ޙައްލަކީ ކީރިތި ޤްރްޢާނަށް އަމަލުކުރުން ‍- ދީނުގަ ސާބިތުވެ ހުރުން ވާނީ އަނގުރު އަލިފާންގަނޑެއްގައި ހިފަހައްޓައިގެން ހުރުމަށް: ޝައިޚް ލަޠީފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

"އެމީހުން" އެހެން ކިޔާނެ ކަމަށާއި ޙައްލަކީ ކީރިތި ޤްރްޢާނަށް އަމަލުކުރުން ކަމަށް މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރޭގެ ފަތިސް ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި ދަރުސް ދެއްވަމުން ޝައިޚް ލަޠީފް ވިދާޅުވީ އިސްލާމް ދީނުގައި ސާބިތުވެ ތިބޭނަމަ ފުރައްސާރަ ކުރާނެ ކަމަށާއި ދަތިތައް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން މިސާލުގައި އޮތީ އިސްލާމް ދީނުގައި ހިފަހައްޓައިގެން ސާބިތުކަމާއިއެކު ހުރުން ވެގެންދާނީ އަނގުރު އަލިފާންގަނޑެއްގައި ހިފަހައްޓައިގެން ހުރުން ފަދަ ކަމަކަށް ކަމަށެވެ.

ޝައިޚް ލަޠީފް ވިދާޅުވީ އަޅުގަނޑުމެންނަކީ ކީރިތި ޤްރްއާނުގެ އަހުލުވެރިން ކަމަށާއި އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަންޖެހޭނީ ޤްރްޢާނުގައި އޮތް ގޮތަށް އަމަލުކޮށް ކީރިތި ޤްރްއާން މަތިވެރިކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން ޢިއްޒަތް ލިބިގަންނަން ޖެހޭނީ ޤްރްޢާނުން. ޢިއްޒަތަކީ ޤްރްއާން ދެއްވާ ޢިއްޒަތް. އިއްޒަތަކީ އިސްލާމް ދީން ދެއްވި ޢިއްޒަތެއް. އިއްޒަތްތެރިންނަކީ މުސްލިމުން. ނިކަމެތިންނަކީ މުސްލިމް ނޫން މީހުން. އެއީ މާތް ﷲ ކަނޑައަޅުއްވަވާފައިވާ ގޮތް. އެހެންވީމާ އިއްޒަތް ހޯދާށޭ ކިޔާފަ މިދީނުގެ އެއްވެސް ކަމެއް ދޫކޮށްލައިގެން ނުވާނެ. އެއިރުން (ދުކޮށްލައިފިނަމަ) އިއްޒަތަކަށް ނުވާނެ. އެކަން ވާނީ ނިކަމެތި ކަމަކަށް."

ޝައިޚް ލަޠީފް ވިދާޅުވީ އިއްޒަތް ހޯދަން ޖެހޭނީ ކީރިތި ޤްރްއާނަށާއި ދީނުގެ ޙުކުމްތަކަށް މާތްކޮށް ހިތައިގެން ކަމަށެވެ. އެކަންކަމަށް އަމަލުކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ޤްރްއާނުގެ އަހުލުވެރިން. މާތް ﷲ އަށް ލިބިވޮޑިގެންވާ ސިފަފުޅެއް ބަސް ވަޙީކުރެއްެވެވުމަކީ. ވީމާ އެ ސިފަފުޅުގެ އަހުލުވެރިން އަޅުގަނޑުމެންނަކީ. އެންމެ މަތިވެރި ބައަކީ އަޅުގަނޑުމެން. ކީރިތި ޤްރްއާނުގެ އަހުލުވެރިން. ނަމަވެސް އިއްޔެވެސް މިއިވުނީ އަޅުގަނޑުމެންގެ ދުސްތޫރު އޮންނަންވީ ގޮތާ އަޅުގަނޑުމެން އުޅެންވީ ގޮތް އެހެން ބައަކު އަންގާ ވާހަކަ. އެއީ ކޮން ގޮތަކުން ޤަބޫލުކުރެވޭނެ ކަމެއްތޯ؟"

ޝައިޚް ލަޠީފް ވިދާޅުވީ މީސްތަކުން އުޅެންވީ ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މީސްތަކުން އުފެއްދެވި މާތް ﷲ ކަމަށެވެ. އެގޮތްތައް ބަޔާންކޮށްދެއްވަވާފައިވަނީ ކީރިތި ޤްރްއާނުގައި ކަމަށެވެ. އަޅުގަނޑުމެން މިތިބީ އެގޮތުގައި ކަމަށާއި އެއަށްވުރެ މޮޅު ގޮތެއް ބުނެދެވޭނެ ބައަކު ނުތިބޭނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް