އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީނާ ނުލާ ދިވެހި ޤައުމިއްޔަތެއް، ދިވެހި ވަންތަކަމެއް ނޯންނާނެ: ޑރ. ޒިޔާދު

އިސްލާމް ދީނާ ނުލާ ދިވެހި ޤައުމިއްޔަތެއް، ދިވެހި ވަންތަކަމެއް ނޯންނާނެ: ޑރ. ޒިޔާދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

"އިސްލާމް ދީނަކީ ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ބަހާ. ދިވެހިވަންތަކަމުގެ އެންމެ މުހިންމު އެއް ރުކުން. އިސްލާމް ދީނާ ނުލާ ދިވެހި ޤައުމިއްޔަތެއް، ދިވެހި ވަންތަކަމެއް ނޯންނާނެ." ކަމަށް އިސްލާމީ މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެއެވެ.

ޑރ. ޒިޔާދު މިމޭރުމުން ވިދާޅުވެފައިވާއިރު ރޭގެ ފަތިސް ނަމާދަށް ރާއްޖޭގައި ހުރި އެންމެ ބޮޑުކިސްކިތް، އިސްލާމީ މަރުކަޒަށް ލިބުނީ ހަމަ އެންމެ ސަފެކެވެ. ދެވަނަ ސަފު ނުވެސް ހަދައެވެ.

ހުކުރު ވިލޭރޭގެ ފަތިސް ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ޚާއްޞަ ދަރުސެއް ދެއްވައެވެ. 10- 15 މިނިޓަށް ކުރިއަށް ގެންދަވާ މި ދަރުސްގައި ދީނީ މުހިންމު ފިލާވަޅުތައް ދެއްވައެވެ. ރޭގެ ދަރުސް އަޑުއަހްނ ތިބީ ޖުމުލަ 30 ވަރަކަށް މީހުންނެވެ.

އެހެންކަމުން އިސްލާމް ދީނަކީ ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ބަހާ ކަމަށްވާއިރު، ދިވެހިވަންތަކަމުގެ އެންމެ މުހިންމު އެއް ރުކުން ކަމަށްވާއިރު އަދި އިސްލާމް ދީނާއި ނުލައި ދިވެހި ޤައުމިއްޔަތެއް، ދިވެހި ވަންތަކަމެއް ނޯންނާނެއިރު އެކަންކަން ދިރުވައި އާލާކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރަން މިހާރުވެސް ޖެހިފައިވާކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް