އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑް އެފްއޭ ކަޕްގެ ފައިނަލަށް

ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް ޔުނައިޓެޑް އެފްއޭ ކަޕްގެ ފައިނަލަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

އިނގިރޭސި އެފްއޭ ކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޓޮޓެންހަމްގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޓޮޓެންހަމްއިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޓޮޓެންހަމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޑެލޭ އެލީއެވެ. އެހެން ނަމަވެސް މެޗުގެ 24 ވަނަ މިނެޓުގައި ޔުނައިޓެޑްގެ އަލެކްސިސް ސަންޗޭޒް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި މެޗުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 62 ވަނަ މިނެޓުގައި އެންޑާ ހެރޭރާއެވެ. ހެރޭރާ މި ލަނޑު ކާމިޔާބުކުރީ ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށްގެން ޔުނައިޓެޑް އެފްއޭކަޕްގެ ފައިނަލަށް ދަތުރުކުރިއިރު، މިއީ އެފްއޭކަޕްގެ ފައިނަލުގައި ޔުނައިޓެޑް ކުޅޭ 20 ވަނަ ފަހަރެވެ. އެފްއޭކަޕްގެ ތާރީޚުގައި އެންމެ ގިނަ ފައިނަލް ކުޅެފައިވަނީ އާސެނަލެވެ. އެއީ 20 ފަހަރެވެ. އެހެންވުމުން، މި އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުން ޔުނައިޓެޑް ވެސް ވަނީ އެ ރެކޯޑާ ހަމަހަމަވެފައެވެ.

އަދި މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި އާސެނަލް މުބާރާތް ކާމިޔާބުކޮށްފައިވަނީ 13 ފަހަރެވެ. ޔުނައިޓެޑުން މުބާރާތް 12 ފަހަރު ކާމިޔާބުކޮށްފައިވާއިރު، މި އަހަރުގެ މުބާރާތް ކާމިޔާބުކޮށްގެން ޔުނައިޓެޑަށް އެ ރެކޯޑާ ވެސް އަރާ ހަމަކުރުމުގެ ފުރުސަތު އެބައޮތެވެ.

މުބާރާތުގެ ފައިނަލްގައި ޔުނައިޓެޑް ވާދަކުރާނެ ޓީމެއް އެނގިގެންދަނީ މިރޭ ކުޅޭ މުބާރާތުގެ ސެމީ ފައިނަލް މެޗުގެ ނަތީޖާއަށް ފަހުގައެވެ. މިރޭ ކުޅޭ ސެމީ ފައިނަލްގެ މެޗުގައި ބައްދަލުކުރަނީ ޗެލްސީއާއި ސައުތެމްޓަނެވެ. މި މެޗު މިރޭ ފަށާނީ ރާއްޖެ ގަޑިން 7:00 ގައެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް