އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަހުވަދޫއާއި މާޅޮހުން ވެސް މޮޅަކާއެކު މުބާރާތް ފަށައިފި

ކުޑަހުވަދޫއާއި މާޅޮހުން ވެސް މޮޅަކާއެކު މުބާރާތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު



އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި މިދިޔަ އަހަރު ގަދަ ހަތަރަކުން ޖާގަ ހޯދި ދ.ކުޑަހުވަދޫއާއި އއ.މާޅޮސް ވެސް މޮޅަކާއެކު މި އަހަރުގެ މުބާރާތް ފަށައިފިއެވެ.
މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ އޮނިގަނޑަށް މި އަހަރު ގެނައި ބަދަލާއެކު، ކުރީ އަހަރުގެ މުބާރާތުގެ ގަދަ ހަތަރަކުން ޖާގަ ހޯދާ ޓީމުތަކަށް މުބާރާތް ފެށެނީ މުބާރާތުގެ ފައިނަލް ބުރުންނެވެ. އެހެންވެ މި އަހަރުގެ މުބާރާތް ކުޑަހުވަދޫއާއި މާޅޮހަށް ފެށުނީ ފައިނަލް ބުރުންނެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ގަދަ ހަތަރަކުން ޖާގަ ހޯދި ގދ.ތިނަދޫއާއި ށ.މިލަންދޫ މި އަހަރުގެ މުބާރާތުގައި ބައިވެރިނުވާން ވަނީ ނިންމައިފައެވެ.

ނިލަންދޫގެ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ގދ.ހޯނޑެއްދޫގެ މައްޗަށް ކުޑަހުވަދޫ ކުރިހޯދީ ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއިންނެވެ. މި މެޗުގައި ކުޑަހުވަދޫއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ޝަބީންއާއި، އިޑައުން ހަމެޑާއި، އިލާފު އަހުމަދެވެ.

ފޯކައިދޫގެ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ހއ.މުރައިދޫގެ މައްޗަށް އއ.މާޅޮސް ކުރިހޯދައި މެޗު މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ. މާޅޮހުގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ ޚަލީލް ގަމާލްއާއި ޢަލީ ވަސީމެވެ.

މި މުބާރާތުގެ ފައިނަލް ބުރުގައި މި އަހަރު ދިހަ ޓީމު ވާދަކުރާއިރު، ފައިނަލް ބުރު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ފ.ނިލަންދޫ، ދ.ކުޑަހުވަދޫ، ތ.ތިމަރަފުށި، ގދ.ހޯނޑެއްދޫ، އަދި ސ.ހިތަދޫއެވެ. ގްރޫޕް އެކެއްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ނިލަންދޫގައެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ހއ.މުރައިދޫ، ށ.ފޯކައިދޫ، ބ.ފެހެންދޫ، އއ.މާޅޮސް، އަދި އދ.ފެންފުށިއެވެ. ގްރޫޕް ދޭއްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ފޯކައިދޫގައެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެވެ. މުބާރާތުގެ ސެމީއަށް ދަތުރުކުރާ ހަތުރު ޓީމަށް ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މުބާރާތުގައި މިއަދު ހަވީރު ވެސް ދެ މެޗެއް ކުޅޭނެއެވެ. ގްރޫޕް އެކެއްގައި ބައްދަލުކުރާނީ ފ.ނިލަންދޫއާއި ސ.ހިތަދޫއެވެ. ގްރޫޕް ދޭއްގައި ބައްދަލުކުރާނީ ށ.ފޯކައިދޫއާއި ބ.ފެހެންދޫއެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް