އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސީގެރައީސަަކަށް އަލުން ޢަބްދުﷲ ހޮވައި، އެ ޖަމިއްޔާގެ ދިގު ނަން ބަދަލުކޮށްފި

މަސީގެރައީސަަކަށް އަލުން ޢަބްދުﷲ ހޮވައި، އެ ޖަމިއްޔާގެ ދިގު ނަން ބަދަލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު


މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) ގެ ނަން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް އަށް ބަދަލުކުރަން އެ ޖަމިއްޔާއިން ނިންމައިފިއެވެ.

މަސީއިން މި ގޮތަށް ނިންމާފައިވާކަން ހާމަކުރީ ޗަންޕާ ސެންޓްރަލް ހޮޓެލުގައި ރޭ ބޭއްވި އެ ޖަމިއްޔާގެ 16 ވަނަ އަަހަރީ ޖަލްސާގައެވެ. ނަން ބަދަލުކުރަން ނިންމާފައިވާކަން ހާމަކުރަމުން މަސީގެ ނައިބު ރައީސް އަދުނާން ހަލީމް ވިދާޅުވީ ޖަމިއްޔާގެ ދިގު ނަން ބަދަލުކުރިޔަސް ކުރުކޮށް ޖަމިއްޔާއަށް ކިޔާނީ ހަމަ މަސީކަމަށެވެ.

މަސީއިން ރޭ ވަނީ އާ ދައުރަށް އެ ޖަމިއްޔާގެ ބޯޑުގެ މެންބަރުން ވެސް ހޮވައިފައެވެ. އެ ގޮތުން މަސީގެ ރައީސްކަމަށް އަނެއްކާ ވެސް ހޮވުނީ މިހާރު ވެސް އެ މަޤާމުގައި ހުންނެވި އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ މުހައްމަދެވެ. ނައިބު ރައީސުންނަށް ވެސް ހޮވުނީ މިހާރު އެ މަޤާމުތަކުގައި ތިބި އަދުނާނުއާއި އެލިޔާގެ މެނޭޖިން ޑިރެކްޓަރު އަލާއު ޢަލީއެވެ.

މަސީއަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ތަމްސީލުކުރާ މައި ޖަމިއްޔާއެވެ. އެ ޖަމިއްޔާއަކީ މިހާރު އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިފް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފަޕްކާ) ގެ މެންބަރެކެވެ. މަސީގެ ކުރީގެ ރައީސް މުހައްމަދު ޢަލީ ޖަނާހު (ޖަނާ) އިފަޕްކާގެ ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަންނަވާނެކަމަށް އެ ޖަމިއްޔާގެ މިހާރުގެ ރައީސް ދާތުކް މެތިއު ވަނީ ހާމަކޮށްފައެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް