އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބެންގަލޫރު ބަލިކޮށް ނިއު ރޭޑިއަންޓް ގްރޫޕްގެ އެއްވަނައަށް

ބެންގަލޫރު ބަލިކޮށް ނިއު ރޭޑިއަންޓް ގްރޫޕްގެ އެއްވަނައަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު



އޭއެފްސީ ކަޕްގައި އިންޑިއާގެ ބެންގަލޫރުގެ މައްޗަށް 0-2 ގެ ނަތީޖާއިން ކުރިހޯދައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ދެކުނު އޭޝިއާ ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.
މީގެ 15 ދުވަސް ކުރިން އިންޑިއާގައި މި ދެ ޓީމު ބައްދަލުކުރި މެޗުގައި ފަހު ވަގުތު ވަން ލަނޑަކުން ނިއު ބަލިވިއިރު، އިއްޔެގެ މެޗުން މޮޅުވުން ނިއުއަށް ވަަރަށް މުހިންމުވިއެވެ. އެއީ މުބާރާތުގެ އަނެއް ބުރަށް ދަތުރުކުރެވޭނީ މި ގްރޫޕްގެ އެއްވަނަ ލިބޭ ޓީމަށެވެ.

އިއްޔެ ކުޅުނު މެޗުން މޮޅުވެގެން ގްރޫޕްގެ އެއްވަނައިގައި ނިއު އޮތީ 9 ޕޮއިންޓް ލިބިގެންނެވެ. ނިއު އަތުން އިއްޔެ ބަލިވި ބެންގަލޫރަށް ވެސް ލިބިފައިވަނީ 9 ޕޮއިންެޓެވެ. އެހެން ނަމަވެސް ބެންގަލޫރުގެ މައްޗަށް ނިއުއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި 4 ޕޮއިންޓާއެކު ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް އޮތްއިރު، އިންޑިއާގެ އައިޒޯލް އޮތީ އެންމެ ޕޮއިންޓަކާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.
މާލޭގެ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗު ފަށައިގެން ވެސް ނިއުއިން ދިޔައީ ރަނގަޅަށް ކުޅެ ބެންގަލޫރުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އަދި ބެންގަލޫރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށް ވަނީ ބޭނުން ނުހިފިއެވެ.

ނިއުއިން ބޮޑަށް ކުރިއަށް ޖެހިގެން ބެންގަލޫރުގެ ހާފުގެ ތެރެއިން ފުރުސަތުތައް ތަނަވަސްކުރަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ނިއުގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) ތަނަވަސްކޮށްދިން ފުރުސަތަކުން ނިއުއިން މެޗުގެ ލީޑު ނެގިއެވެ.

ނިއުގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ލީޑު ފުޅާކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ ދަގަނޑޭއެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ދަގަނޑޭ މި ލަނޑު ކާމިޔާބުކުރީ ބެންގަލޫރުގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނެގުމަށްފަހުއެވެ.
ބެންގަލޫރު އަތުން ނިއުއިން އިއްޔެގެ މެޗު މޮޅުވިއިރު، މިއީ ދިވެހި ކްލަބަކުން ބެންގަލޫރު ޓީމު އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެއްވެސް ކްލަބަކަށް ބެންގަލޫރުގެ އަތަކުން މޮޅުވެފައެއް ނެތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް