އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އަންހެން ޓީޓީ ޓީމު ސްވިޑެންއަށް

ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އަންހެން ޓީޓީ ޓީމު ސްވިޑެންއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ ޤައުމީ އަންހެން ޓޭބަލް ޓެނިސް (ޓީޓީ) ޓީމު ސްވިޑެންއަށް ފުރައިފިއެވެ.

މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އަންހެން ޓީމުގައި ހިމެނެނީ ތިން ކުޅުންތެރިންނެވެ. އެއީ ފާާތިމަތު ދީމާ ޢަލީއާއި، އައިޝަތު ރަފާ ނާޒިމާއި، މުއީނާ މުހައްމަދެވެ.

މި ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދީމާއަކީ އުމުރުން އެންމެ 10 އަހަރުގެ ކުޅުންތެރިޔެކެވެ. އަދި ދީމާއަކީ މި އަހަރުގެ މުބާރާތުގައި ކުޅޭ އެންމެ ހަގު ކުޅުންތެރިޔާއެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމަށް އިރުޝާދު ދިނުމަށް ކޯޗަކަށް ހަމަޖެއްސީ މުހައްމަދު ޔާސިރެވެ. އެ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ހަމަޖެއްސީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސާ ޒުލައިހާ އިބްރާހިމެވެ.

ޓީޓީ އެސޯސިއޭޝަންގެ ރައީސް ޢަލީ ރަޝީދު ވެސް ވަނީ މި މުބާރާތުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ އައިޓީޓީއެފްގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް ސްވިޑަންއަށް ފުރައިވަޑައިގެންފައެވެ.

ރާއްޖޭގައި ދާދި ފަހުން ނިމިގެންދިޔަ ދެކުނު އޭޝިއާ ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ އަންހެން ޓީމުގައި ހިމެނޭ ދީމާއާއި ރަފާ ވަނީ ހަތް މެޑަލެއް ހޯދައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް