އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޯނޑެއްދޫ ބަލިކޮށް ތިމަރަފުށި ކުރިއަށް، މުރައިދޫއިން ފެންފުށި ބަލިކޮށްފި

ހޯނޑެއްދޫ ބަލިކޮށް ތިމަރަފުށި ކުރިއަށް، މުރައިދޫއިން ފެންފުށި ބަލިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުތަކުގެ ތެރެއިން ތ.ތިމަރަފުއްޓާއި ގދ.ހޯނޑެއްދޫ ބައްދަލުކުރި މެޗުން ތިމަރަފުށި މޮޅުވިއިރު، އދ.ފެންފުއްޓާއި ހއ.މުރައިދޫ ބައްދަލުކުރި މެޗުން މުރައިދޫ މޮޅުވެއްޖެއެވެ.

ފ.ނިލަންދޫ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ހޯނޑެއްދޫގެ މައްޗަށް ތިމަރަފުށިން ކުރިން ހޯދީ 0-3 ގެ ނަތީޖާއިންނެވެ. މި މެޗުގައި ތިމަރަފުށީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޢަބްދުލްނާސިރު ޢަލީ، އަހުމަދު ހައިލަމް، އަދި ޢަބްދުﷲ މުނާޒެވެ.

މި މެޗުގެ ނަތީޖާއާއެކު ތިމަރަފުށި ވަނީ ކުޅުނު 3 މެޗުން 6 ޕޮއިންޓް ލިބިގެން ގްރޫޕް އެކެއްގެ އެއްވަނައިގައެވެ. ދެވަނައިގައި ނިލަންދޫ އޮތީ ކުޅުނު 3 މެޗުން 5 ޕޮއިންޓް ލިބިގެންނެވެ. 3 މެޗު ކުޅެގެން ދ.ކުޑަހުވަދޫއަށް 4 ޕޮއިންޓް ލިބިފައިވާއިރު، ސ.ހިތަދޫއަށް 4 ޕޮއިންޓް ލިބިފައިވަނީ 2 މެޗު ކުޅެގެންނެވެ. މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެ ގްރޫޕްގެ އެންމެ ފުލުގައި އޮތް ހޯނޑެއްދޫ ވަނީ މުބާރާތުން ކަޓައިފައެވެ.

ށ.ފޯކައިދޫގެ ފުޓުބޯޅަ ދަނޑުގައި އިއްޔަ ހަވީރު ކުޅުނު ގްރޫޕް ދޭއްގެ މެޗުގައި ފެންފުށީގެ މައްޗަށް މުރައިދޫއިން ކުރިހޯދީ 1-4 ގެ ނަތީޖާއިންނެވެ. މި މެޗުގައި މުރައިދޫގެ ޝާފިއު މުހައްމަދާއި އިސްމާއިލް ފަތީއެވެ.
އިއްޔެ ހަވީރު ކުޅުނު މެޗަށް ނުކުތުމުގެ ކުރިން ފެންފުއްޓާއި މުރައިދޫ ކުރިން ކުޅުނު މެޗުތަކުން ބަލިވެ ވަނީ މުބާރާތުން ކަޓައިފައެވެ.

ގްރޫޕް ދޭއްގައި އެންމެ ކުރީގައި ކުޅުނު 3 މެޗުން 7 ޕޮއިންޓް ލިބިގެން އޮތީ އއ.މާޅޮސް އެވެ. 3 މެޗު ކުޅެގެން ދެވަނައިގައި އޮތް ފޯކައިދޫއަށް ވެސް 7 ޕޮއިންޓް ލިބިފައިވާއިރު، މާޅޮހަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. 2 މެޗު ކުޅެގެން 3 ޕޮއިންޓާއެކު އޮތް ފެހެންދޫއަށް ވެސް އަދި މުބާރާތުގެ ސެމީއަށް ދަތުރުކުރުމުގެ ފުރުސަތު އެބައޮތެެވެ. އިއްޔެގެ މެޗުން މޮޅުވި މުރައިދޫއަށް ލިބެނީ 3 ޕޮއިންޓެވެ. ފެންފުށި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ނުލިބި އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ.

މި މުބާރާތުގައި މިއަދު ހަވީރު ވެސް ދެ މެޗެއް ކުޅޭނެއެވެ. ގްރޫޕް އެކެއްގައި މިއަދު ހަވީރު ބައްދަލުކުރާނީ ސ.ހިތަދޫއާއި ދ.ކުޑަހުވަދޫއެވެ. މި މެޗު ކާމިޔާބުކޮށްގެން ގްރޫޕްގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ދެ ޓީމަށް ވެސް އެބައޮތެެވެ.
ގްރޫޕް ދޭއްގައި މިއަދު ހަވީރު ބައްދަލުކުރާނީ ބ.ފެހެންދޫއާއި އއ.މާޅޮސް އެވެ. މުބާރާތުގެ ސެމީގެ ޖާގަ ކަށަވަރުކުރުމަށް ފެހެންދޫއަށް މި މެޗު ވަރަށް މުހިންމެވެ. އަދި މާޅޮހަށް ވެސް ސެމީގެ ޖާގަ ކަށަވަރުކުރަން މިއީ މުހިންމު މެޗެކެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް