އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޒީފާއަށް ނުގޮސް ދަރިންގާތު ގޭގައި މައިން މަޑު ކުރުމުން ލިބޭ ބައެއް ފައިދާތައް

ވަޒީފާއަށް ނުގޮސް ދަރިންގާތު ގޭގައި މައިން މަޑު ކުރުމުން ލިބޭ ބައެއް ފައިދާތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު

މިއީ ދަރިއަކު ނުވަތަ ދަރިންތަކެއް ލިބުމަށްފަހު، އާންމުކޮށް ކޮންމެ މަޔަކު ވެސް ވިސްނާ ވިސްނުން ތަކެކެވެ.

އާއިލާގެ ޚަރަދުތައް ބެލެހެއްޓުމަށް އެހީތެރިވުމަށް ވަޒީފާއަކަށް ދާންވީތޯ ނުވަތަ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް އެކުދިން ބަލާބޮޑު ކުރުމަށް ގޭގައި އެކުދިން ކައިރީގައި މަޑު ކުރަންވީތޯ އެވެ.

މިފަދަ ވިސްނުން ތަކެއް ހުރިނަމަ، އެކަމުން ލިބިދާނެ ފައިދާތަކާއި ގެއްލުންތަކާއި މެދު ވިސްނާ އެކަންކަން މިނެކިރާލުން ބުއްދިވެރިއެވެ.

ދަރިއެއް ނުވަތަ ދަރިންތަކެއް ލިބުމުން، ކުރަންޖެހޭނެ ޚަރަދުތައް އިންތިހާއަށް ގިނައެވެ. ނަމަވެސް މިކަމާއިމެދު ވިސްނައިފިނަމަ އެޚަރަދުތައް އެހެން ހުރި ކަމުގައިވިޔަސް މައިން ގޭގައި ހުރެގެން ދަރިން ބަލާ ބޮޑުކުރުމަށްދާ ޚަރަދުތައް މާމަދެވެ.

މިސާލަކަށް ބުނާނަމަ، ވަޒީފާއަކަށް ދާނަމަ، އެވަޒީފާއަކާއި ގުޅޭ ގޮތުން ހެދުން އެޅުމަށް އެކި ކަހަލަ ހެދުން ހޯދަން ޖެހެއެވެ. ތިމާއަށް މުސާރައަށް ލިބޭވަރު ބަލާފައި މިޚަރަދުތަކާއި އަދި ވަޒީފާއަށް ދާއިރު ކުރަން ޖެހޭ ޚަރަދުތައް އެއްކަލަމާއެވެ. މިއީ ހަމަ ޔަގީނުން ވެސް ޚަރަދު ލިސްޓަށް އިތުރުވެފައިވާ ބޮޅެކެވެ.

ގިނަ ފަހަރަށް މައިން ކުރާ އެންމެ ބޮޑު ފިކުރަކީ ވަޒީފާއަށް ނުގޮސް ގޭގައި ހުރެއްޖެނަމަ އަތްމަތި ދަތިވުމުގެ ބިރެވެ. ނަމަވެސް ގޭގައި ހުރެގެން ކުރެވިދާނެ މަސައްކަތްތަކެއް ވެސް ހުރެއެވެ. އަދި މިފަދަ ކަންކަމަކީ ފަރުވާތެރިކަމާއި ހިތްވަރާއިއެކު ކޮށްފިނަމަ ފުދޭވަރެއްގެ އާމްދަނީއެއް ވެސް ލިބޭނެ ކަންކަމެވެ. ދަރިން އަމިއްލައަށް އެކުދިންގެ ކަންކަން ކޮންމެވެސް ވަރަކަށް ވިޔަސް ކުރެވޭވަރު ވުމުން ވަޒީފާއަކަށް ދާން ބޭނުންނަމަ، ދެވިވެސް ދާނެއެވެ.

ގޭގައި ހުރުމުން ލިބޭ އަނެއް ފައިދާއަކީ، އެހެނިހެން ފިކުރުތަކުން ސަލާމަތްވުމެވެ. ކައިވެންޏެއްކޮށް ދަރިން ލިބުމުން ވިސްނަން ޖެހޭ ކަންކަން އެހާމެ ގިނައެވެ. އެކަމުގެ އިތުރުން ވަޒީފާއެއްގައި އުޅުމުން، ވަޒީފާގެ ކަންކަމާއި ދޭތެރޭ ވިސްނުމަކީ ވެސް ތިމާގެ ސިކުނޑިއަށް އިތުރުވާ ފިކުރެކެވެ.

މީގެއިތުރުން ތިމާ ގޭގައި ހުރުމުން، ތިމާގެ އާއިލާއަށް ކުރާ ފައިދާ މާބޮޑުވެސް ވެދާނެއެވެ. މިސާލަކަށް ބުނާނަމަ، އާއިލާތެރޭގައި ނުވަތަ ތިމާގެ ދަރިންގެ ކަންކަމުގައި ތިމާއަށް އަމިއްލައަށް ގޮތް ނިންމި ދާނެއެވެ. އަދި ގޭތެރޭގެ ކަންކަން ތިމާ ބޭނުން ގޮތަކަށް ރޭވުމުގެ އިތުރުން، މައިމީހާއަށްވުރެ ފުރިހަމައަށް އެހެން އެއްވެސް މީހަކަށް ދަރިން ނުބެލޭނެތީ، އެކުދިންނަށް ކޮށްދޭންވީ ކަންކަން ތިމާއަށް ރަނގަޅަށް އެނގޭނެއެވެ.

ދަރިންގާތު ގޭގައި މައިން ތިބުމުން ލިބިދޭ އެންމެ ބޮޑު ފައިދާއަކީ، އެކުދިންނާއި ތިމާއާއި ދެމެދު އޮންނަ ގާތްކަމާއި ލޯބި އިތުރުވުމެވެ. އެކުދިންނަށް އަޅާލާ، ހެޔޮ ގޮތުގައި ބަލާ ބޮޑުކުރުމަކީ ތިމާއަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ.

ހެދިބޮޑުވުމުގައި އެކުދިންނަށް ކުރިމަތިވާ އެއްވެސްކަމެއް ފެނުމުން، އެއިރުން ތިމާ މަޙުރޫމެއް ނުވާނެއެވެ. އަދިދަރިން ބަލަން އެހެން މީހަކާއި ހަވާލުކޮށް، އެހެން ބައެއްގެ ތަރުބިއްޔަތުން ބޮޑުވާ ކުދިންނަށްވުރެ، އަމިއްލަ މައިންބަފައިންގެ ތަރުބިއްޔަތުން ބޮޑެތިވާ ކުދިން މާ ކާމިޔާބު ކަމުގައި ދިރާސާތަކުން ވެސް ދައްކައެވެ.

މަސްދަރު: verywellfamily

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ