އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ މަޖީދުގެ ބޭސް ފަރުވާއަށް އިންޑިއާ އަށް ދިޔުމަށް، އެހީތެރިވެދެއްވާ!

ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ މަޖީދުގެ ބޭސް ފަރުވާއަށް އިންޑިއާ އަށް ދިޔުމަށް، އެހީތެރިވެދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

ކެންސަރޭ ބުނުމުން، އެއީ ކިހާވަރެއްގެ ސީރިއަސް ބައްޔެއްކަން ކޮންމެ މީހަކަށްމެ އިޙުސާސް ކުރެވޭނެއެވެ. މިފަދަ ބޮޑު ބައްޔެއް ތަޙައްމަލު ކުރަމުންދާ ފަރާތަކާއި އޭނާގެ އާއިލާއަށް އަޅަމުންދާ ވޭން ފެންނަ ކޮންމެ ފަރާތެއްގެ، ދެލޮލުން ކަރުނަ ފޫދާލާނެކަން ޔަގީނެވެ.

މިފަދަ ވޭނެއް ތަޙައްމަލު ކުރަމުންދާ އެއް ފަރާތަކީ ތ. ތިމަރަފުށި ދިލާވަރު، އަބްދުލް މަޖީދު މާހިރު (58އ.) އެވެ.



ބަލިވުމުގެ ކުރިން، ދިރިއުޅުމަށްޓަކައި އަމިއްލައަށް ބުރަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުންދިޔަ މަޖީދަކީ، މިހާރު ފުއްޕާމޭގެ ކެންސަރު ތަޙައްމަލު ކުރަމުންދާ ބަލި މީހެއްކަމުގައި ވިޔަސް، ހިތްވަރުގަދަ އަދި އަޒުމް ވަރުގަދަ މީހެކެވެ. އޭނާ ކުރަމުންދާ އުންމީދަކީ މާތް ﷲ ގެ އިރާދަފުޅާއިއެކު ވީއެންމެ އަވަހަށް އޭނާގެ ބައްޔަށް އަވަސް ޝިފާއެއް ލިބުމެވެ.

"މިއަދުނޫހަށް" މައުލޫމާތު ދެމުން މަޖީދުގެ ދޮށީ އަންހެން ދަރިފުޅު ނަސްވާ އަބްދުލް މަޖީދު ބުނެފައިވަނީ، އޭނާގެ ބައްޕައަށް ކެންސަރު ބަލި ޖެހިފައި ހުރިކަން އެނގުނު އިރު ހުރީ ހަތަރު ވަނަ ސްޓޭޖުގައި ކަމަށާއި ކީމޯތެރަޕީ ދީގެން މިހާރު ތިންވަނަ ސްޓޭޖުގައި ހުރިކަމަށެވެ.

"ތިން ވަނަ ސްޓޭޖުގައި ހުރުމުން ކީމޯ ދިނުމަށްފަހު ޓިއުމަރުގެ އޮޕަރޭޝަން ކުރެވޭނެކަމަށް އިންޑިއާގެ ޑޮކްޓަރުން ބުނެފައިވޭ. ރޭޑިއޭޝަން ކީމޯ ދިނުމަށާއި ބޭސްފަރުވާއަށް ހަ މަސް ދުވަސް ވަންދެން އިންޑިއާ ގައި ތިބެންޖެހޭ" ނަސްވާ ބުންޏެވެ.

ބޭސްފަރުވާ ކުރުމަށް ވީއެންމެ އަވަހަކަށް އިންޑިއާއަށް ދިޔުމަށް ޑޮކްޓަރުން އަންގާފައިވެއެވެ. މަޖީދުގެ ބޭސްފަރުވާއަށް އާސަންދައިން 75 އިންސައްތަ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް އިންޑިއާގައި ހަ މަސް ދުވަހު މަޑުކުރާއިރު އެހެނިހެން ޚަރަދުތައް ކުރުމަށް އެހީތެރިވެ ދިނުމަށް ނަސްވާ އެދިފައިވެއެވެ.

"އާސަންދައިން %75 އެހީތެރިކަން ދޭ ގޮތަށް އިނީ. އެއީ ދެކޮޅު ޓިކެޓާއި ބޭސްފަރުވާގެ އެހީ ހިމަނައިގެން. އެކަމަކު އިންޑިއާގައި އެހެން ހުންނައިރު، ހުރުމާއި ކެއުމުގެ ޚަރަދުތައް އަދި އެހެނިހެން ޚަރަދުތައް ވެސް ދާނެ ދޯ. އެހެންވެ އެކަންކަމަށް އެހީތެރިކަން ބޭނުން ވަނީ. މިހާރުވެސް މިއުޅެނީ ބައްޕަގެ ބޭސް ފަރުވާއަށް ހުޅުމާލޭގައި. ހަގީގަތުގައި ވަރަށް ދަތިހާލެއްގައި މިއުޅެނީ. އެހެންވެ ވީއެންމެ އަވަހަކަށް އެހީތެރިކަން ބޭނުންވޭ!" ނަސްވާ ކިޔާދިނެވެ.

މަޖީދުއަށް އެހީތެރިވެދެއްވުމަށް ބީއެމްއެލް އެކައުންޓު ނަންބަރު 7730000133664 އަށް ފައިސާ ޖަމާ ކޮށްދެއްވުމަށް އާއިލާގެ ފަރާތުން އެދިލައްވައެވެ. އިތުރު މައުލޫމާތު 9968215 ނަންބަރު ފޯނާއި ގުޅާލާ ހިއްސާ ކޮށްލުން އެދެމެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ