އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރަސް ބޭނުންކުރުމުން ޒިނޭއަކަށް ނުވާނެ ކަމަށް ބުނި މީހެއްގެ ގުނަވަނުގަ ފުޅައަޅައިގެން 3 އޮޕަރޭޝަންކޮށްފި- ދެން އޮތީ ކަނޑާލުން

ހުރަސް ބޭނުންކުރުމުން ޒިނޭއަކަށް ނުވާނެ ކަމަށް ބުނި މީހެއްގެ ގުނަވަނުގަ ފުޅައަޅައިގެން 3 އޮޕަރޭޝަންކޮށްފި- ދެން އޮތީ ކަނޑާލުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ކައިވެނީގެ ބޭރުނ ގުޅުން ހިންގަން ބޭނުންވި މީހަކު، އޭނާގެ ލޯބިވެރިޔާގެ ސިކުނޑިއަށް ސަވާރުވުމަށް މަސައްކަތްކުރަމުން ދިއައެވެ. ނަމަވެސް އަންހެން މީހާ ބުނަމުން ދިއައީ އެކަންކުރުން ވާނީ ޒިނޭއަށް ކަމަށާއި އެފަދަ އަމަލެއް އޭނާ ނުކުރާނެ ކަމަށެވެ.

ތަފާތު އުކުޅުތައް ބޭނުންކުރަމުން ގޮސް އެންމެފަހުން ބުނަން ފެށީ ހުރަސް ބޭނުންކުރުމުން ޒިނޭއަކަށް ނުވާނެ ކަމަށެވެ. އެގޮތަށް ބުނުމުން ވެސް އަންހެންމީހާ ވަނީ ފުރުޞަތު ނުދީފައެވެ.

އެހިސާބުން އަންހެން މީހާ ބޭނުންވީ އޭނާ އާއި ގުޅުން ކަނޑައިލުމަށެވެ. ނަމަވެސް ޢާއިލީ މަޞްލަހަތަށްޓަކައި ގުޅުން ކަނޑައިލެވޭނެ ގޮތެއް ނެތުމުން އަންހެން މީހާ މެދު ނުކެނޑިހެން ދުޢާކުރަމުން ދިއައީ އޭނާގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދިއެވެ.

މިދިއަ އަހަރުގެ މެދުތެރޭގައި ފިރިހެން މިހާގެ ގުނަވަން ހިރުވާ ވަރުން ޑޮކްޓަރަށް ދެއްކުމުން ބައްޔެއް ފެންނާނެ ގޮތެއް ނުވިއެވެ. ނަމަވެސް ފަނި ފަދަ އެއްޗެއް އެތެރޭގައި ދުވާކަން ޑޮކްޓަރުންނަށް އިޙްޞާޞްކުރެވުނެވެ. އަދި އެތަކެތީގެ ހަރަކާތްކުރަން ފެށުމާއިއެކު އެނާއަށް ވާގޮތްތަކަކުން ހޭނތޭވަރުވެއެވެ. އެހެންކަމުން އޮޕަރޭޝަނެއް ކޮށްގެން ވާގޮތް ބަލަން ނިންމިއެވެ.

ފުރަތަމަ އޮޕަރޭޝަން ކުރީ މިދިއަ އަހަރުގެ އޮގަސްޓް މަހުއެވެ. އެފަހަރު ކުރި އޮޕަރޭޝަނުގައި ވަނީ ދިރިތިބި ފަނިތަކެއް ނަގައިފައެވެ. ދެވަނަ އޮޕަރޭޝަނެއްކޮށް އިތުރު ފަނިތަކެއް ނެގީ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ. އެއަށްފަހު މިދިއަ އެޕްރިލް މަހުގެ މެދުތެރޭގައި ވަނީ 3 ވަނަ އޮޕަރޭޝަން ކޮށްފައެވެ.

ކޮންމެ ފަހަރަކުވެސް ނަގަނީ ބޮޑެތި ފުޅަތަކެއް ފަދައިން ހުންނަ ފަނިތަކެކެވެ. ޑޮކްޓަރުން މިހާރު ބުނެފައިވަނީ އިތުރަށް މައްސަލަ މެދުވެރިވެއްޖެނަމަ ގުނަވަން ކަނޑައިލުން ނޫން ގޮތެއް ނެތްކަމަށެވެ.

މިއީ މިޞުރުގެ މަޖައްލާއަކަށް "ސިއްރު" ލިޔުންތެރިއަކު ލިޔެފޮނުވާފައިވާ ޚަބަރެކެވެ.

މީހަކު ކުރާ ކޮންމެ ކަމަކަށް ނުވަތަ ބުނާ ކޮންމެ އެއްޗަކާއި ގުޅިގެން މިފަދަ ކަންކަން މެދުވެރިނުވިނަމަވެސް ކިތަންމެ މަދުން ނަމަވެސް ފެންނަ މިފަދަ ކަންކަމުން އިބްރަތް ހާޞިލުކުރުން ރަނގަޅުވާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Neygay 2018-05-03 19:51:59

Mixamaanuge myhunah v gulhay vaahakaeh..dhenves hay araanebaa


މޫސާ ވަހީދު