އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔޫރޮޕާ ލީގު ފައިނަލް މެޗު ހިމެނޭ ގޮތަށް، ސިމިއޯނީ ހަތަރު މެޗަށް ސަސްޕެންޑް

ޔޫރޮޕާ ލީގު ފައިނަލް މެޗު ހިމެނޭ ގޮތަށް، ސިމިއޯނީ ހަތަރު މެޗަށް ސަސްޕެންޑް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި، ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހިގެން ޢަމަލުތައް ގެންގުޅުނު ގޮތުން، އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ އިތުރު ހަތަރު މެޗަކަށް ސަސްޕެންޑްކުރުމަށް ޔޫއެފާއިން ނިންމައިފިއެވެ.

ޔޫއެފާގެ މި ނިންމުމާ ގުޅިގެން، މި މަހުގެ 16 ވަނަ ދުވަހު ކުޅޭ ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގައި ވެސް ޓީމަށް އިރުޝާދުދޭން ސިމިއޯނީއަށް ބެންޗުގައި ނުހުރެވޭނެއެވެ.

މިދިޔަ ބްރާސްފަތި ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ވެސް ސިމިއޯނީއަށް ބެންޗުން ޓީމަށް އިރުޝާދު ދިނުމުގެ ފުރުސަތެއް ޔޫއެފާއިން އޭނާއަށް ނުދެއެވެ. އެހެންެވެ، އެ މެޗު ސިމިއޯނީ ބެލީ އެތްލެޓިކޯގެ ސްޓޭޑިއަމް ވަންޑާ މެޓްރޯފޮލިޓާނޯގެ ބެލްކަނީގައި ހުރެގެންނެވެ.

އާސެނަލްއާ ވާދަކުރި އެ މެޗުގައި އެތްލެޓިކޯ މެޑްރިޑްގެ ޑިއޭގޯ ކޯސްޓާ ލަނޑު ޖެހުމާއެކު ސިމިއޯނީ ވަނީ ސްޓޭޑިއަމްގެ ބެލްކަނީގައި ހުރެގެން ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައެވެ. އެ މެޗުން އެތްލެޓިކޯ މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ. އެހެންވެ އެތްލެޓިކޯއަށް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ 1-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ލިބިގެންނެވެ.

ސިމިއޯނޭގެ ސަސްޕެންޝަން އަދަބު ލިމޭނީ އަންނަ ސީޒަންގައި ކުޅޭ ފުރަތަމަ ތިން މެޗަށް ފަހުގައެވެ. އެތްލެޓިކޯއިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފިނަމަ، ޔޫއެފާ ސްޕަ ކަޕް މެޗަށް ވެސް ސިމިއޯނީއަށް ބެންޗުގައި ހުރެގެން ޓީމަށް އިރުޝާދެއް ނުދެވޭނެއެވެ.

މެޗު ސަސްޕެންޝަންތަކުގެ އިތުރުން ޔޫއެފާއިން ވަނީ 10000 ޔޫރޯއިން ސިމިއޯނީ ޖޫރިމަނާކުރުމަށް ވެސް ނިންމައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް