އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިވަރުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދޭ އުނގެނުމުގެ މަރުކަޒު - ސުޕަރ ކިޑްސް ކާސްލް

ދަރިވަރުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދޭ އުނގެނުމުގެ މަރުކަޒު - ސުޕަރ ކިޑްސް ކާސްލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ސުޕަރ ކިޑްސް ކާސްލް (އެސްކޭސީ) އަކީ ސްކޫލުގައި ހޭދަކުރާ ވަގުތަށްފަހު ދަރިވަރުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދޭ އުނގެނުމުގެ މަރުކަޒެކެެވެ.

އެގޮތުން އެކުދީންގެ ޒާތީ ދިރިއުޅުމުގައާއި މަސައްކަތު މާޙައުލުގައި ބޭނުން ކުރެވޭނެ ތަފާތު ހުނަރުތައް އެސްކޭސީ އިން އުނގަންނައިދެއެވެ.

މިމަރުކަޒު އުފެދިފައިވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ. އެސްކޭސީ އިން މަސައްކަތް ކުރަމުން އަންނަނީ ކުޑަކުދިންނަށް ރައްކާތެރި، އުފެއްދުންތެރި، އޯގާތެރި މާޙައުލެއްގައި ދަރިވަރުންނަށް އިޖްތިމާއީ އަދި ސުލޫކީ ރީތި ގޮތްތައް އުނގަންނައިދީ ދުނިޔެއަށް އެކުދިންގެ ލޯތައް ހުޅުވައިދިނުމަށެވެ.

އެކުދިންނަށް އެމުހިންމު ލަނޑުދަނޑި ޙާސިލް ކޮށްދިނުމަށްތަކައި އެސްކޭސީ ގެ މާހައުލުގައި ކުޅުމާއި މަޖާ ކަންކަމުގެ ތެރެއިން ޢިލްމާއި ފަންނު އުނގަންނައިދޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވެއެވެ. އޭގެތެރޭގައި މައިންޑްބްރިކްސް، ޕްލޭޖިމް، މިއުޒިކް އަދި ފަންނީ ކްލާސްތަކުގެ އިތުރުން އީޖާދުވެރިކަން އިތުރު ކުރުމަށް "އިންވެންޓަރސް ޝޮޕް" އެއް ވެސް ހިމެނެއެވެ.

މައިންޑްބްރިކްސް އަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން، އާޓްސް އަދި ހިސާބު ޢިލްމު އުނގަންނައި ދިނުމަށް ޚާއްސަ ޕްރޮގްރާމެއް ކަމަށްވާ "ސްޓީމް" ކިޔަވައިދޭ ކްލާސް ތަކެކެވެ. މިކްލާސްތަކުގައި ކިޔަވައި ދެނީ ލެގޯ އެޑިއުކޭޝަން ބޭނުން ކޮށްގެންނެވެ. ލެގޯ އެޑިއުކޭޝަން ބެހިފައިވާ އުމުރުފުރާތަކަކީ ޕްރީ ސްކޫލް ( 2 އަހަރާއި 6 އަހަރާ ދެމެދު) ކުދިންނާއި، އެލެމެންޓަރީ ސްކޫލް (7 އަހަރާއި 11 އަހަރާ ދެމެދު) ކުދިންނާއި އަދިމިޑްލް ސްކޫލް (12 އަހަރާއި 15 އަހަރާއި ދެމެދު) ކުދިންގެ މައްޗަށެވެ.

އެސްކޭސީ ގައި ހިންގޭ ޕްލޭޖިމް ހަރަކާތަކީ މަޑު ކުޅޭތަކެތީން ތައްޔާރު ކުރެވިފައިވާ އިންޑޯ (އިމާރާތުގެ އެތެރޭގައިވާ) ކުޅޭ ސަރަޙައްދެކެވެ. މިތަނަކީ ކުދިންނަށް ޝައުގުވެރިކަމާއިއެކު ރައްކާތެރު އުފާވެރި މާހައުލެއްގައި ކުޅެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ތަނެކެވެ. ޕްލޭޖިމް އަކީ ބައެއް ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ހުޅުވާފައިވާ ތަނެކެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ރޭގަނޑު 20:00 އަށް ވެސް މިތަން ހުޅުވާފައި ހުރެއެވެ.

މީގެއިތުރުން ދަރިވަރުންގެ ކިބައިގާ ފޮރުވިފައިވާ އުފެންދުންތެރިކަމާއި ހުނަރުވެރިކަން ހޯދައިގަތުމަށް އަމާޒުކޮށް މިއުޒިކާއި ފަންނުވެރިކަމުގެ ކްލާސްތައް ވެސް އެސްކޭސީ ގައި ހިންގައެވެ. މިއުޒިކް ކްލސްތައް ފަރުމާ ކުރެވިފައިވަނީ ކްލެސިކަލް މިއުޒިކްގެ ބޭސިލް ދަސްކޮށްދިނުމަށްޓަކައި ޕިއާނޯ ބޭނުން ކުރާ ގޮތަށެވެ. އަދި ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ އާޓް ކްލާސްތަކަކީ ވެސް އެކި ސްޓައިލްތަކުގެ އާޓް ދަސްކޮށްދީ ދަރިވަރުންގެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން ތަފާތު ސްޓައިލްތަކުގެ އާޓް ކުރަހާ އަމިއްލަ ގޮތްތައް ތަރައްޤީ ކުރުމަށް މަގުފަހި ކޮށްދޭ ކްލާސްތަކެކެވެ.

މިމަރުކަޒަށް އެންމެ ފަހުން އިތުރު ކުރެވިފައިވާ އިންވެންޓަރސް ޝޮޕް (އީޖާދު ކުރާ މީހުންގެ ފިހާރަ) އަކީ ދުރުން ބަލާލުމަށް އާދައިގެ ފިހާރައެއްހެން ހީވިކަމުގައިވިޔަސް، އެތެރެއަށް ވަނުމުން މިއީ ކުދީންގެ ވިސްނުމާއި އުފެއްދުންތެރިކަން ކުރިއެރުވުމަށް ޚާއްސަ ކުރެވިފައިވާ އެކި ކަހަލަ ކުޅޭ ތަކެތީގެ ފިހާރައެކެވެ. މިކުޅޭ ތަކެއްޗަކީ ކުދީންގެ އަމިއްލަ ވިސްނުމުން މައްސަލަތައް ޙައްލު ކުރަން ދަސްކޮށްދިނުމާއި ތަފާތު ގޮތްގޮތަށް ވިސްނަން ބާރު އަލައިދޭނެހެން ތައްޔާރު ކޮށްފައިވާ ފައިދާހުރި ކުޅޭ އެއްޗެއްސެވެ. މީގެއިތުރުން ކުޑަކުދީންނަށް މީރުވާނެ ކަހަލަ ލުއި ކާނާއާއި ބުއިންތައްވެސް މިފިހާރާއިން ލިބެން ހުރެއެވެ.

ސުޕަރ ކިޑްސް ކާސްލް އާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް 7991588، 7992400 ނުވަތަ 7992401 ނަންބަރު ފޯނާއި ގުޅާލުމުން މައުލޫމާތު ލިބޭނެއެވެ. އެސްކޭސީ ގެ އީމެއިން އައިޑީ އަކީ [email protected] އަދި [email protected]

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ