އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޯޝަލް މީޑިއާގައި ދިވެހި ބައެއް ފިރިހެނުން ހެއްދުމަށްފަހު ފައިސާ ފޭރޭ ބައެއްގެ ވާހަކަ ފެންމަތިވެއްޖެ!

ސޯޝަލް މީޑިއާގައި ދިވެހި ބައެއް ފިރިހެނުން ހެއްދުމަށްފަހު ފައިސާ ފޭރޭ ބައެއްގެ ވާހަކަ ފެންމަތިވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

ބިދޭސީއެއްގެ ފޮޓޯ ޖަހައިގެން ފޭސްބުކްގައި ދިވެހި ބައެއް ފިރިހެނުންތަކަކާއި ޗެޓްކޮށް، އެމީހުން ހައްދާލައިގެން ބަޔަކު ފައިސާ ފޭރެމުންދާކަން ފެންމަތިވެއްޖެއެވެ.

މިހާދިސާ ދިމާވި މީހެއްގެ ރައްޓެއްސަކު، ނަންހާމަ ނުކުރުމަށް އެދި "މިއަދުނޫހާއި" މިވާހަކަ ހިއްސާ ކުރަމުން ބުނީ، މިކަމުގައި އެ ދިވެހީންގެ ކުށްވެސް އެބައޮތް ކަމަށާއި އެހެންކަމުން މިއީ ފުލުހުންނަށް ވެސް ހުށަހަޅާފައި ނުވާނެ މައްސަލައެއް ކަމަށެވެ.

އޭނާ ކިޔާދިން ގޮތުގައި "އައިޑާ ބެނާއި" ނަމަކަށް ޖަހާފަ އިންނަ އެފޭސްބުކް އައިޑީއިން ދިވެހިން އެޑްކޮށް، އެންމެ ފުރަތަމަ އެމީހުންނާއި ރީތިކޮށް އެކުވެރިކޮށް ވާހަކަ ދައްކައެވެ. އޭގެފަހުން ވާހަކައިގެ ތެރެއިން ވީޑިއޯ ކޯލްކޮށް، ނުރަނގަޅު ޢަމަލުތައް ހިންގުމަށްފަހު އެފިރިހެންމީހާ ބްލެކްމެއިލްކޮށް ފައިސާ އަތުލައެވެ.

"އޭނަ އެންމެ ފުރަތަމަ ވެސް ހަމަ ރީތިކޮށް ވާހަކަ ދައްކާކަމަށް ވަނީ. ދެން އަމިއްލައަކަށް ހަމަ ވީޑިއޯ ކޯލްވެސް ކުރި. ބޭރު އަންހެން ކުއްޖެއް ހަމަ ފެންނަނީ އެހެންވެ އަހަރެންގެ އެކުވެރިޔާއަށް ވެސް އޭނައަށް އިތުބާރު ކުރެވުނީ. ދެން އެހެން އިނދެފަ އެންމެ ފުރަތަމަ އޭނަ އިސްވެ ބަރަހަނާ ވަނީ ވެސް، އެވެސް އިތުބާރު ހޯދަން. ދެން ބޭރު ކުއްޖެއްވީމަ ފިރިހެން މީހާވެސް އެފަދައިން ކަންތައް ކުރީމަ، އިރުކޮޅަކުން ފޮނުވަނީ ވީޑިއޯ ކޯލްގެ ރިކޯޑިންގ ވީޑިއޯއެއް. އެހިސާބުން ބްލެކްމެއިލް ކުރަން ފަށާ. ބުނަނީ އޭނަ ބުނާ އަދަދަކަށް ފައިސާ ނުދީފިއްޔާ އެވީޑިއޯ ޔޫޓިއުބް އަށާއި އެއްޗެއްސަށްލާނަމޭ. އެއަންހެން ކުއްޖާ ހުންނަނީ މިއުޗުއަލް ފްރެންޑުންނާއި، ފިރިހެންމީހާގެ އެހެން ފޮޓޯތަކަށް އެންމެ ގިނައިން ކޮމެންޓު ކޮށްފަ ހުންނަ މީހުންގެ އައިޑީތައް ވެސް ނަގާފަ. އެމީހުންނަށް ވެސް އެވީޑިއޯ ފޮނުވާނަމޭ ބުނެ ބްލެކްމެއިލް ކުރި" މައުލޫމާތު ދިން މީހާ ކިޔާދިނެވެ.

އެމީހާ ބުނެފައިވަނީ، އޭނާއަށް ހީވާ ގޮތުން މިއީ އެކަކު އެކަނި ކުރާ ކަމެއް ނޫން ކަމަށާއި މިކަމުގައި ބައިވަރު ބަޔަކު ޝާމިލުވާކަމަށް ޝައްކު ކުރެވޭ ކަމަށެވެ. އަދި އެއަންހެން މީހާގެ ފްރެންޑުލިސްޓުގައި ގިނަ އަދަދެއްގެ ދިވެހިން ހިމެނޭކަން ވެސް މައުލޫމާތު ދިން މީހާ ފާހަގަ ކޮށްފައިވެއެވެ.

މައުލޫމާތު ދިން މީހާ ބުނިގޮތުގައި އެއަންހެން މީހާއަށް ފައިސާ ހަވާލު ކުރަން ބުނީ ވެސްޓަން ޔޫނިއަން މެދުވެރިކޮށެވެ. އަދި މިހާރު އޭނާއަށް އެފައިސާ ފޮނުވާފައިވާ ކަމަށް ވެސް ބުންޏެވެ. އަންހެން މީހާއަށް ފައިސާ ފޮނުވީ ކޮން ނަމެއް ކިޔާ މީހަކަށްތޯ "މިއަދުނޫހުން" ސުވާލު ކުރުމުން އެމީހާ ބުނީ ފައިސާ ފޮނުވި މީހާގެ ނަން ނޫހުގައި ޖަހައިފިނަމަ، އެމީހާ އެވީޑިއޯތައް ލީކު ކޮށްލަފާނެކަމުގެ ބިރު އޮތުމާއިއެކު އެކަން ކުރެވެން ނެތް ކަމަށެވެ.

"އަސްލު ބޮޑަށް ބޭނުންވަނީ މިފަދަ މަޅީގަ އެހެން މީހުންވެސް ޖެހިދާނެތީ، އެމީހުން ސަލާމަތް ކުރަން. ވަރަށް ގިނައިން އެބައުޅޭތާ ދޯ މިކަހަލަ ފޭކް އައިޑީތައް. އެހެންވެ އަސްލު އެވެއާ ކުރަން ބޭނުންވަނީ. އެކަމަކު އެއްވެސް ހެއްކެއް ދެއްކެން ނެތީ މަޖުބޫރީ ހާލަތުން. މިއީ އެކަމަކު ހަމަ އަސްލުވެސް ހިނގާފައިވާ ކަމެއް ކަމަށް މާތް ﷲ ދެނެވޮޑިގެންވާނެ" މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

ބްލެކްމެއިލްކޮށް އަންހެން މީހާ އެދިފައިވަނީ 500 ޔޫއެސް ޑޮލަރު ދިނުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެކުރިންވެސް ފުލުހުން ވަނީ މިގޮތަށް ބަޔަކު ބްލެކްމެއިލް ކުރިމައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ