އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޓީއަށް އިނގިރޭސި ޕްރެމިއާ ލީގުގެ ބޮޑު ރެކޯޑެއް

ސިޓީއަށް އިނގިރޭސި ޕްރެމިއާ ލީގުގެ ބޮޑު ރެކޯޑެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު



އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ބްރައިޓަން އަތުން މެންޗެސްޓާ ސިޓީ މޮޅުވެ، އިނގިރޭސި ލީގުގެ ތާރީޚުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ރެކޯޑު މުގުރާލައިފިއެވެ.

މި ފަހަރުގެ އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ވެސް ކަށަވަރުކޮށްފައިވާ ސިޓީއިން ރޭ މެޗުން މޮޅުވެގެން ވަނީ 97 ޕޮއިންޓް ހަމަކޮށްފައެވެ. އެއާއެކު ސިޓީއިން ވަނީ 2005 ވަނަ އަަހަރުގެ ލީގުގައި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޗެލްސީން 95 ޕޮއިންޓް ހޯދައިގެން ހެދި ރެކޯޑް މުގުރާލައިފައެވެ. ލީގުގައި ސިޓީއަށް ބާކީ އަދި އެއް މެޗު އޮތްއިރު، އެ މެޗުން މޮޅުވެގެން ސިޓީއަށް 100 ޕޮއިންޓް ހަމަކުރުމުގެ ފުރުސަތު ވެސް އަދި އެބައޮތެވެ.

މެންޗެސްޓާ ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗުން ބްރައިޓަންގެ މައްޗަށް ސިޓީއިން ކުރިހޯދީ 1-3 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ސިޓީއިންނެވެ. ސިޓީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 16 ވަނަ މިނެޓުގައި ޑަނިލޯއެވެ. މެޗުގެ 20 ވަނަ މިނެޓުގައި ލެއޮނާޑޯ އުލޯގެ ލަނޑުން ބްރައިޓަނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް މެޗުގެ 34 ވަނަ މިނެޓުގައި ސިޓީގެ ތަރި ޑޭވިޑް ސިލްވާ ލަނޑެއް ޖަަހައި އަލުުން ސިޓީއަށް މެޗުގެ ލީޑު ހޯދައިދިނެވެ. ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 72 ވަނަ މިނެޓުގައި ފާނެންޑީނިއޯއެވެ.

ލީގުގައި ކުޅޭ ފަހު މެޗުގައި މެންޗެސްޓާ ސިޓީ ނުކުންނާނީ ސައުތެމްޓަނާ ދެކޮޅަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް