އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓޮޓެންހަމް ގަދަ ހަތަރެއް ކަށަވަރުކޮށްފި، ޗެލްސީ އިތުރު ހާސްކަމެއްގެ ތެރެއަށް

ޓޮޓެންހަމް ގަދަ ހަތަރެއް ކަށަވަރުކޮށްފި، ޗެލްސީ އިތުރު ހާސްކަމެއްގެ ތެރެއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު


އިނގިރޭސި ޕްރެމިއާ ލީގުގައި، ރޭ ނިއުކާސަލް ބަލިކޮށް ޓޮޓެންހަމްއިން ގަދަ ހަތަރެއް ކަށަވަރުކުރިއިރު، ޗެލްސީއާއި ހަޑާސްފީލްޑް ބައްދަލުކުރި މެޗު އެއްވަރުވެ ޗެލްސީ އިތުރު ހާސްކަމަކަށް ގޮސްފިއެވެ.
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލުގެ ތިންވަނައިގައި 74 ޕޮއިންޓާއެކުގައެވެ. ލީގުގައި ޓޮޓެންހަމަށް ބާކީ އެއް މެޗު އޮތްއިރު، އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ޓޮޓެންހަމަށް ގަދަ ހަތަރެއް މިހާރު ވަނީ ކަށަވަރުވެފައެވެ.

ގަދަ ހަތަރަކުން ޖާގަ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ޗެލްސީ އޮތީ ލީގު ތާވަލުގެ ފަސްވަނައިގައި 70 ޕޮއިންޓާއެކުގައެވެ. ޗެލްސީއަށް ވެސް ލީގުގައި ބާކީ އެއް މެޗު އޮތްއިރު، ގަދަ ހަތަރަކަށް ދިޔުމަށް ދެން އޮތީ ވަރަށް ހަނި ފުރުސަތެކެވެ. އެއީ ލީގުގައި ބާކީ އޮތް މެޗުން ޗެލްސީ މޮޅުވެ، ލީގުގެ ހަތަރުވަނައިގައި އޮތް ލިވަޕޫލް ކުޅޭ މެޗުން އެ ޓީމު ބަލިވެގެންނެވެ. ހަތަރުވަނައިގައި ލިވަޕޫލް އޮތީ 72 ޕޮއިންޓާއެކުގައެވެ.
ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުން ނިއުކާސަލްގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއިންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ޓޮޓެންހަމްގެ އިނގިރޭސި ސްޓައިކަރު ހެރީ ކޭންއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ހަޑާސްފީލްޑާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ 50 ވަނަ މިނެޓުގައި ލައުރެންޓް ޑިޕޮއިޓްރޭގެ ލަނޑުން ހަޑާސްފީލްޑް މެޗުގެ ލީޑު ނެގިއިރު، ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 62 ވަނަ މިނެޓުގައި މާކޯސް އެލޯންސޯ މެންޑޯޒާއެވެ.

ޔޫރަޕްގެ ކްލަބްތަކުގެ މެޗުގައި ކުޅެވޭ އެންމެ ޝަރަފުވެރި އެއް މުބާރާތްކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް އިނގިރޭސި ކްލަބްތަކުގެ ތެރެއިން ލިބެނީ އިނގިރޭސި ޕްރެމިއާ ލީގުގެ ގަދަ ހަތަރު ކްލަބަށެވެ. އެހެންވުމާއެކު، ޓޮޓެންހަމާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން މި ފަހަރުގެ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިފައެެވެ.
ލީގުގައި ޗެލްސީ ބައްދަލުކުރާ ފަހު މެޗުގައި އެ ޓީމު ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. ލިވަޕޫލް ނުކުންނާނީ ލިވަޕޫލް ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް