އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާސާ ބޮޑު ރެކޯޑަކާ ދިމާއަށް، ސެވިއްޔާ އަތުން ރެއާލް ބަލިވެއްޖެ

ބާސާ ބޮޑު ރެކޯޑަކާ ދިމާއަށް، ސެވިއްޔާ އަތުން ރެއާލް ބަލިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި ވިޔަރެއާލްއާ ބައްދަލުކުރި މެޗުން ބޮޑު ތަފާތަކުން މޮޅުވެ، ބަލިނުވެ ލީގު ނިންމާލުމުގެ ރެކޯޑާ ގާތަށް ބާސާ ޖެހިލައިފިއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވިޔަރެއާލްގެ މައްޗަށް ބާސާ ކުރިހޯދީ 1-5 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި ބާސެލޯނާއިން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ބާސާއަށް މެޗުގެ ލީޑު ނަގައިދިނީ ފިލިޕޭ ކުޓީނިއޯއެވެ. ބާސާގެ ދެވަނަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕައުލީނިއޯއެވެ. ފުރަތަމަ ހާފު ނިމެންދަނިކޮށް ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބާސާގެ ތަރި ލެއޮނަލް މެސީއެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 54 ވަނަ މިނެޓުގައި ނިކޮލާ ސަންސޯނޭ ވަނީ ވިޔަރެއާލަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މި ހާފުގައި ފެނިގެންދިޔަ ބާސާގެ ދެ ލަނޑު ވެސް ފަހު ފަސް މިނެޓު ތެރޭގައި ކާމިޔާބުކޮށްދިނީ އުސްމާނޭ ޑެމްބެލޭއެވެ.
މި މެޗުން މޮޅުވުމާއެކު، ބާސާ އޮތީ ލީގުގެ އެއްވަނައިގައި 90 ޕޮއިންޓާއެކުގައެވެ. ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބާސާ ބަލިވެފައިނުވާއިރު، ބާސާއަށް ލީގުގައި ބާކީ އޮތީ ދެ މެޗެވެ. ލީގު ޗެމްޕިއަންކަން ވެސް ކަށަވަރުކޮށްފައިވާ ބާސާއިން ދެން ކުޅޭ ދެ މެޗުން ބަލިނުވެ ފަރުޖައްސާލައިފިނަމަ، ބަލިނުވެ ލީގު ނިންމާލި ފުރަތަމަ ޓީމުގެ ރެކޯޑް ޤާއިމްކުރުމުގެ ފުރުސަތު އެބައޮތެވެ.

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ސެވިއްޔާ ރޭ ބައްދަލުކުރި މެޗުން ސެވިއްޔާ އަތުން ރެއާލް ބަލިވީ 2-3 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ތިން ލަނޑު ކާމިޔާބުކުރީ ވެސް ސެވިއްޔާއިންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި ސެވިއްޔާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ވިއްސާމް ބެން ޔެޑާއެވެ. ފުރަތަމަ ހާފު ނިމެންދަނިކޮށް ސެވިއްޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިގުއެލް ލަޔޫންއެވެ. މެޗުގެ 84 ވަނަ މިނެޓުގައި ސެވިއްޔާގެ ތިންވަނަ ލަނޑު ކާމިޔާބުވީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސްގެ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ރެއާލްގެ ބޯޔާ މަޔޮރަލްގެ ލަނޑުން ރެއާލްއިން މެޗުގެ ލީޑު ހަނިކުރިއިރު، މެޗުގައި ފެނިގެންދިޔަ ރެއާލްގެ ފަހު ލަނޑު ކެޕްޓަން ސާޖިއޯ ރާމޮސް ކާމިޔާބުކޮށްދިނީ މެޗު ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ.

މި މެޗުން ބަލިވެ، ރެއާލް އޮތީ ލީގުގެ ތިންވަނައިގައި 72 ޕޮއިންޓާއެކުގައެވެ. މި ސީޒަންގެ ލީގުގައި ދަށް ކުޅުމެއް ފެނިގެން އަންނަ ރެއާލްއަށް މި ސީޒަންގައި ކާމިޔާބުކުރެވެގެން އޮތީ ޗެމްޕިއަންސް ލީގު އެކަންޏެވެ. މިދިޔަ ދެ އަހަރުގެ ވެސް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ރެއާލް ފައިނަލުގައި ނުކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ. މި މެޗު އޮތީ މި މަހު 26 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް