އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގެ ކްރިކެޓްގެ މައި ޖަމިއްޔާގެ އޭޝިއާ މަންދޫބަކަށް މުހައްމަދު އަފުލާހް

ދުނިޔޭގެ ކްރިކެޓްގެ މައި ޖަމިއްޔާގެ އޭޝިއާ މަންދޫބަކަށް މުހައްމަދު އަފުލާހް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 38 ސިކުންތު

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ އޭޝިއާގެ ފަރާތުން ހުންނަވާ މަންދޫބުގެ މަޤާމަށް، ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފުލާހް އައްޔަންކޮށްފިއެވެ.

މިއީ އައިސީސީގެ މަޤާމަކަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

އައިސީސީގެ އެސޯސިއޭޓު މެންބަރަކަށް ވެސް ރާއްޖެ ވެފައިވަނީ ދާދި ފަހަކުންނެވެ. ރާއްޖެއިން މިދިޔަ މަހު ކުވެއިތުގައި ބޭއްވި އައިސީސީ 20-20 ވޯލްޑްކަޕް ކޮލިފައިންގައި ވާދަކުރުއިރު، އެއީ އައިސީސީގެ މުބާރާތެއްގައި ރާއްޖެ ބައިވެރިވި ފުރަތަމަ ފަހަރެވެ.

އައިސީސީގެ އޭޝިއާގެ ރިޖާނަލް ރެޕްރެޒެންޓޭޓިވްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އޭޝިއާގެ 21 އެސޯސިއޭޓް މެންބަރު ޤައުމަކަށް އޮތެވެ. އެ ގޮތުން، އެ މަޤާމަށް އަފުލާހް ހޮވިފައިވަނީ 80 އިންސައްތަ ވޯޓުންކަމަށް މައުލޫމާތު ލިބެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް