އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗެލްސީއަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލިއްޖެ

ޗެލްސީއަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު



އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެ، ޗެލްސީއަށް އަންނަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިއްޖެއެވެ.
ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމު އަތުން ޗެލްސީ ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ޗެލްސީގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު، ނިއުކާސަލްއިން ދިޔައީ ޗެލްސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ޗެލްސީގެ ގޯލާ އަމާޒުކޮށް ނިއުކާސަލްއިން ފޮނުވަމުން ދިޔަ ނުރައްކާތެރި ގިނަ ހަމަލާތައް ޗެލްސީގެ ގޯލްކީޕަރު ތިބައު ކޯޓުއާ ދިފާއު ކުރަމުން ދަނިކޮށް، މެޗުގެ 23 ވަނަ މިނެޓުގައި ނިއުކާސަލްގެ ވައިޓް ގޭލްގެ ހަމަލާ ކޯޓުއާއަށް ދިފައު ނުކުރެވި ވަނީ ގޯލްގެ ތެރެއަށް ވަދެގެން ގޮސްފައެވެ. ނިއުކާސަލްއިން މެޗުގެ ލީޑު ނެގުމަށް ފަހުގައި ވެސް ދިޔައީ ޗެލްސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު ވެސް ޗެލްސީއަށް ރަނގަޅު ކުޅުމެއް ދައްކާލެވޭ ގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޗެލްސީއިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެހެން ނަމަވެސް ޗެލްސީގެ ކުޅުންތެރިންނަށް ލިބުނު ފުރުސަތުތަކުގެ ނުހިފި އުޅެނިކޮށް، ނިއުކާސަލްއިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 59 ވަނަ މިނެޓުގައި ނިއުކާސަލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަޔޮޒީ ޕެރޭޒެވެ. މެޗުގެ 64 ވަނަ މިނެޓުގައި އަޔޮޒީ ޕެރޭޒް ވަނީ އިތުރު ލަނޑެއް ޖަހައި ނިއުކާސަލްއަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މެޗު ނިމިގެން ދިޔައީ ޗެލްސީއަށް ނިއުކާސަލްގެ ގޯލު ފޫއަޅުވާނުލެވިއެވެ.

ލީގުގެ ފަހު މެޗުން ބަލިވުމާއެކު، ޗެލްސީއިން މި ސީޒަންގެ ލީގު ނިންމާލީ 70 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސްވަނައިގައި އޮވެގެންނެވެ. ޔޫރަޕްގެ ކްލަބްތަކުގެ މެޗުގައި ކުޅެވޭ އެންމެ ޝަރަފުވެރި އެއް މުބާރާތްކަމަށްވާ، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބެނީ އިނގިރޭސި ކްލަބްތަކުގެ ތެރެއިން އިނގިރޭސި ޕްރެމިއާ ލީގުގެ ގަދަ ހަތަރު ޓީމަށެވެ. އިނގިރޭސި ޕްރެމިއާ ލީގުގެ ފަސްވަނައާއި ހަވަނައަށް ދާ ޓީމެއް ޔޫއެފާ ޔޫރޮޕާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބެއެވެ. އެހެންވެ އަންނަ ސީޒަންގައި ޗެލްސީ ވާދަކުރަން ޖެހޭނީ ޔޫއެފާ ޔޫރޮޕާ ލީގުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް