އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގަށް އަލިގަދަ 30 އަހަރު، ރައްޔިތުންނަށް އެންމެ ޒަމާންވީ ޚިދުމަތް ދިނުމުގައި އަދިވެސް ކުރިއަށް

ދިރާގަށް އަލިގަދަ 30 އަހަރު، ރައްޔިތުންނަށް އެންމެ ޒަމާންވީ ޚިދުމަތް ދިނުމުގައި އަދިވެސް ކުރިއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ދިވެހި ރާއްޖޭގައި އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތް ދިން ފަރާތް ކަމުގައިވާ ދިރާގަށް 30 އަހަރު ފުރިއްޖެއެވެ.

ދިރާގަށް 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި މިރޭ އެކުންފުނީގެ ހެޑް އޮފީސްވަނީ ރީތި ބޮކިތަކުން ދިއްލާލާފައި، ދިރާގަކީ އަލިގަދަ އަދި ރައްޔިތުންނަށް އެންމެ ޒަމާންވީ ޚިދުމަތް ދިނުމުގައި ވެސް ކުރިއަރަމުން އަންނަ ކުންފުންޏެއްކަން ހާމަ ކޮށްފައެވެ.



ދިރާގު ގެ ހެޑް އޮފީހުގައި އަލަށް ހަރުކުރެވުނު މިލައިޓުތައް އެންމެ ފުރަތަމަ ދިއްލާލާފައިވަނީ އެކުންފުނީގެ ޗެއާޕަރސަން މުޙައްމަދު އަޝްމަލީ އާއި ސީއީއޯ އިސްމާއިލް ރަޝީދު އެވެ.

ސުނާމީ ބިނާ ޕާކުގައި މިރޭ ބޭއްވުނު މިޚަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ ވިދާޅުވީ ދިރާގު ހެޑް އޮފީސް މިރޭ މިފަދަ އަލިގަދަ ގޮތަކަށް ދިއްލާލުމުގެ އެއް ބޭނުމަކީ ދިރާގުގެ 30 އަހަރު ފުރޭ ލޯގޯ ރަސްމީކޮށް އެންމެންނަށް ހާމަ ކުރުން ކަމުގައެވެ.

"މިލޯގޯއަކީ ދިރާގުގެ ހުރިހާ މުވައްޒަފުންތަކަށް ހުޅުވާލައިގެން ބޭއްވުނު މުބާރާތެއްގައި އެކި މުވައްޒަފުންތަށް ހުށަހެޅި ލޯގޯތަކުން ހޮވިފައިވާ ލޯގޯއެއް" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.



ދިރާގުން ފާއިތުވީ 30 އަހަރު ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް އަލިއަޅުވާލަމުން އެކުންފުނީގެ ޗެއާޕަރސަން މުޙައްމަދު އަޝްމަލީ ވިދާޅުވީ،ވޭތުވެދިޔަ އަހަރުތަކުގައި ދިރާގުން ރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްތަކަށް އެންމެ މުހިންމު ޝުކުރެއް ޙައްޤުވާ ފަރާތަކީ ދިރާގުގެ މުވައްޒަފުން ކަމަށެވެ.

"1 އޮކްޓޯބަރ 1988 އަކީ ޙަޤީޤަތުގައި ދިރާގު "ދިރާގު" ގެ ނަމުގައި ވުޖޫދަށް އައި އަހަރު. މިއަހަރަކީ ދިރާގަށް 30 އަހަރު ފުރިގެންދާނެ އަހަރު ކަމަށްވެފައި ވޭތުވެދިޔަ އަހަރުތަކުގައި ދިރާގަށް އެކި ފަންތީގައި ޚިދުމަތް ކޮށްދީފައިވާ އެންމެހާ ބޭފުޅުންނަށް އަޅުގަނޑުގެ ފަރާތުން ވަރަށް އިޚުލާސްތެރިކަމާއިއެކު އަދިވެސް އެއް ފަހަރު ޝުކުރު ދަންނަވަން" އަޝްމަލީ ވިދާޅުވިއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ