އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާދު ޖަލުގަ 100 ދުވަސް: ލޯބިވާ ދަރިފުޅާއެވެ! މި ބޮޑު ހިތްދަތިކަމުގައި 100 ދުވަސްވީއެވެ!....

ސިޔާދު ޖަލުގަ 100 ދުވަސް: ލޯބިވާ ދަރިފުޅާއެވެ! މި ބޮޑު ހިތްދަތިކަމުގައި 100 ދުވަސްވީއެވެ!....


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 32 ސިކުންތު

"ލޯބިވާ ދަރިފުޅާއެވެ! މި ބޮޑު ހިތްދަތިކަމުގައި 100 ދުވަސް ހޭދަވެގެން ދިއައީއެވެ! ކިތަންމެ ވަރަކަށްވެސް ދެރަވެއެވެ! ހިތާމަކުރަމެވެ! ދުޢާ ވެސް ކުރަމެވެ! ނަމަވެސް މާޔޫސް އެއް ނުވަމެވެ!"

މިއީ ހަމައެކަނި އިބްރާހީމް ސިޔާދު ޤާސިމްގެ ޢާއިލާގެ ބޭފުޅުންގެ އިޙްޞާޞްތަކެއް ނޫނެވެ. ސިޔާދު ދެކެ ހިތުގެ އެންމެ ފުންމިނުން ލޯބިވާ އެތައް ހާސް ބައެއްގެ އިޙްޞާޞްތަކެވެ.

މާދަމާ، މެއި މަހުގެ 17 ވަނަ ދުވަހަކީ ވިލާ ގްރޫޕުގެ ޒުވާން އެމްޑީ އިބްރާހީމް ސިޔާދު ޤާސިމް ޖަލު ބަންދުގައި ބަހައްޓާފައި ހުންނަތާ 100 ދުވަސް ހަމަވާ ދުވަހެވެ. އެކަމުގެ ހިތްދަތިކަން އެތައް ހާސް ބައަކު ގެންދަނީ އިޙްޞާޞްކުރަމުންނެވެ.



ސިޔާދު މުހިންމުވަނީ ހަމަ އެކަނި އޭނާގެ ލޭ ހިނގާ ޢާއިލީ މެންބަރުންނަކަށް ނޫނެވެ. ވިލާ ގްރޫޕުގައި މަސައްކަތްކުރާ 5000 މުވައްޒިފުންނަށްވެސް ސިޔާދު މުހިންމެވެ. ސިޔާދުގެ ބައްޕާފުޅު ޖުމްހޫރީ ޕާޓީގެ ލީޑަރު، ވިލާ ފައުންޑޭޝަނުގެ ބާނީ ޤާސިމް އިބްރާހީމްއަށް ތާއީދުކުރާ، އެމަނިކުފާނުދެކެ ހިތުގެ އަޑިން ލޯބިވާ ރާއްޖޭގެ 60،000 އަށްވުރެ ގިނަ ރައްޔިތުންގެ ބޮޑު ޢާއިލާއަށްވެސް ސިޔާދު ހަމަ އެހައިމެ މިހުންމެވެ. މިއެންމެންގެ ލޯތައް މިއަދު މިވަނީ ކަރުނައިން ތެމިފޯވެފައެވެ.

"ސިޔާދުއެވެ! ޖަލުގައި ކިތަންމެ ދުވަހަކު އޮންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް ސިޔާދުގެ މާތް ސިފަތަކާއި އުފާވެރި މިޒާޖުގެ މަތިން އަހަރެމެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.

ސިޔާދުއެވެ! ކެތްތެރިވާށެވެ! އަނިޔާވެރި ވެރިންގެ ބާރާ ނުފޫޒުގަ ޖަލަށް ލަނީ ހަމައެކަނި ކުށްވެރިންނެއް ނޫންކަން އެއީ ދުނިޔެ ފެށުނީންސުރެ ދައްކައިދެމުން އަންނަ ޙަޤީޤަތެކެވެ. އިސްލާމް ދީނަށް ބެލި ނަމަވެސް މިކަން އޮތީ ހަމަ މިގޮތަށް ފެންނާށެވެ. ނަބީ ބޭކަލުންނާއި ރަސޫލުބޭކަލުންގެ ސިޔަރަތުންވެސް މިކަން ފެނިގެންދެއެވެ. ޤައުމުތަކުގެ ތާރީޚަށް ބަލައިފިނަމަ ކޮންމެ ޤައުމީ ބަޠޮލަކީ ޖަލުގައި ދިގު މުއްދަތެއް ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ލީޑަރެއް ކަމަށް ބުނެވެން އެބައޮތެވެ. އެހައިވެސް ގިނަކަމުންނެވެ. ޤައުމަށް އަގުހުރި ޚިދުމަތްކުރާ އިޚްލާޞްތެރިންނަށް ބެލި ނަމަވެސް މިކަން އޮތީ ހަމަ މިގޮތަށެވެ.

ސިޔާދުއެވެ! ސިޔާދަކީ ޤައުމުގެ އިޤްޠިޞާދީ ކުރިއެރުމާއި ގުޅިލާމެހިފައިވާ މުހިންމު ވިޔަފާރިވެރި ޒުވާނެކެވެ. އެންމެ ޒުވާން އުމުރުގައި ވެސް ސިޔާދު ވަނީ ސިޔާދުގެ ޤާބިލުކަން ދައްކަވައި ދެއްވައިފައެވެ. ވިލާ ގްރޫޕުގެ ވިޔަފާރިތައް ހިންގުމަށް އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ދުވަސްތަކުގައި ސިޔާދު ވަނީ މުޅި ގްރޫޕުގެ ވިޔަފާރި ވަރަށް ފުރިހަމައަށް މެނޭޖް ކުރައްވައި އެކަން ދައްކަވައި ދެއްވައިފައެވެ.

އަޅުގަޑުމެން އެންމެންގެ ވެސް ދުޢާއަކީ މާތް ﷲ، ސިޔާދަށް ހިތްވަރާއި ސާބިތުކަން މިންވަރުކުރެއްވެވުމެވެ. ވީއެންމެ އަވަހަކަށް މިނިވަންވެވަޑައިގެން ހަމަ އަބަދުވެސް ދައްކަވާ ހިނިތުންވުން ދައްކަވައިލަދެއްވުމެވެ."

ސިޔާދު ބަންދުގައި ބަހައްޓަނީ ސިޔާދުގެ އެއްވެސް ކުށެއް އޮވެގެން ކަމަށް ގިނަ ބައަކަށް ޤަބޫލު ނުކުރެވޭއިރު ސިޔާދަށް ދައުލަތުން ތުހުމަތުކުރާ މައްސަލަތަކަކީ އުފައްދައިގެން އަޅުވާފައިވާ ދޮގު އިލްޒާމްތަކެއް ކަމުގެ ހެކިތައް ޤާނޫނީ ވަކީލުން ގެންދަނީ ދައްކައިދެމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް