އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިތުރު ޒަކާތް ބަލައިގަތުން އާދީއްތަ ދުވަހު ފަށަނީ

ފިތުރު ޒަކާތް ބަލައިގަތުން އާދީއްތަ ދުވަހު ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު



މި އަހަރު ވެސް މާލޭގައާއި އަތޮޅުތެރޭގެ ރަށްތަކުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށާއި ފިތުރު ޒަކާތް ބަލައިގަންނަނީ އަންނަ އާދީއްތަ ދުވަހުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރަމަޟާން މަހުގެ ފަސްވަނަ ދުވަހުން (އާދީއްތަ) ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެކަމަށާއި ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަންނަނީ އެ ރަށެއްގެ ކައުންސިލް އިދާރާއިން ކަމަށެވެ.
މާލޭގައި ފިތުރު ޒަކާތް ބަލައިގަންނާނީ އިސްލާމީ މަރުކަޒުންކަމަށާއި ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ (13 ޖޫން) ނިޔަލަށް މާލެއިން ފިތުރު ޒަކާތް ބަލައިގަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ހުޅުމާލެއިން ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުންނެވެ. ވިލިމާލެއިން ބަލައިގަންނަން ހަމަޖެހިފައިވަނީ ހައުސިން މިނިސްޓްރީގެ ވިލިމާލެ ޔުނިޓުންނެވެ. ވިލިމާލެއާއި ހުޅުމާލެއިން ޒަކާތް ބަލައިގަންނާނީ ރަމަޟާން މަހުގެ 26 ވަނަ ދުވަހުގެ (10 ޖޫން) ނިޔަލަށެވެ.

މާލެ، ހުޅުމާލެ، އަދި ވިލިމާލެއިން ވެސް ޒަކާތް ބަލައިގަންނާނީ ހެނދުނު 10:30 އިން މެންދުރުފަހު 13:00 ގެ ނިޔަލަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، އެސްއެމްއެސް މެދުވެރިކޮށް ދިރާގާއި އޫރިދޫއިން ވެސް ފިތުރު ޒަކާތް ބަލައިގަންނާނެކަމަށެވެ. އަދި އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންވާނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލުގެ އަގަށްވާ މިންވަރެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް