އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެފްއޭކަޕް ކާމިޔާބުކުރިޔަސް ވަޒީފާއިން ވަކިކުރުމުގެ ބިރު އެބައޮތް: ކޮންޓޭ

އެފްއޭކަޕް ކާމިޔާބުކުރިޔަސް ވަޒީފާއިން ވަކިކުރުމުގެ ބިރު އެބައޮތް: ކޮންޓޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

އިނގިރޭސި އެފްއޭކަޕް ކާމިޔާބުކުރިޔަސް ކޯޗުކަމުގެ ވަޒީފާއިން ވަކިކުރުމުގެ ބިރު އެބައޮތްކަމަށް ޗެލްސީގެ ކޯޗުކަމާ ހަވާލުވެ ހުރި އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

އިނގިރޭސި އެފްއޭކަޕް ފައިނަލް މެޗުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނުކުންނައިރު، އެ ޓީމަށާއި ޔުނައިޓެޑަށް ވެސް މި ސީޒަންގައި ކާމިޔާބުކުރެވެން އޮތް ހަމައެކަނި މުބާރާތަކީ ވެސް އެފްއޭކަޕެވެ.

ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ ހުސްއަތާ ސީޒަން ނިންމާލަން ބޭނުންނޫންކަމަށާއި އެފްއޭކަޕް ކާމިޔާބުކުރުން ވަރަށް މުހިންމު ކަމަށެވެ. އެފްއޭކަޕް ކާމިޔާކޮށްގެން ވެސް އޭނާ ކޯޗުކަމުގެ ވަޒީފާއިން ވަކިކުރުމަކީ އެކަށީގެންވާކަމެއް ކަމަށް ކޮންޓޭ ބުންޏެވެ.

"ކޯޗުންގެ ވަޒީފައަކީ އުނގަދޫ ވަޒީފާއެއް.. ބައެއް ފަހަރު މޮޅުވިޔަސް ކްލަބުން ނިންމާފާނެ ވަކިކުރާން.. އޭގެ ފަހަތުގައި އެތައް ސަބަބެއް ވެސް އޮވޭ.. އެހެންވިޔަސް މި ވަގުތު އެކަންކަމަށް ވިސްނަން ބޭނުމެއް ނޫން.. މި ވަގުތުގެ ހުރިހާ ވެސް އަމާޒަކީ އެފްއޭކަޕް.." ކޮންޓޭ ބުންޏެވެ.

ޗެލްސީގެ ކޯޗުކަމާ ހަވާލުވެ މިއީ ކޮންޓޭ އެ ޓީމަށް އިރުޝާދު ދެމުންދާ ދެވަނަ ސީޒަނެވެ. ފުރަތަމަ ސީޒަންގައި ކޮންޓޭގެ އިރުޝާދުގެ ދަށުން ޗެސްލީއިން އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބުކުރި ނަމަވެސް މި ސީޒަން ޗެލްސީން ނިންމާލީ ލީގުގެ ފަސްވަނައިގައި އޮވެގެންނެވެ. އެހެންވުމާއެކު ޗެލްސީއަށް ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައެވެ. އަންނަ ސީޒަންގައި ޗެލްސީއަށް ވާދަކުރަންޖެހޭނީ ޔޫރޮޕާ ލީގުގައެވެ.

ކޮންޓޭއާއެކު ޗެލްސީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް ނަމަވެސް އެ އެއްބަސްވުން އޮވާލުމުގެ އިޚުތިޔާރު ޗެލްސީގެ ވެރިޔާ އަދި ރަޝިޔާގެ ބިލިޔަނަރު ރޯމަން އަބްރޮހިމަޗްގެ އަތުގައިވެއެވެ.

ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅޭ އެފްއޭކަޕް ފައިނަލް މެޗު މިރޭ ފަށާނީ ރާއްޖެ ގަޑިން 21:15 ގައެވެ.




ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް