އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަޔާން ބަލިކޮށް ފްރެންކްފާޓުން ޖަރުމަން ކަޕް ކާމިޔާބުކޮށްފި

ބަޔާން ބަލިކޮށް ފްރެންކްފާޓުން ޖަރުމަން ކަޕް ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ޖަރުމަން ކަޕް ފައިނަލުގައި ވަރަގަދަ ބަޔާން މިއުނިކް ބަލިކުރުމަށްފަހު ފްރެންކްފާޓުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޖަރުމަންގެ ވެރިރަށް ބާންލީގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ބަޔާންގެ މައްޗަށް ފްރެންކްފާޓުން ކުރިހޯދީ 1-3 ގެ ނަތީޖާއިންނެވެ.

މި މެޗު ފަށައިގެން ވެސް ފްރެންކްފާޓުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ގޮތުން، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ފްރެންކްފާޓުންނެވެ. ފްރެންކްފާޓަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 11 ވަނަ މިނެޓުގައި އެންޓޭ ރެބިޗެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިން ފްރެންކްފާޓް ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ނަތީޖާ ހަމަހަމަކުރުމަށް ބަޔާންއިން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 53 ވަނަ މިނެޓުގައި ބަޔާންގެ ޓޮޕް ސްޓައިކަރު ރޮބާޓް ލެވަންޑޮސްކީގެ ލަނޑުން ބަޔާންއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ލެވަންޑޮސްކީގެ ލަނޑަށްފަހުގައި ވެސް ކުޅުން ވަރުގަދަކުރި ބަޔާނަށް ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން، ލެވަންޑޮސްކީ ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު، ބަޔާންގެ ޑިފެންޑަރު މެޓްސް ހުމެލްސް ފޮނުވާލި ހަމަލާއެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ ނަތީޖާ ބަދަލުކުރުމަށް ބަޔާންއިން މަސައްކަތްކުރަމުން ދަނިކޮށް، މެޗުގެ 82 ވަނަ މިނެޓުގައި ފްރެންކްފާޓުން ލަނޑެއް ޖަހައި މެޗުގެ ލީޑު އަލުން ނެގިއެވެ. މި ލަނޑު ވެސް ފްރެންކްފާޓަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ރެބިޗެވެ. ރޭގެ މެޗުގައި އޭނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗު ނިމެން ދަނިކޮށް، ފްރެންކްފާޓުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މިޖަތް ގަސިނޮވިޗެވެ.

މިއީ 1988 ވަނަ އަހަރަށް ފަހުގައި ފްރެންކްފާޓުން ޖަރުމަން ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ފްރެންކްފާޓުން ޖަރުމަން ކަޕް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. 18 ފަހަރު މަތިން ޖަރުމަން ކަޕް ކާމިޔާބުކޮށްފައިވާ، ޖަރުމަންގައި އެންމެ ކާމިޔާބު ޓީމު ބަޔާނަށް މި ފަހަރު ޖަރުމަން ކަޕް ކާމިޔާބު ނުކުރެވުނު ނަމަވެސް ބަޔާންއިން ވަނީ މި ފަހަރު ވެސް ޖަރުމަން ލީގު ކާމިޔާބުކޮށްފައެވެ.
މިއީ ފްރެންކްފާޓުގެ ކޯޗު ނިއޯ ކޮވަޗް އެ ޓީމަށް އިރުޝާދު ދިން ފަހު މެޗެވެ. އަންނަ ސީޒަންގައި އޭނާ ފެންނާނީ ފައިނަލް މެޗުގައި އޭނާގެ އިރުޝާދުގެ ދަށުން ފްރެންކްފާޓް ބަލިކުރި ބަޔާންއާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް