އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ރެސިޕީ: ބަޓަރ ޗިކަން

މިއަދުގެ ރެސިޕީ: ބަޓަރ ޗިކަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ބޭނުންވާނެ ތަކެތި:

• ކަށިނެތް ކުކުޅު (ބޯންލެސް ޗިކަން)
• ލޮނު
• މުގުރި އަސޭމިރުސް
• ތެޅިމިރުސް
• ½ ސައިސަމުސާ ރީނދޫ
• ބަޓަރ
• 2 ބޮޑު ފިޔާ (ކޮށާފައި)
• 3 ސައިސަމުސާ ގަރަމް މަސާލާ
• 1 ސައިސަމުސާ ދިރި
• 1 ސައިސަމުސާ ރަތް މިރުސް ޕައުޑަރ
• 1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފަ)
• 3 ލޮނުމެދު (ކޮށާފަ)
• 1 ފޮނި ތޮށި
• 14 އައުންސް ޓޮމާޓޯ ސޯސް
• 1 ޖޯޑު ފެން
• 1 ޖޯޑު ހެވީ ކްރީމް ނުވަތަ ބޯކިރު

ތައްޔާރު ކުރާނެގޮތް:

• އެންމެ ފުރަތަމަ ތައްޓަކަށް ކަށިނެތް ކުކުޅުކޮޅު އެޅުމަށްފަހު އޭގެ މައްޗަށް ކުޑަ ލޮނުކޮޅަކާއި، އަސޭމިރުސް ކޮޅެއް އަދި 1 ސައިސަމުސާ ތެޅިމިރުހާއި، ރީނދޫ އެޅުމަށްފަހު ހުރިހާއެއްޗެއް ރަނގަޅަށް ކުކުޅުކޮޅުގައި ހޭކޭވަރަށް އެއްކޮށްލާށެވެ.
• ދެން އުނދުން މައްޗަށް ތަވާއެއް އުދުމަށްފަހު 2 މޭޒުމަތީ ސަމުސާ ބަޓަރ ތަވާއަށް އަޅާށެވެ. އަދި އެއަށްފަހު ބަޓަރ ކޮޅު ތެރެއަށް ކުރިން ތައްޔާރުކުރި ކުކުޅުކޮޅު އެޅުމަށްފަހު ރޯފިލާވަރަށް ފިހެލާށެވެ.
• ކުކުޅުކޮޅު ފިހެވުމުން ތަވާއިން ކުކުޅުކޮޅު ނެގުމަށްފަހު އަނެއްކާވެސް ތަވާތެރެއަށް 2 މޭޒުމަތީ ސަމުސާ ބަޓަރ އަޅާށެވެ. އަދި ބަޓަރުކޮޅު ވިރުމުން އޭގެ ތެރެއަށް ކޮށާފައިހުރި ފިޔާކޮޅާއި ގަރަމް މަސާލާކޮޅާއި އަދި 1 ސައިސަމުސާ ތެޅިމިރުސް އަޅާށެވެ. އެއަށްފަހު ދިރިކޮޅަކާއި ރަތް މިރުސް ޕައުޑާކޮޅު އަދި ގާނާފައިހުރި އިނގުރުކޮޅާއި ލޮނުމެދުކޮޅު ވެސް އަޅާށެވެ. އަދި ފޮނި ތޮއްޓާއި ލޮނުކޮޅަކާއި އަސޭމިރުސް އެޅުމަށްފަހު ފިޔާކޮޅު ރޯފިލަންދެން އެއްކޮށްލާށެވެ.
• ފިޔާކޮޅު ރަތްވުމުން އޭގެތެރެއަށް ޓޮމާޓޯސޯސްކޮޅު އަޅާލާށެވެ. ރަނގަޅަށް ބޮކިޖަހާވަރަށް ކެކުމުން ފެން ފޮދު އަޅާލާށެވެ.
• ދެން ސޯސްގަނޑު ރަނގަޅަށް ކެކުމުން އޭގެ ތެރެއަށް 1 ޖޯޑު ހެވީ ކްރީމް އަޅާލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު ކެކުމުން، ކުރިން ރޯފިލާވަރަށް ފިހެފައިހުރި ކުކުޅުކޮޅު އޭގެ ތެރެއަށް އަޅާލާށެވެ.
• 15-10 މިނެޓަށް ތަންކޮޅެއް މަޑު ގިނީގައި ކައްކާލުމަށްފަހު އޭގެ ތެރެއަށް އަނެއްކާވެސް 2 މޭޒުމަތީ ސަމުސާ ބަޓަރ އަޅާލާށެވެ. އެއިރުން ބަަޓަރ ޗިކަން ތައްޔާރުވީއެވެ.

ބަޓަރ ޗިކަން އަކީ ބަތް، ރޮށި، ފަރާޓާ، ނުވަތަ ނާނާއިއެކު ކާލެވޭ މީރު ސައިޑް ޑިޝް އެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ