އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޑްވާންސްޑް ޗައިލްޑް އިންޓަވިއުއިން ޓެކްނީކްސް ކޯހުގެ ހަތަރުވަނަ ބުރު ނިންމާލައިފި

އެޑްވާންސްޑް ޗައިލްޑް އިންޓަވިއުއިން ޓެކްނީކްސް ކޯހުގެ ހަތަރުވަނަ ބުރު ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ފުލުހުންގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓު ސްޓަޑީޒް (އައިލްސް) އާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަން ފަންޑް (ޔުނިސެފް) ގުޅިގެން ހިންގި އެޑްވާންސްޑް ޗައިލްޑް އިންޓަވިއުއިން ޓެކްނީކްސް ކޯހުގެ ހަތަރުވަނަ ބުރު ނިންމައި ކޯސްފުރިހަމަކުރި ބައިވެރިންނަށް ލިޔުން ދީފިއެވެ.

މިދިޔަ އަންގާރަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެއްވައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ލިޔުން ހަވާލުކޮށްދެއްވީ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރުއެވެ.

މި ކޯހަކީ ފުލުހުންގެ މުޢައްސަސާގައި ތަޙްޤީޤްކުރަމުންދާ ފުލުހުންގެ ތެރެއިން ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ތަޙުޤީޤުކުރާ ފުލުހުންނަށް އަމާޒުކޮށްގެން ހިންގި ކޯހެކެވެ. އަދި މިއީ އޮސްޓްރޭލިއާގެ ކީޑަން ޔުނިވާސިޓީއާއި ގުޅިގެން އެ ޔުނިވާސިޓީގެ ކަމާބެހޭ ތަޖުރިބާ ލިބިފައިވާ ލެކްޗަރަރއިންގެ އެހީތެރިކަމާއެކު ފުލުހުންގެ ތެރެއިން މުވައްޒަފުން ތަމްރީނު ކުރުމަށްފަހު ފުލުހުން މެދުވެރިކޮށް ހިންގާފައިވާ ކޯހެކެވެ.

އެެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 16 މުވައްޒަފަކު ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވާއިރު، މި ކޯހުގައި ހެދިބަޮޑުވަމުން އަންނަ އެކިފުރާވަރުގެ ކުދިންނާއި ސުވާލު ކުރާނެ ތަފާތު ހުނަރުތައް ދަސްކޮށްދީ އިންޓަވިއު ތަކުގައި ހެދޭ ގޯސްތަކާއި އެކަން ހައްލުކުރުމަށް ދަސްކޮށްދީފައިވެއެވެ. އަދި ކުޑަކުދިންނާ ގުޅުންހުރި އެކި އެކި މައްސަލަތަކުގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަސަރުކޮށްފައިވާ ކުދިންނާ އިންޓަވިއުކޮށް މައްސަލަ ތަޙްޤީޤް ކުރާނެ ގޮތްތައްވެސް ކިޔަވައިދީފައިވެއެވެ.

މި ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިސްވެރިންނާއި އައިލްސް އެކި ފެކަލްޓީތަކުގެ ވެރިންނާއި ކޯހުގެ ބައިވެރިން ބައިވެރިވެފައިވެއެވެ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު