އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިލްސްއިން ހިންގި ސެޓިފައިޑް ޓްރެއިނަރސް ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި

އައިލްސްއިން ހިންގި ސެޓިފައިޑް ޓްރެއިނަރސް ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

އިންޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ ފެކަލްޓީ އޮފް ލީޑަޝިޕް އެންޑް މެނޭޖްމަން އިން ހިންގި ސެޓިފައިޑް ޓްރެއިނަރސް ޕްރޮގްރާމް ނިންމައި، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުންދީފިއެވެ.

އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

މެއި މަހުގެ 6 ން 15 އަށް އައިލްސް ހިންގި ސެޓިފައިޑް ޓްރެއިނަރ ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކި ކޯސްތަކުގައި މުދައްރިބުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާއި އަދި މިހާރުވެސް މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހުނަރު އިތުރުކޮށް ކުރިއެރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކި ޑިޕާޓްމަންޓްތައް ހިމެނޭގޮތަށް ޖުމްލަ 24 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި މުވައްޒަފުންގެ ތެރޭގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ތިން މުވައްޒަފަކާއި ސްޓްރެޓީޖިކް ޑިޕާޓްމަންޓްގެ ދެ މުވައްޒަފަކާއި މާލެ ސިޓީ ޕޮލިސްގެ މުވައްޒަފަކާއި ކޮމާންޑް ސެންޓަރގެ ދެ މުވައްޒަފަކާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ތިން މުވައްޒަފަކާއި ފޮރެންސިކް ސާރވިސަސް ޑައިރެކްޓަރޭޓްގެ ފަސް މުވައްޒަފަކާއި ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ މުވައްޒަފަކާއި ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ މުވައްޒަފަކާއި ޕޮލިސް އެކެޑަމީގެ ދެ މުވައްޒަފަކާއި އައިލްސްގެ މުވައްޒަފަކާއި އިންސްޓަލޭޝަން ސެކިއުރިޓީ ޑިޕާޓްމަންޓްގެ މުވައްޒަފަކާއި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑްގެ މުވައްޒަފަކާއި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ މުވައްޒަފަކެވެ.

ސެޓިފައިޑް ޓްރެއިނަރ ތަމްރީން ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި އައިލްސްގެ ވެރިންނާއި ފެކަލްޓީތަކުގެ އިސްވެރިންގެ އިތުރުން ތަމްރީނު ޕްރޮގްރާމުގެ އެސެސަރ އެއްގެގޮތުން ޙަރަކާތްތެރި ވެދެއްވި މާފަންނު މަދުރަސާގެ ޕްރިންސިޕަލް އަރުޝަދުޝަރީފް އަދި ކޯހުގެ ލެކްޗަރަރ އެއްގެ ގޮތުން ހަރަކާތެރި ވެދެއްވި ވިލާ ހައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު ނިހާން ބައިވެރިވެލެއެވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު