އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާގެ ސްޓޭޓް ބޭންކަށް ރެކޯޑު އަދަދެއްގެ ގެއްލުމެއް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާގެ ސްޓޭޓް ބޭންކަށް ރެކޯޑު އަދަދެއްގެ ގެއްލުމެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރި ވިޔަފާރިން، ދުވަހަކުވެސް އެ ބޭންކަށް ގެއްލުންނުވާ ރެކޯޑު އަދަދަކަށް ގެއްލުންވެއްޖެއެވެ.

އެސްބީއައިގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުންނަމަ، އެ ބޭންކަށް މި އަަހަރުގެ ފުރަތަމަ ކުއާޓަރުގެ ވިޔަފާރިން ވަނީ 1.1 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައެވެ. އަދި މިއީ ކުއާޓަރެއްގެ ތެރޭގައި އެ ބޭންކަށް ކުރި ވިޔަފާރިން ގެއްލުންވި އެންމެ ބޮޑު އަދަދުކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

އެސްބީއައިގެ މާލީ ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 2.9 ބިލިއަން ޑޮލަރުކަމަށެވެ. ނަމަވެސް ކަސްޓަމަރުންނަށް ނުދެއްކޭނެކަން ކަށަވަރުވެފައިވާ "ބޭޑް ލޯން" ގެ އަދަދު 3.5 ބިލިއަން ޑޮލަރަށް އަރައެވެ. ބޭންކުގެ ވިޔަފާރިން ބޮޑު ގެއްލުމެއް ލިބުނުކަމަށް ބޮޑަށް ބެލެވެނީ ބޭންކުގެ "ބޭޑް ލޯން" އަދަދު ގިނަވެގެން ދިޔުމެވެ.

އެސްބީއައިއަށް ރެކޯޑް އަދަދެއްގެ ގެއްލުންވެފައިވާކަން ހާމަކޮށްފައި މިވަނީ، ވަރަށް ފަހުން އެ ބޭންކުގެ ބައެއް ޤަވާއިދުތަކާއި ސިޔާސަތުތަކަށް ބަދަލުތަކެއް ގެނެސްފައިވަނިކޮށެވެ.

އެސްބީއައި ބޭންކުގެ ހަތަރު ބްރާންޗެއް ރާއްޖޭގައި ވެސް ހުރެއެވެ. އެއީ ވެރިރަށް މާލޭގައާއި ހުޅުމާލޭގެ އިތުރުން އދ.މާމިނގިލިއާއި ސ.ހިތަދޫގައެވެ. އަދި އެސްބީއައިއިން ރާއްޖޭގައި މިދިޔަ އަހަރު ކުރި ވިޔަފާރިން ލިބުނު ފައިދާގެ މިންވަރު ވަނީ ދަށްވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް