އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޮރާޓާއާއި ފެބްރެގަސް ނެތި ސްޕެއިންގެ ސްކޮޑް އިއުލާންކޮށްފި

މޮރާޓާއާއި ފެބްރެގަސް ނެތި ސްޕެއިންގެ ސްކޮޑް އިއުލާންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

އަންނަ ޖޫން މަހު ރަޝިއާގައި ފަށާ ފީފާ ވޯޅލްޑް ކަޕް މުބާރާތުގައި ވާދަކުރާ ސްޕެއިން ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑް އިއުލާންކޮށްފިއެވެ.

މި އަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ފެވަރިޓުންގެ ގޮތުގައި ފާހަގަކުރެވޭ ސްޕެއިންގެ ސްކޮޑަށް ގިނަ ބަޔަކު އިންތިޒާރުކޮށްފައިވާއިރު، އިއުލާންކުރި ސްކޮޑްގައި މި ފަހަރު ވެސް ހިމެނެނީ ހުނަރުވެރި ތަރިންގެ ނަންތަކެވެ.

ހަމަ އެގޮތަށް ސްޕެއިނަށް ނިސްބަތްވާ ބައެއް ބޮޑެތި ތަރިންގެ ނަންތައް މި ފަހަރު ވެސް ސްކޮޑުން އުނިވެފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ބޮޑަށް ފާހަގަކޮށްލެވެނީ ޗެލްސީއަށް ކުޅެމުން އަންނަ ފޯވާޑް އަލްވާރޯ މޮރާޓާއާއި މިޑްފިލްޑަރު ސެސް ފެބްރެގަސްއެވެ. މި ދެ ކުޅުންތެރިންނަކީ އެންމެ ފަހުން ބޭއްވި ޔޫރޯ މުބާރާތުގައި ސްޕެއިންގެ ސްކޮޑްގައި ހިމެނުނު ދެ ކުޅުންތެރިންނެވެ.

ސްޕެއިންގެ ކޯޗު ހޫލެން ލޮޕެޓިގޫ އިއުލާންކުރި ސްކޮޑްގައި ޗެލްސީއަށް ކުޅެމުން އަންނަ މާކަސް އެލޯންސޯއާއި އާސެނަލްއަށް ކުޅެމުން އަންނަ ޒުވާން އުންމީދީ ޑިފެންޑަރު ހެކްޓާ ބެލާރިން ވެސް ނުހިމެނެއެވެ. އަދި ބާސެލޯނާގައި ގިނަ މަޤާމްތަކަށް ކުޅެމުން އަންނަ ހުނަރުވެރި ސާޖިއޯ ރޮބާޓޯގެ ނަން ވެސް ސްކޮޑްގައި ނުހިމެނެއެވެ.

ވޯލްޑްކަޕްގައި ސްޕެއިން ހިމެނޭ ގްރޫޕް ބީގައި ދެން ހިމެނެނީ އިރާން، މޮރޮކޯ، އަދި ޕޯޗުގަލެވެ. ވޯލްޑްކަޕްގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ޖޫން މަހު 15 ދުވަހު ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.

ސްޕެއިންގެ ވޯލްޑްކަޕް ސްކޮޑް:

ގޯލްކީޕަރުން:

ޑޭވިޑް ޑަހެއާ (މެންޗެސްޓާ ޔުނައިޓެޑް)، ޕެޕޭ ރޭނާ (ނަޕޯލީ)، ކެޕާ އަރިޒަބަލާގާ (އެތްލެޓިކޯ ބިލްބާއޯ)

ޑިފެންޑަރުން:

ޖޯޑީ އަލްބާ (ބާސެލޯނާ)، ސާޖިއޯ ރާމޮސް (ރެއާލް މެޑްރިޑް)، ޖެރާޑް ޕީކޭ (ބާސެލޯނާ)، ޑެނީ ކަވާހަލް (ރެއާލް މެޑްރިޑް)، ސީޒާ އަޒްޕްލިކުއެޓާ (ޗެލްސީ)، ނަޗޯ މޮންރެއާލް (އާސެނަލް)، ނަޗޯ ފަނޭންޑޭޒް (ރެއާލް މެޑްރިޑް)، އަލްވާރޯ އޮޑްޑިއަޒޯލާ (ރެއާލް ސޮސައިޑޭޑް)

މިޑްފިލްޑަރުން:

ތިއާގޯ އަލްސަންޓްރާ (ބަޔާން މިއުނިކް)، ކޮކޭ (އެތްލެޓިކޯ މެޑްރިޑް)، ސައުލް ނިގުއޭޒް (އެތްލެޓިކޯ މެޑްރިޑް)، ޑޭވިޑް ސިލްވާ (މެންޗެސްޓާ ސިޓީ)، އަންދްރޭސް އިނިއެސްޓާ (ބާސެލޯނާ)، އިސްކޯ (ރެއާލް މެޑްރިޑް)، މާކޯ އަސެންސިއޯ (ރެއާލް މެޑްރިޑް)، ލޫކަސް ވަޒްކުއޭޒް (ރެއާލް މެޑްރިޑް)، ސާޖިއޯ ބުސްކެޓް (ބާސެލޯނާ)

ފޯވާޑުން:

ޑިއޭގޯ ކޯސްޓާ (އެތްލެޓިކޯ މެޑްރިޑް)، އިއާގޯ އަސްޕާސް (ސެލްޓާ ވިގޯ)، ރޮޑްރިގޯ މޮރޭނޯ (ވެލެންސިއާ)


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް