އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހަކީ ނިކަމެތި ޙާލުގައި ތިބި ކުޑަކުދިންގެ މަތިން ހަނދާންކުރާ މަހަކަށް ހަދަމާތޯއެވެ!

ރަމަޟާން މަހަކީ ނިކަމެތި ޙާލުގައި ތިބި ކުޑަކުދިންގެ މަތިން ހަނދާންކުރާ މަހަކަށް ހަދަމާތޯއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ރަމަޟާން މަހަކީ ނިކަމެތި ހާލުގައި ތިބޭ މީހުންގެ މަތިން ހަނދާންކޮށް އެހީތެރިވުމުގެ މަހެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި ބަލިމީހުންނާއި އުމުރުން ދުވަސްވީ މީހުންގެ މަތިން ހަނދާންކޮށް އެހީތެރިވުން ވަރަށް މުހިންމު މަހެކެވެ.

މިދިއަ އަހަރު ލިޔަންޖެހުނީ މިދިއަ ރޯދަމަހަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ތަފާތު ސަބަބުތަކާއިހުރެ ހާލުގައި ޖެހިފައި ތިބި މީހުންގެ އަދަދު އެންމެ ގިނަ ރޯދަމަސް ކަމަށެވެ. މިއަހަރުގެ ރޯދަ މަސް އައުމުން ލިޔަން މިޖެހެނީ މިއަހަރަކީ އެންމެ ގިނަ އަދަދެއްގެ މުސްލިމުން ހާލުގައި ޖެހިފައި ތިބި ރޯދަ މަސް ކަމަށެވެ.

މައްސަލަތައް އުފެދިގެން އުޅޭ އެއްވެސް ޤައުމެއްގައި އުފެދިފައިވާ އެއްވެސް މައްސަލައެއް ޙައްލެއް ނުވެއެވެ. ދަނީ ދުވަހުން ދުވަހަށް އިތުރަށް ގޯސްވަމުންނެވެ. ޙާލުގައި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންނެވެ. ބޯހިޔާވަހިކަން ގެއްލޭ މީހުންެގެ އަދަދު ދަނީ އިތުރުވަމުންނެވެ. ހަނގުރާމަތަކުގެ ސަބަބުން ޙާލުގައި ރިފިޔުޖީންނަށް ވަމުންދާ މީހުންގެ އަދަދު މިދަނީ އިތުރުވަމުންނެވެ.

މެދުއިރުމަތި އޮތީ ހަނގުރާމައިގެ ހާއްޔެއް ފަދައިންނެވެ. ބިރުވެރިކަމާއި ނާމާންކަމުން ފުރިފައެވެ. ނަތީޖާއެއްގެ ގޮތުން އެތައް މިލިއަން ބައަކު ތިބީ ރިފިޔުޖީންނަށް ވެފައެވެ.

ބައެއް ޤައުމުތަކުގައި ކޮލެރާ ފަދަ ނުރައްކާތެރި ބަލިތައް ފެތުރެމުންދަނީއެވެ. ދޭނެ ފަރުވާއެއް ނެތެވެ. ފަރުވާ ދޭނެ ބައަކު ނެތެވެ. ރިފިޔުޖީ ކޭންޕުތަކުގައި ވެސް ބަލިމަޑުކަން ފެތުރެނީއެވެ. ކާނެ ބޯނެ އެއްވެސް އެއްޗެއް ނެތެވެ. އެންމެ ކުޑަމިނުން ބޯފެން ފޮދެއްވެސް ލިބެނީ ހަމަ ކިރިޔާ ކަރު ތެންމައިލެވޭ ވަރަށެވެ.

ބޯހިޔާކޮށްލަން ވަންނާނެ ކޭންޕެއް ނެތިގެން ގަދަ ފިނީގައި ނިދާގޯނީގައި ނިދަން އެތައް މިލިއަން ބައަކަށް ވަނީ ޖެހިފައެވެ. ގޯނިގަނޑެއްވެސް ނުލިބި އެތައް މިލިއަން ބައަކު އެބަތިއްބެވެ!

އެފްރިކާގެ ބައެއް ޤައުމުތަކަށް ބަލައިފިނަމަ ހަނަފަސްކަން ބޮޑުވެ ދަނޑުބިންތައް ވަނީ ހަލާކުވެގެން ގޮސްފައެވެ. އެތައް މިލިއަން ބައަކު ވަނީ ބަނޑަށް ޖެހިފައެވެ.

ރޯދަމަހު ރޯދަ ހިފަމުންދާއިރު މިކަންކަމަށް ވިސްނައިލުން ރަނގަޅެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށްޓަކައި އެންމެ ކުޑަމިނުން ހެޔޮ ދުޢާއެއް ކޮށްލުން ކީއްތޯއެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް