އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރިއުޅޭ ގެއިން ޝާއިޠާނާ ފައްސާލައި ކާތަކެތި ޝައިޠާނާގެ ކިބައިން ސަލާމަތްކުރަން ބޭނުންތަ؟

ދިރިއުޅޭ ގެއިން ޝާއިޠާނާ ފައްސާލައި ކާތަކެތި ޝައިޠާނާގެ ކިބައިން ސަލާމަތްކުރަން ބޭނުންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

"ގެއަށް ވަންނައިރު ﷲ ތަޢާލާ ހަނދާން ނުކޮށްފިނަމަ ޝައިޠާނާ ބުނާނެތެވެ. ތިއަބައިމީހުން މިރޭ ތިބޭނެ ތަނެއް ހަމަޖެހުނީއެވެ. އެކަން ގޭގެ ވެރިމީހާ ހަމަޖައްސައިދީފިއެވެ. ކައުމުގައި މާތް ﷲ ގެ މަތިން ހަނދުމަނުކޮށްފިނަމަ ކޮއްތުވެސް ހަމަޖެހިގެން ދިއައީ ކަމަށް ޝައިޠާނާ ބުނާނެއެވެ."

"މީހާ އޭނާގެ ގެއަށް ވަންނަ ހިނދު ﷲ ތަޢާލާ ހަނދުމަކޮށްފިނަމަ އަދި އޭނާގެ ކެއުން ކާހިނދު ﷲ ތައާލާ ހަނދުމަކޮށްފިނަމަ ޝައިޠާނާ އޭނާގެ އެކުވެރިންނަށް ބުނާނެތެވެ. މިރޭ ތިއަ ބައިމީހުންނަށް ރޭކުރާނެ ތަނެއްވެސް ނެތެވެ. މިގޭގައި ކަލޭމެންނަށް (ޝައިޠާނުންތަކަށް) އެއްވެސް ޖާގައެއް ނެތެވެ. އަދި ރޭގަނޑުގެ ކެއުމެއްވެސް ނެތެވެ. ކޮއްތުވެސް ގެއްލުނީއެވެ. ރޭކުރާނެތަންވެސް ގެއްލުނީއެވެ."

މިނިޢުމަތް ލިބިގެން މިދިއައީ ﷲ ތަޢާލާ ހަނދުމަކުރުމުންނެވެ. ﷲ ތަޢާލާ ހަނދުމަކުރަން ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟ ގެއަށް ވަންނަމުންނާއި ނުކުންނަމުން ކުރަންވީ ޛިކުރު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ދަސްކޮށްދެއްވައިފައެވެ. އެ ދުޢާ ކިޔަންވީއެވެ.

ބިސްމި ނުކިޔައި ކާންފަށައިފިނަމަ ޝައިޠާނާ އަހަރެމެންގެ ތަށިން ކާނެއެވެ. އަހަރެމެންނަށް ނުފެނުނު ނަމަވެސް މިއީ ހަޤީޤަތެކެވެ. މީހަކު ބުނާ ބުނުމެއް ނޫނެވެ.

ޝައިޠާނާ އަބަދުވެސް މަސައްކަތްކުރާނީ އަހަރެމެން މަގު ފުރެއްދުމަށެވެ. އެކަމުން ސަލާމަތްވާނީ އިތުރު މާތް ނަބިއްޔާ (ޞޢވ)ގެ ސުންނަތަށް އަމަލުކޮށްގެންނެވެ. މާނައަކީ ކޮންމެ ކަމެއް ކުރަން ފަށަމުން ވެސް ކުރަން ދަސްކޮށްދެއްވަވާފައިވާ ޛިކުރުތައް ކުރުމެވެ. ދުޢާތައް ކިޔުމެވެ.

މިކަންކަން ކުރީމާ މާތް ﷲ އިންސާނާ ރައްކައުތެރިކުރައްވަވާނެއެވެ. އިންސާނާ ހުންނަން ޖެހޭނީ ރައްކައުތެރިކަމާއެކުގައެވެ. އިންސާނާ ހުންނަ ކިއްލާ ރައްކައުތެރިކުރީމާ ދުޝްމިނު މީހާއަށް ކިއްލާ ފޫއަޅުވާލަން އުނދަނގޫވާނެއެވެ.

ދަތުރަކަށް ފަށަމުންނާއި ދަތުރު ނިމުމުންނާއި އެންމެ ކުޑަމިނުން ފާޚާނާއަށް ވަންނަމުންނާއި ނުކުންނަމުން ކުރާނެ ދުޢާތައް ބަޔާންކޮށް ދެއްވަވާފައިވަނީ އެ ސަބަބަށްޓަކައެވެ.

މިކަންކަން އަޅުގަނޑުމެން ކުރަން އެބަޖެހެއެވެ. ދަރިންނަށް ދަސްކޮށްދޭން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ގެތައް ﷲ ތަޢާލާ ރައްކައުތެރިކޮށްދެއްވަވާނީ އެއިރުންނެވެ. އެކަންކަން ކުރީމާ މާތްﷲ އިންސީންގެ ކިބައިންނާއި ޝައިޠާނުންގެ ކިބައިން އަޅުގަނޑުމެން ރައްކައުތެރިކޮށްދެއްވަވާނެއެވެ.

- މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން -

ގުޅުންހުރި ދަރުސް:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް