އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިއްދޫ ކައުންސިލްގެ ރައީސް ހައްޔަރު ކޮށްފި

ދިއްދޫ ކައުންސިލްގެ ރައީސް ހައްޔަރު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު



ރޭ މެންދަމުގެ ވަގުތެއްގައި ފުލުހުން ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ހައްޔަރު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ހާޝިމް ދިރިއުޅުއްވާގެ، ހއ. ދިއްދޫ ބުރުނީވިލާ، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސް ކޮށްފައިވެއެވެ.
އެގެބަލައި ފާސްކުރުމަށް ފުލުހުން ގެންދިޔަ ކޯޓު އަމުރުގައިވަނީ، އެގެ ބަލައި ފާސްކުރަނީ ސައްޙަ ނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ކަމަށެވެ.

ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ދިއްދޫ ކައުންސިލްގެ ރައީސް ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ހާޝިމް ހައްޔަރުކުރީ، މިދިޔަ މާރޗް މަހުގެ އެއްވަނަ ދުވަހު ދިއްދޫ ކައުންސިލް އިދާރާއިން ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ފޮނުވި ލިޔެކިޔުންތަކުގެ ތެރޭގައި ސައްޙަ ނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސައްޙަ ނޫން ލިޔުންތައް އުފެއްދުމުގައި ހާޝިމްގެ ބައިވެރިވުމެއްވާ ކަމަށް ތުހުމަތު ކުރެވޭތީއާއި، އެމައްސަލައިގާ ހެކިބަސް ދޭން ތިބި ބަޔަކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ