އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. މަޖީދުގެ މައްޗަށްޣައިބުގައި ކުރެވޭ ކަށުނަމާދު މައްކާ އަދި މަދީނާގެ ޙަރަމްފުޅުގައި ބާއްވަނީ

ޑރ. މަޖީދުގެ މައްޗަށްޣައިބުގައި ކުރެވޭ ކަށުނަމާދު މައްކާ އަދި މަދީނާގެ ޙަރަމްފުޅުގައި ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު


ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަލްމަރްޙޫމް އަލްއުސްތާޛް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މައްކާގައި ހުންނަ މާތް ވެގެންވާ މަސްޖިދުލް ޙަރާމް ގައާއި މަދީނާގައި ހުންނަ މާތްވެގެންވާ މަސްދިދުލް ނަބަވީ ގައި ވެސް ކުރުމަށް ހަމަޖެހިއްޖެއެވެ.

އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެންމެ މާތް މިދެ މިސްކިތުގައި ވެސް ޑރ. މަޖީދުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ މަޣްރިބް ނަމާދަށް ފަހުއެވެ.
މިދެ މިސްކިތުގެ އިތުރުން އިނގިރޭސިވިލާތުގައި ހުންނަ ކެންޓާބިއުރީ މިސްކިތުގައި ވެސް މިރޭގެ ޢިޝާ ނަމާދަށްފަހު ޑރ. މަޖީދުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އަވައްޓެރި ޝްރީ ލަންކާގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހިވަޑައި ގަތުމާއި ގުޅިގެން ޑރ. މަޖީދުއަށް ލަންކާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދޭން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ. އެމަނިކުފާނު އަވަހާރަވީ ހާލުކޮޅު އިތުރަށް ދެރަވުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވީއިރު އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ލަންކާއަށް ވަޑައިގެން ތިއްބެވިއެވެ.

ޑރ. މަޖީދު އަބަދުވެސް ފާހަގަ ކުރެވިފައިވަނީ ޚުލްގުހެޔޮ، މަޑުމައިތިރި، އަކަލްާގު ރަނގަޅު އަދި ހަމައާއި އިންސާފަށް އަބަދުވެސް ވާހަކަފުޅު ދައްކަވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިންތަކެއް އިސްކޮށް ތިއްބަވައިގެން އުފައްދާފައިވާ އަދާލަތު ޕާޓީގެ އެއް ބާނީ ވެސް މެއެވެ.

މާތް ﷲ ޑރ. މަޖީދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވާ، އެމަނިކުފާނަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ނިއުމަތް ކުރައްވާށި. އާމީން. އަދި އެމަނިކުފާނުގެ އާއިލާއަށް ކެތްތެރިކަން ދެއްވާ، ހިތްވަރުގަދަ ކުރައްވާށި. އާމީން.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ