އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވޭ- މެޓް އޮފީސް

ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވޭ- މެޓް އޮފީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 37 ސިކުންތު


ރާއްޖޭގެ މޫސުން މިދުވަސްކޮޅު ގޯސްވުމާއި ގުޅިގެން، ކަނޑުގެ ދިޔަވަރު ބޮޑުވެ، ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ، އުތުރުގެ ސަރަޙައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މިއަދު އިރުއޮއްސި 18:39 ހާއިރުކަމަށާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް މިރޭ 19:53 ހާއިރު ދިޔަވަރު ބޮޑުވާނެ ކަމަށެވެ. އަދި ދެކުނުގެ ސަރަޙައްދުތަކަށް އެންމެ ދިޔަވަރު ބޮޑުވެގެންދާނީ މިރޭ 21:20 ހާއިރު ކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ.

މީގެއިތުރުން، މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެދާނެތީ، ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ