އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުޢާ އިޖާބަކުރައްވަން އެދޭމީހާ އަމަލުކުރަންވީ ގޮތުގެ ޚުލާޞާއެއް- މުފްތީ މެންކް

ދުޢާ އިޖާބަކުރައްވަން އެދޭމީހާ އަމަލުކުރަންވީ ގޮތުގެ ޚުލާޞާއެއް- މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

ދުޢާ ކުރަން ބޭނުންވާ މީހާ ފުރަތަމަ ކުރަންވީ ކަމަކީ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމެވެ. އެގޮތުން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ޞަދަޤާތެއް ކުރުންވެސް ހިމެނެއެވެ. ޞަދަޤާތެއް ކުރެވެން ނެތުމަކީ ވެސްމައްސަލައެއް ނޫނެވެ. ބޭނުންވަނީ ކޮންމެވެސް ހެޔޮ އަމަލެއް ކުރުމެވެ.

އަނބިންނަށާއި މައިންބަފައިންނަށާއި ދަރިންނަށާއި ޢާއިލާގެ މީހަކަށް ހެޔޮ ކަމެއް ކޮށްދިނުމާއި އޯގާތެރިވުމަކީވެސް ހަމަ ކުރެވިދާނެ ކަންކަމެވެ. އެންމެ ކުޑަމިނުން ހިނިތުންވުމަކީވެސް ހަމަ އަޅުކަމެކެވެ.

2 ރަކްޢަތް ނަމާދެއް ކުރުމާއި ކީރިތި ޤްރްއާނުން ތަންކޮޅެއް ކިޔަވައިލުންވެސް އެއީ މަތިވެރި އަޅުކަމެވެ.

މިއީ ފުރަތަމަ ބައެވެ. އެބައި ފުރިހަމަކުރުމަށްފަހު ދެވަނަ ބައަށްދާށެވެ. ދެވަނައިބައިގައި ހިމެނެނީ މާތް ﷲ އަށް ޙަމްދުޘަނާ ކިޔުމެވެ. ތަޢްރީފްގެ ބަސްތައް ރައްދުކުރުމެވެ. "އަލްޙަމްދުލިﷲ" ކިޔައި ފަށަނީ އެސަބަބަށްޓަކައެވެ.

ހަމައެއާއިއެކު ވިސްނައިލަންޖެހޭ ކަމެއް އެބައޮތެވެ. އެއީ ދުނިޔަވީ މިސާލުން ބުނާނަމަ މީހެއްގެ އަތުން ދަރަންޏަށް ފައިސާ ހޯދަން ބޭނުންވާއިރު ކުރީގެ ދަރަންޏެއް އޮތް ނަމަ އެދަރަންޏެއް އަދާކުރަންޖެހުމުގެ އުޞޫލެވެ. ބޭންކުން ލޯނުވެސް ދޫކުރާނީ ލޯނު ޤަވާއިދުން އަދާކުރަމުން ގެންދާ މީހުންނަށެވެ.

އެހެން ނަމަވެސް މާތް ﷲ ގެ ދީލަތިވަންތަކަމުން މާތް ﷲ ގެ އަމުރުފުޅުތަކަށް ފުރިހަމައަށް އަމަލު ނުކުރާ މީހުންގެ ދުޢާ ވެސް އިޖާބަކުރައްވަވައެވެ. ނަމަވެސް ވިސްނަންވީ ކަމަކީ ދުޢާ އިޖާބަ ކުރައްވަވަން އެދޭނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ތިމާގެ ކުށްތަކާއިމެދު ހިތާމަކޮށް ތައުބާވުންކަމެވެ.

ހުރިހާ ކުށްތަކުން އަވަހަށް ތައުބާވާށެވެ. އެއިރުން ކުނި މިލަ ނެތް ރިވެތި ސާފު ފޭރާމެއް ތިބާގެ ގައިގައި ލެވުނީއެވެ. އެފޭރާންލުމަށްފަހު ވައުދުވާށެވެ. ތިމާއަށް ކުރިން ކުރެވެމުން އައި މިވެނި އެވެނި، އެއްވެސް ފާފައެއް ދެން ނުކުރުމަށެވެ.

ދެން ކުރަންޖެހޭ ކަންތައް ގިނަ ބައަކު މިހާރަކަށް އައިސް ހަނދާނެއްވެސް ނުކުރެއެވެ. އެއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ތައުރީފްކުރުމެވެ. އިތުރު މާތް ނަބިއްޔާއަށް ސަލާމާއި ޞަލަވާތް ލެއްވެވުން އެދި ދުޢާކުރުމެވެ. ޞަލަވާތް ކިޔެވުމެވެ.

އެންމެ ފުރަތަމަ މާތް ﷲ ގެ ޙަޟްރަރަތުގައި އެދެންވީ އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) ގެ ދަރަޖަ މަތިވެރިކޮށްދެއްވެވުމަށެވެ.

ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ އިތުރު މާތް ނަބިއްޔާއަށް މިންވަރުކޮށް ދެއްވެވުމަށެވެ. އެއަށްފަހު ތިބާ އެދެން ބޭނުންވާ ކަމެއްގެ ވާހަކައިން ދަންނަވައި ދުޢާކުރާށެވެ. ކާމިޔާބުވާނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ.

ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާށެވެ. ގިނަގިނައިން ދުޢާކުރާށެވެ. ދުޢާކުރަންވީ ގޮތުގައި ދުޢާކުރާށެވެ. މާތް ﷲ އީ މީސްތަކުންގެ ދުޢާ އިޖާބަކުރައްވަވާ އޯގާތެރިވަންތަ، ދީލަތިވަންތަ އިލާހްއެވެ.

- މުފްތީ މެންކުގެ ދަރުސަކުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް