އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަވަސް އަރައިގެން ބާޒާރުކުރި ނަމަވެސް ތަކެތީގެ ފެންވަރު ބެލުން މުހިންމު!

އަވަސް އަރައިގެން ބާޒާރުކުރި ނަމަވެސް ތަކެތީގެ ފެންވަރު ބެލުން މުހިންމު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ރަމަޟާން މަހަކީ ގިނަ ބައަކު އެންމެ "ބިޒީ"ވާ މަހެވެ. އެހެންކަމުން ފިހާރައަކަށް ވަން ނަމަވެސް އަވަސް އަރައިގަނެގެން އުޅެވެނީ ބޭނުންވާ ތަކެއްޗާއި ބޭނުން ނުވާ ތަކެތި ވެސް ހިފައިގެން އަވަހަށް ފިހާރައިން ނުކުތުމަށެވެ.

ތަޣައްޔަރުކޮށްފައި ހުންނަ މުދަލާއި މުއްދަތު ހަމަވެފައިވާ މުދައު އަދި ފެންވަރު ދަށް މުދައު ވިއްކާތޯ ބަލާ ޤައުމުތަކުގައި އެކަންކުރާކަން ދަނީ ފަޅާއަރަމުންނެވެ، މިސާލަކަށް ބަލައިފިނަމަ ރޯދަ މަސް އައުމުގެ ކުރިން ޔޫއޭއީގައި ބަލައި ފާސްކޮށް އެފަދަ އެތައް ޓަނެއްގެ މުދައު ވަނީ އަތުލައިގެންފައެވެ. އަދި މިކަމާއި ގުޅިގެން ވަނީ ޖުރުމަނާތައްވެސް ކޮށްފައެވެ.

އެހެން ކަމާއިއެކު ރަމަޟާން މަހުގެ ފުރަތަމަ 7 ދުވަސް ނިމުނުއިރު އުނގުވިޔަފާރީގެ ގޮތުގައި އެފަދަ ތަކެތި ވިއްކަން އުޅުނު މީހުންގެ އަތުން ވަނީ 300 ޓަނުގެ މުދައު އަތުލައިގަނެވިފައެވެ. މި ފަދަ އަމަލުތައް ކުރާ މީހުންނާއި ތަންތަން ހޯދައި އަތުލައިގަނެވެނީ ހޯދަން ބައަކު މަސައްކަތްކުރާތީއެވެ. އެކަން ކުރުވާނެ އިދާރާތައް ހުރެފައި އެކަންކަން ކުރުވުމުގެ ޝައުޤުވެރިކަން ހުރި، ނަޒާހަތްތެރި ވެރިން މުއައްސަސާތަކުގައި ތިބުމުންނެވެ.

ރާއްޖޭގައި މިކަންކަން އޮތް ގޮތް އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. ރޯދަ ކުނިކުރަން އެވާހަކަތައް ނުދައްކައި ކާބޯތަކެތީގެ ފެންވަރާއި ދެން ވެސް ބަލަންޖެހޭ ކަންކަން ބައލިދޭނެ އެއްވެސް ފަރާތެއް ނެތްކަން ޤަބޫލުކޮށް އޮތީ އަމިއްލައަށް ރައްކައުތެރިވުމެވެ. ކިތަންމެ އަވަސް އަރައިގެން ބާޒާރުކުރި ނަމަވެސް މުދަލާއި ބެހޭ ގޮތުން އެއެއްޗަކުން އެނގެންހުރި މިންވަރު އަމިއްލައަށް ކިޔައިލުމަކީ ހަމަކުރަންޖެހޭނެ ކަމެކެވެ.

މުއްދަތު ހަމަވާ ތާރީޚު ބައެއް ބޮޑެތި ތަންތަނުން ވަރަށް މޮޅަށް ބަދަލުކުރާ ކަމުގެ ވާހަކަތައް ވެސް އިވެމުން އަންނައިރު ވީވަރަކުން ތާރީޚަށް ބަލައިލުންވެސް ވަރަށް މުހިންމެވެ. ކިރިޔާވެސް ޝައްކެއްވާނަމަ ބުއްދިވެރީ ނުގަތުމެވެ. ހަމަ އެފަދައިން މުދަލުގެ ކުލަ ބަދަލުވުން، މައްޗަށް ތެޔޮ ފޭއްދުން ފަދަ ކަންކަން މެދުވެރިވެފައި ހުރި ނަމަވެސް ނުގަންނާށެވެ.

އިސްލާމުން ކެއުން ހުއްދަ ނޫން ޙަރާން ތަކެތި ކަމަށް ކަނޑާއެޅިގެން ލިޔެފައި ހުރި ތަކެތި ވިއްކުމުން އެޅި ފިޔަވަޅެއް އަދިވެސް އެނގެން ނެތުމުން ރައްޔިތުންނަށް އޮތީ ވީވަރަކުން އަމިއްލައަށް ރައްކައުތެރިވެގެން އުޅުންކަން މިވަނީ އެނގި ހާމަވެފައިކަން ޔަޤީން ކުރައްވައިގެން ކޮންމެ ބޭފުޅަކުވެސް އަމިއްލަފުޅަށް ރައްކައުތެރިކަން ހޯއްދެވުން ނޫން ގޮތެއް ރާއްޖެއަކު ނެތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު