މިއަދުގެ ރެސިޕީ: ސިނަމަން ރޯލްސް

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ބޭނުންވާނެ ތަކެތި:

• 2 ޖޯޑު ކިރު (ފުލް ކްރީމް)
• ½ ޖޯޑު ޔީސްޓް
• 2 މޭޒުމަތީ ސަމުސާ ހަކުރު
• 1 ސައިސަމުސާ ލޮނު
• ބަޓަރ
• 1 ކުކުޅު ބިސް
• 3 ޖޯޑު ފުށް
• 2 ސައިސަމުސާ ބްރައުން ޝުގަރ
• 2 ސައިސަމުސާ މުގުރާފައި ހުރި ސިނަމަން (ފޮނިތޮށި)
• ގްލޭޒް (ބޭނުންނަމަ)

ތައްޔާރު ކުރާނެ ގޮތް:

• އެންމެ ފުރަތަމަ ބޮޑު ތައްޓަކަށް ކިރު، ޔީސްޓް، ހަކުރު، ލޮނު، ދެ މޭޒުމަތީ ސަމުސާ ބަޓަރ، ބިސް، އަދި ފުށް އެޅުމަށްފަހު ފުށްގަނޑެއް ތައްޔާރު ކުރެވޭވަރަށް ރަނގަޅަށް އެއްކޮށްލާށެވެ.
• ދެން ފުށްގަނޑުގެ (ފުށްގަނޑު ލާފައި އޮތް ތަށިމަތީގައި) ސާފު ފޮތިގަނޑެއް އަޅާ ރަނގަޅަށް މަތިޖެހުމަށްފަހު، އެއްގަޑިއިރު ވަންދެން ފުށްގަނޑު އެގޮތަށް ބާއްވާށެވެ.
• އެއްގަޑިއިރު ފަހުން ފޮތިގަނޑު ނެގުމަށްފަހު ފުށްގަނޑު އެއްކޮށް ދަމާލާށެވެ. އަދި އެއަށްފަހު އޭގެ މަތީގައި ދިޔާކޮށްފައި ހުރި ބަޓަރ ހާކާށެވެ.
• އެއަށްފަހު ވަކިން ތައްޓަކަށް ބްރައުން ޝުގާރ އާއި ސިނަމަން އެއްކޮށްލުމަށްފަހު އެތަކެތި ފުށްގަނޑުގައި ހާކާފައިހުރި ބަޓަރ ކޮޅުގެ މައްޗަށް އަޅާލާށެވެ.
• ދެން ދަމާފައި އޮތް ފުށްގަނޑު ރޯލްސް އެއްހެން އެއްކޮށް އޮޅާލުމަށްފަހު ފަހަރަކު ބައެއް ކަފާލާފައި، ރީތިކޮށް ޓްރޭއެއްގައި އަތުރާލާށެވެ. އެއަށްފަހު އަނެއްކާވެސް ޓްރޭގެ މަތީގައި 30 ނުވަތަ 40 މިނެޓޫ ވަންދެން ފޮތިގަނޑެއް އަޅާފައި ބަހައްޓާށެވެ.
• ފޮތިގަނޑު ނެގުމަށްފަހު 325 ޑިގްރީޒް ހޫނުމިނުގައި 14 މިނެޓު ވަންދެން އަވަނަށް ލާފައި ފިހެލާށެވެ.
ރޯލްސްތައް ފިހެވުމުން އޭގެ މަތީގައި ގްލޭޒް ހާކާލާށެވެ. ސިނަމަން ރޯލްސް ތައްޔާރުވީއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މަރިޔަމް ވަހީދާ