އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

5 އިރަށް ބަންގި ގޮވާއިރު ހަނދުބަލަނީ ފުރައްސާރަކުރަންތޯ؟ ނޫނީ ޑްރާމާ ކުޅެންތޯ؟

5 އިރަށް ބަންގި ގޮވާއިރު ހަނދުބަލަނީ ފުރައްސާރަކުރަންތޯ؟ ނޫނީ ޑްރާމާ ކުޅެންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 25 ސިކުންތު

ހަނދު ބަލަނީ ހަނދު ބެލުމަށް އިސްލާމް ދީނުގައި އަންގަވާފައިވާތީ ކަމަށްވާނަމަ ހަނދު ނުފެނުމުން ވެސް އަދި ފެނުމުންވެސް އަމަލުކުރަންޖެހޭނީ އެކަން ކުރުމަށް އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުތަކާއި އެއްގޮތަށެވެ.

ތިމާވެށްޓާއި ހިސާބު އިލްމާއި ކަައްޕިތާނުކަން ކިޔަވބައިގެން ތިބޭ މީހުން އަންގާ ގޮތަކަށް ނޫނެވެ. ހިސާބު އިލްމުވެރިން ހިސާބު ކިޔަވައިދެއްވާށެވެ. ތިމާވެށީގެ އިލްމުވެރިން އެކަމުގައި ކުރިއަށް ވަޑައިގަންނަވާށެވެ.

ކައްޕިން އޮޑި ދުއްވާށެވެ. އިސްލާމް ދީނުގެ ކަންކަން ކުރިއަށް ގެންދަން ރާއްޖޭގައި ތިއްބެވި ދިވެހިން ޤަބޫލުކުރާ ދީނީ ޢިލްމުވެރިންނަށް ދޫކޮށްލާށެވެ.

ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، ފަޟީލަތުއްޝައިޚް އަހްމަދު ސަމީރު، ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން، ފަޟީލަތުއްޝައިޚް ހަސަން މޫސާ ފިކުރީ، ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ފަދަ އެތައް ޢިލްމްވެރިންތަކެއް ރާއްޖޭގައި ތިއްބަވަނިކޮށް ދީނީ އިލްމު ނުވެސް ކިޔަވައި ހިސާބާއި ތިމާވެށްޓާއި ކައްޕިކަން ކިޔަވައިގެން ތިބޭ މީހުން އަރުވައިގެން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ހަދީޘްފުޅުތަކުގެ މާނަ އޮޅުވާލައި، އެއަށް އަމަލުނުކުރަންޖެހޭ ކަމަށް ބަޔާންކުރަން ދައްކާ ވާހަކަ ބަލައިގަންނާނީ މާތްﷲ އާއި އެކަލާނގެ ރަސޫލާ (ޞޢވ) އަށް ބިރުވެތި ނުވާ ބައެކެވެ.

ރާއްޖެއަށް ބަލައިފިނަމަ އާންމު ގޮތެއްގައި ދުވާލަކު 5 ފަހަރު ބަންގި ގޮވައެވެ. ހުކުރު ދުވަހު 6 ފަހަރަށް ބަންގި ގޮވައެވެ. ބަންގި ގޮވަނީވެސް ހިޔަނީގައި ފީތާ އަޅައިގެނެއްވެސް ނޫނެވެ. ހުކުރު މިސްކިތު މުންނާރުން ގޮވަނީ އެތަނުގެ ކައިރީގައި ހުންނަ ކަށިން ހިޔަނި ބަލައިގެނެއްވެސް ނޫނެވެ.

ބަންގި ގޮވަނީ "ވަގުތު ކަށަވަރުވާވަރަށް" ޔަޤީންކޮށްގެން ހަދާފައިވާ ތާވަލަކަށެވެ. އެ ތާވަލަކީ ސީދާ 0 ސުކުންތައް ހަދާފައިވާ ތާވަލެއް ނޫނެވެ. ޔަޤީންކުރަން ވަގުތުކޮޅެއް ދީގެން ހަދާފައިވާ ތާވަލެކެވެ. ބަލައި ޗެކްކުރުމުން އެކަން އެނގޭނެއެވެ.

ރޭގެ އިހްޔާ ޕްރޮގްރާމްގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު ހަނދު ބެލުމުގެ އެއްވެސް މުހިންމު ކަމެއް އޮތްކަމަކަށް އަޅުގަނޑަކަށް ފާހަގައެއް ނުކުރެވުނެވެ. ޔަޤީންވާވަރަށް ނަމާދު ވަގުތުތައް އެތެރެކޮށޗގެން ހަދާފައިވާ ތާވަލަށް 5 އިރު ބަންގި ގޮވާ ފަދައިން ރޯދަ ހިފައި ޢީދުވެސް ކުރަންވީއެވެ. ޙައްޖުވެސް ކުރަންވީއެވެ. ހުރިހާ ކަމެއްވެސް ކުރަންވީއެވެ.

ހަމައެއާއިއެކު މި ޑިކްލިއަރ ކުރެވުނީ ދުނިޔޭގައި އޮތް 5 އިރު ބަންގި ގޮވާ ހަމައެކަނި ޤައުމަކީ ރާއްޖެ ކަމަށް ކަމާއިމެދުވެސް ސުވާލު އުފެދެއެވެ. އަދި ރާއްޖެ ނޫން ހުރިހާ ޤައުމެއްގައި ބަންގި ގޮވަނީ ހިޔަނީގައި ފީތާ އަޅައިގެން ކަމާއިމެދުވެސް ސުވާލު އުފެދުނެވެ. ތާވަލެއް ބަލައިގެން ބަންގި ގޮވާނަަމަ ހަނދު ނުފެނުނު ނަމަވެސް ތާވަލާއި އެއްގޮތަށް ރޯދަ ހިފައިލުމުން ނިމުނީ ކަމަށް ދޭހަވާ ގޮތަށް ރޭ ބުނެފައިވާއިރު އެގޮތަށް އަމަލުކޮށްލަން ކެރުނު ހަމައެއްވެސް ޤައުމެއް ރާއްޖެ ފިޔަވައި ނެތުމުންނެވެ.

ކޮންމެއަކަސް ރާއްޖެއަށް މިއަހަރު މިވަނީ ވަރަށް މަތީ އިއްޒަތެއް ލިބިފައެވެ. އެއީ ދުނިޔޭގެ އެންމެ މޮޅު އިތުބާރު ހިފޭ ފަލަކީ އިލްމުވެރިން ތިބީ ރާއްޖޭގައި ކަމުގެ ފަޚުރާއި ޝަރަފެވެ. އިއްޒަތެވެ.

ބައްލަވާށެވެ. ސައުދިއަރަބިޔާގައިވެސް އަދި އެހެން ޤައުމުތަކުގައިވެސް 5 އިރުު ބަންގި ގޮވަނީ ހަމަ ހިޔަނީގައި މިން އަޅައިގެނެއް ނޫނެވެ. ތާވަލަކަށެވެ. އެތާވަލަށް ބަންގި ގޮވި ނަމަވެސް ރަމަޟާން މަހުގެ ހަނދު ބެލުމަކީ އެއްވެސް ބޭނުމެއް ވެސް ނެތް ކަމަކަށް ނުހަދައެވެ. އެފަދަ މޮޅު ވާހަކަތަކެއްވެސް ނުދައްކައެވެ. ހަނދުބެލުމާއި ގުޅޭ ގޮތުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކުރައްވަވާފައިވާ ޙަދީޘްފުޅުގެ ކުރިއަށް ފަލަކީ ފޯލިޖެހުން ނެރޭކަށްވެސް ނުކެރެއެވެ.

މިހާރު މިފެންނަ ފެނުމަށްބަލާއިރު ދާދި އަވަހަށް ވިލިމާލޭގައި ފަސްތަރި ހޮޓާތައް އަޅައި އެކަމުން އެރަށަށް ޢާމްދަނީ ލިބެންފަށާނެއެވެ. ރަށުގެ އެންމެން މަހުޖަނުންނަށް ވެގެންދާނެއެވެ. އެއީ ނިޔަމިކަމާއި ސައިންސުގެ ހޯދުންތައް ދަސްކުރަން ބޭރުގެ ސައިންސް ވެރިން ރާއްޖެއަށް އަންނަން ފަށާނެތީއެވެ. ނާސާގެ ސައިންސް ވެރިންވެސް އަންނަން ފަށާނެއެވެ. މުސްލިމް ޤައުމުތަކުގެ މުފްތީންނާއި ޝައިޚުންވެސް ރާއްޖޭގެ އިލްމުވެރިންގެ އަރިހުން އުނގެނިވަޑައިގަތުމަށް ރާއްޖެ ވަޑައިގަންނަވަން ފަށްޓަވާނެއެވެ. އެހެންކަމުން ރާއްޖޭގެ ނިޔަމި މަރުކަޒު ވިލިމާލޭގައި ހުރުމަކީ އެ އަވަށުގެ ރައްޔިތުންނަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Thakuru 2018-06-04 15:22:50

Haadha rulhigadhavefa mi liyun liyefa othee

ދޮށީސޮރު 2018-06-04 16:55:54

ތެދެކެވެ. މުޝްރިކުންގެ ކަނދުރާތަކާއި އިނގިލިތަކުގެ ކުރީގައި ކަނޑިން ޖެހުމަށް ކީރިތި ޤުރުއާންގައި ވެސް އެބައޮތެވެ. އެހެންކަމުން ދުނިޔޭގެ އިރުބިތުގައި އޮތް ޤައުމަކުން ފޮނުވާލާ މިސައިލަކުން ހުޅަނގުބިތުގައިވާ މުސްލިމް ޤައުމަކަށް މުޝްރިކުން ޙަމަލާދީ ކިތަށްމެ ބޮޑު ގެއްލުމެއް ދިންނަމަވެސް މުސްލިމުން ޙަމަލާ ދޭންވާނީ, ކަނޑިފޯރާ ހިސާބަށް ދެވުނު އިރަކުން ކަމަށް ވާނަމަ މުސްލިމުންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ. ފައިގެ ފުންނާބަށްވުރެ ދުރަށް ވިސްނާ ބަޔަކަށް ވެގެން ނޫނީ ދެން ދުވަހަކުވެސް މުސްލިމުންނަކަށް ކާމިޔާބެއްނެތެވެ.

Yaqeen 2018-06-04 17:42:05

maana olhuvaalaa bidhua ufan kuruvaa meehunge nan thah meega haama kohfai thivanee

ކިޔުންތެރިޔާ 2018-06-04 20:35:57

ވަރަށް ފެންވަރުގެ ލިޔުމެއް

މަލާމާތް 2018-06-04 20:43:58

ރަނގަޅު ހިޔާލެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެއް. ނަމަވެސް ފަހު ޕެރެގްރާފަކީ ވަކި ބަޔަކަށް ކޮށްފައިވާ މަލާމާތެއް ކަމަށް ދެކެނީ.


އަބްދުއްލަތީފް