އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރުއިން ހުއްޓައި ނުލައިފިނަމަ މަރާލާނެކަމަށް ބުނެ، ރަހުމުކުޑަ މަޔަކު އޭނާގެ ދަރިފުޅަށް ބިރު ދައްކައިފި

ރުއިން ހުއްޓައި ނުލައިފިނަމަ މަރާލާނެކަމަށް ބުނެ، ރަހުމުކުޑަ މަޔަކު އޭނާގެ ދަރިފުޅަށް ބިރު ދައްކައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

މައިމީހާގެ ބަނޑުގައި ދަރިން ނުވަ މަހާއި ނުވަ ދުވަހު އޮންނަ އޮތުމުގެ ސަބަބުންނާއި އެދަރިފުޅު ދުނިޔެއަށް ގެނައުމަށް މައިން އުފުލާ ވޭނަކީ، ދަރިން ދެކެ މައިން އިންތިހާއަށް ލޯބިވާ އެންމެ ބޮޑު ސަބަބު ކަމަށް ގިނަ ބަޔަކަށް ޤަބޫލު ކުރެވެއެވެ.

ނަމަވެސް ބައެއް މައިން، އެމީހުންގެ އަމިއްލަ ދަރިންނަށް އިހާނަތި ގޮތްގޮތް ހަދާ، ރަޙުމް ކުޑަ ގޮތްގޮތަށް އަނިޔާ ކުރުމަކީ، އެފަދަ މައިންގެ ހިތުގަ އެއްވެސް ރަހުމެއް ކުލުނެއް ނުވާތީ ވާގޮތެއްތޯ ސުވާލު އުފެދެއެވެ.

އިންޑޮނޭޝިއާގެ ދެމަފިރިއަކު އެމީހުންގެ އެންމެ ދެ އަހަރުގެ ކުޑަ ފިރިހެން ދަރިފުޅަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއްގެ ސަބަބުން ގިނަ ބަޔަކުވަނީ އެދެމަފިރިންނަށް ނަފްރަތުކޮށް، އެތުއްތު ކުއްޖާއަށް ވެދާނެ ގޮތަކާއިމެދު ބިރުގެންފައެވެ.

ވީޑިއޯ އިން ފެންނަނީ ތުއްތު ކުއްޖާ އެނދުގައި އޮއްވާ އޭނާ ތިރިން ލާފައި ހުރި އެއްޗެހި ބާލުވާ، އެކުއްޖާގެ ބަނޑުމަތީގައި އޭނާގެ "މަންމަ" ކޮޅުފައިން ތަޅާ މަންޒަރެވެ. ތުއްތު ކުއްޖާ ރޮމުން ދިޔައިރު ވެސް އެރަހުމު ކުޑަ މައިމީހާއަށް އެއްވެސް އަސަރެއް ނުކުރިއެވެ.

އެކުއްޖާގައިގާ ތަޅާ އަނިޔާ ކުރުމަށްފަހު އެވަރުން ނުފުދިގެން އެކުއްޖާ ތަޅުންގަނޑު މައްޗަށް ވައްޓާލައެވެ. އަދި އެތަނުން ވަޅިއެއް ނަގާ އެކުއްޖާއާއި ދިމާލަށް ދިއްކޮށްފައި "ރުއިން ހުއްޓައި ނުލައިފިނަމަ މަރާލާނަމޭ" ބުނާ އަޑުއިވެއެވެ.



މިހުރިހާ ކަމެއްވީއިރު އެތުއްތު ކުއްޖާގެ ބައްޕަ އިނީ އެނދުމައްޗަށް ވެޑުވި، އެހުރިހާ މަންޒަރެއް ރިކޯޑު ކުރާށެވެ. ތިމާ މީހާގެ ވެސް ދަރިއޭ، އަދި އެއީ ކުޑަ ކުއްޖެކޭ ހިތައް އަރާ، ފޯނުގަނޑު އެއްލާލާފައި އެކުއްޖާ ސަލާމަތް ކުރަން ދާނަމެކޭ އެފިރިހެންމީހާގެ ސިކުނޑިއަކަށް ވެސް ނުވިސްނުނެވެ.

ޔާ ﷲ ! އެފަދަ ނުބައި މައިންބަފައިންނާއި އިންސާނުންގެ ކިބައިން އެންމެހާ ޅަދަރީންނާއި ކުޑަކުދީން ސަލާމަތް ކުރައްވާންދޭވެ! އާމީން!

**އެތުއްތު ކުއްޖާއަށް އަނިޔާ ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އާއި ފޮޓޯ ފެނުމުން ހިތައް ކުރާ ފުން އަސަރެއްގެ ބޮޑުކަމުން، އެއެއްޗެހި މިއާޓިކަލްގައި ހިމަނާފައެއް ނުވާނެއެވެ. ނަމަވެސް ތުއްތު ކުއްޖާއަށް ބިރުދައްކަން އެއަންހެން މީހާ ވަޅި ނަގައިގެން ހުރި ފޮޓޯއެއް ހިމަނާފައިވާނެއެވެ.**

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ