އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުނިވަމުންދާ މާލެ ކުނިން ސަލާމަތް ނުކުރެވިގެން މިއުޅެނީ 2 މިނިސްޓަރުންގެ އަައިނާ ކާރުގެ ބިއްލޫރީގެ ކަޅުކަން ގަދަކަމުން؟

ކުނިވަމުންދާ މާލެ ކުނިން ސަލާމަތް ނުކުރެވިގެން މިއުޅެނީ 2 މިނިސްޓަރުންގެ އަައިނާ ކާރުގެ ބިއްލޫރީގެ ކަޅުކަން ގަދަކަމުން؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ހޮސްޕިޓަލްތައް ފުރެމުންދަނީއެވެ. އެޗްޕީއޭ އިން ބުނަނީ ބަލިތައް ޖެހިގެން ދައްކާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އެއާއިއެކު މަގުތައް މިފެންނަނީ ކުނިބުނިން ފުރިފައިވާ ތަނެވެ. ފުރެމުންދާ ތަނެވެ.

ސަރުކާރުން ޤަބޫލުކުރި ނަމަވެސް ނުކުރި ނަމަވެސް އަވަށު ސަރުދާރުން މިކަންކަން ބެލެހެއްޓި އިރު މިފަދަ މައްސަލަތައް ވަރަށް މަދެވެ. އެކަންކަން ބަލަހައްޓަން މަސައްކަތްކުރި ސަރުދާރުން މަގުމަތީގައި އުޅުނީ ދެލޯ ނުފެންނަވަރުގެ ކަޅު ބިއްލޫރިލީ އައިނު އަޅައިގެން ނޫން ކަމަށްވާތީ އާއި ކަޅު ބިއްލޫރި ޖެހި އެއާކޮންޑިޝަން ކުރި ކާރުތަކުގައި ނޫން ކަމަށްވާތީ ތަންތަން ފެނުނެވެ.

ތަންތަން ފެނުނީމާ އެ ސަރަހައްދުގެ ގެތަކަށް ވަދެ އެކަމުގެ ޒިންމާ އުފުލަން ޖެހޭ މީހުން ޒިންމާދާރުކުރުވައެވެ. އަދި އެވަރުންވެސް ފުއްދައިލަނީއެއް ނޫނެވެ. ގޭގެ އަށްވަދެ ސާފުތާހިރުކަން ބެލިއެވެ. ކުރަމުން ގެންދާ އިމާރާތްތަކުގައި ފެންހެދިފައި ހުރޭތޯ ބަލައެވެ. މަދިރި ފަނި ނައްތާލަން މަސައްކަތްކުރިއެވެ.

ބަލިތައް އިންތިހާއަށް ގިނަވެގެންދާއިރުވެސް މިފަދަ އެއްވެސް ކަމެއް ކުރާތަނެއް މިހާރަކު ނުފެނެއެވެ. ދެ ޖިންސުން މަސްހުނިވެ ގުޅުން އިތުރަށް ބަދަހިކޮށްލަން ބޭނުން ވުމުން ކޮންމެވެސް ނަމެއް ކިޔާފައި ދުވަހެއް ފާހަގަކުރާނެއެވެ.

އެދުވަސް ފާހަގަކުރަން ކުންފުނިތަކުން ޗަންދާ ހޯދާނެއެވެ. އެ ޗަންދާގެ ދަށުން މުވައްޒިފުންނަށް ރަނގަޅުފައިދާތަކެއްވެސް ލިބެއެވެ. އެންމެ ބޮޑު އެއްފައިދާއަކަށްްވަނީ އަންހެން ވެރިންގެ ގައަށް ބާރު ޓީޝަރޓެއް ލައްވާފައި ބަލަން ހުންނަ ބޮޑުމީހާއަށް ލިބޭ ހިތް ހަމަޖެހުމެވެ. އިޖުތިމާޢީ ޖަމިއްޔާއަކުން މުހިންމު ކަމެއްގައި ދިއުމުން އެހީއެއް ދެވެން ނުއޮންނަ ކުންފުނިތަކުންވެސް މިބާވަތުގެ ކަންކަމަށް ޚަރަދުކުރެއެވެ.

ކުނި ޕޮލިހެއްވެސް އުފައްދައިފިއެވެ. ޔުނިފޯމް ނުފެހޭތީ ނަަމަވެސް އަދިވެސް ހަރަކާތްތެރިވާ ތަނެއް ނުފެނެއެވެ. ކުނި ޕޮލިސް ނެރެ، ކުނި ފުނިތައް ޖަހާ މީހުން ހޯދައި ކުނިފުނީގެ ސައިޒުން އެކަން ކުރި މީހާގެ ބޮލުގައި ސްޓިކަރއެއް ޖަހަން ފަށައިފިނަމަ ދައުަލަތަށް އެކަށީގެންވާ އާމްދަނީއެއްވެސް ލިބެނެއެވެ.

އިސްލާމީ މަރުކަޒަށް ދަމު ނަމާދަށްދާ މީހުންގެ ސައިކަލް ޕާކު ކުރުމުގެ ކަންކަން ބެލެހެއްޓުމުގައި ވަރަށް ގަދައަށް ހަރަކާތްތެރިވެއެވެ. ހުސް ޖާގަ ފެންނަން ހުރި ނަމަވެސް ޕާކު ނުކުރެވޭތަންވެސް އާދެއެވެ. މިފަދަ ހުރިހާ ކަމެއް މިހައި ރަނގަޅަށް ބަލަހައްޓައިދިން ނަމަވެސް ކުނީގެ ކަންކަން އަދި އުޅެނީ ހަމަ ވަރަށް ދަށުގައެވެ. އުންމީދުކުރަނީ ކުނި ޕޮލިސް ސްޓިކަރ ހިފައިގެން ނުކުންނާނެ ދުވަހަކަށެވެ.

ދައުލަތަށް އާމްދަނީ ހޯދަން އަދި މިހައިތަނަށް ސްޓިކަރ ޖަހަމުން ގެންދަނީ ހަމައެކަނި ސައިކަލާއި ކާރުގައެވެ. ކާރަކީ މުއްސަނދިން ދުއްވާ އެއްޗަކަށްވީމާ ޖަހަނީ ނިޞްބަތުން ވަރަށް މަދުންކަމަށް ބެލެވެއެވެ.

ސައިކަލާއި ކާރު އެއްތަނެއްގައި ޕާކުކޮށްފައި ހުންނައިރު ސައިކަލްތައް ޓޯކޮށްގެންދާއިރު ކާރަށް އަޅައި ނުލަނީ މުއްސަނދިންގެ އެއްޗަކަށްވާތީ ކަމަށް ވެދާނެއެވެ.

މަގުތަކަށް ކުނި ޖަމާކުރުން ހުއްޓުވަން ސަރުކާރުން ބޭނުން ނުވާ ސަބަބަކީ ކުނި ބެހެއްޓުމުން ވެސް ޕާކްކުރާނެ ސަރަހައްދު ކުޑަވުމަކީ ސްޓިކަރ ޖަހައިގެން ސަރުކާރަށް އާމްދަނީ އިތުރުކުރެވޭ ސަބަބަކަށް ވެދާނެއެވެ.

ދުނިޔެމަތީގައި އޮތް ސުވަރުގެ ކަމަށްބުނާ ރާއްޖޭގެ ވެރިރަށުގެ މަގުތައް ކުނިން ފުރިފައިވުމަކީ މާލެ ސިޓީއަށް ލިބޭ އިތުރު ޝަރަފަކަށްވަނީ ކަމަށްވެދާނެއެވެ. ކުނީގެ ސަބަބުން ވީހައި ގިނަ މީހުން ބަލިވުމުން ފައިދާ ކުރާނެ ބައަކު ވެސް ތިބެދާނެއެވެ. ކުނީގެ ސަބަބުން ސްޓިކަރ ޖަހައިގެން މީރާއަށް ލިބޭ އާމްދަނީ އަކީ އެންމެ ބޮޑު ފައިދާއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް